މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮގްރާމް އޮފިސަރ

އިޢުލާން

 

މަގާމު:

އެސިސްޓެންޓް ޕްރޮގްރާމް އޮފިސަރ

މަޤާމުގެ ނަންބަރު:

J-246673

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:

ޔޫތު ޑިޕާޓްމެންޓް، ޔޫތު ހެލްތް ކެފޭ

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ވަޒީފާ އަދާކުރަން ޖެހޭ ވަގުތު:

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް

ހަވީރު 16:00 ން ރޭގަނޑު 23:00 ށް

މުސާރަ:

މަހަކު 4465.00 ރުފިޔާ

ސަރވިސް އެލަވަންސް:

ސަޕޯޓިންގ ކޯ އެލަވަންސް   :2

މަހަކު 1500.00 ރުފިޔާ

މަހަކު: 700.00 ރުފިޔާ

 

އިތުރު ޢިނާޔަތްތައް:

 

 

 

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބްތައް:

 

  1. ޕިއަރ އެޑިއުކޭޝަން ޕްރޮގްރާމްތައް ހިންގުމުގައި ޙަރަކާތްތެރިވުން.
  2. ޔޫތު ހެލްތު ކެފޭ އާއި ޔޫތު ކައުންސިލުން ހިންގާ ޕްރޮގްރާމްތަކުގައި  ޢަމަލީގޮތުންބައިވެރިވުމާއި، އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  3. ޔޫތު ހެލްތު ކެފޭއަށް ބޭނުންވާ ތަކެތި ހޯދުމަށް ރިކުއެސްޓް ކުރުމާއި، ކޮންމެ ދުވަހަކުފަސްޓްއެއިޑް ބޮކްސްތަކުގައި ތަކެތި ހަމަތޯ ބެލުމާއި މަދުވާތަކެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  4. ޒުވާނުންނާގުޅޭ އެންމެހާ މަޢޫލޫމާތު އެއްކުރުމާއި އެކަމާއި ގުޅޭގޮތުން ކުރަންޖޭހޭ ހުރިހާމަސައްކަތްތަކެއް ސުޕަވައިޒަރުގެ ލަފަޔާއެކު މަޢުލޫމާތު އެއްކުރެވޭނޭ ޕްރޮގްރާމްތައް އެކަށައަޅާ މައުލޫމާތު އެއްކުރުން.
  5. ޔޫތު ޑިޕާޓްމެންޓުން ޕްރޮގްރާމްތަކުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިޔަށް ގެންދެވޭނޭ ހުރިހާއިންތިޒާމްތަކެއް ހަމަޖެއްސުމުގައި ސްޕަވައިޒަރަށް އެހީތެރިވެދިނުން.
  6. ޔޫތު އެންޖީއޯސް ޕްރޮގްރާމް ހިންގުމާއިގުޅޭ މަސައްކަތްތަކުގައި އެހީތެރިވުން.
  7. މާލޭ އޭރިޔާގެ ޒުވާނުންގެ މަރުކަޒުތަކުން ހިންގާ ޕްރޮގްރާމްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމާއި އަދި ޕްރޮގްރާމްތަށް ރާވާހިންގުމުގައި އެހީތެރިކަންދިނުން.
  8. ޚާއްޞަ އެހީއަށް ބޭނުންވާ ޒުވަނުންނަށް ތަފާތު ޕްރޮގްރާމްތައް ހިންގުމުގައި ބައިވެރިވުން.
  9. ޚާއްޞަ އެހީއަށްބޭނުންވާ ޒުވާނުންނަށް ތަފާތު ޕްރޮގްރާމްތައް ރާވާ ހިންގުން.
  10. ޒުވާނުންނާއި ގުޅޭ ގޮތުން ހިންގޭ ޕްރޮގްރާމްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި، ޕްރޮގްރާމް އެކަށައެޅުމުގައި ބޭނުންވާ މަޢުލޫމާތުތަށް އެއްކުރުމުގައި އެހީތެރިވެދިނިން.
  11. ޔޫތު ހެލްތު ކެފޭއާއި ކައުންސިލިންގ އިން ރާވާ ޕްރޮގްރާމްތައް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ޢަމަލީގޮތުން ބައިވެރިވުން.
  12. ޒުވާނުންނަށް އަމާޒުކޮށްގެން ހޭލުންތެރި ޕްރޮގްރާމްތައް ހިންގުން.
  13. އޮފީސް ހުޅުވާ ލެއްޕުމުގައި ހަމަޖައްސާ އުޞޫލަކުން ޙަވާލުވުން.
  14. މަސައްކަތްތަކާ ގުޅޭ އެންމެހާ ލިޔެކިޔުންތައް ފަސޭހައިން ފެންނާނެހެން ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން.
  15. ޒުވާނުންގެ ގްރޫޕްތަކާ ބައްދަލުކުރުމާއި އެކި ކަންކަމާ ގުޅޭގޮތުން ޒުވާނުން ހުށަހަޅާ ޚިޔާލުތައް ސްޕަރވައިޒަރާ ޙިއްސާކުރުން.
  16. ޒުވާނުންގެ މަރުކަޒަކީ ޒުވާނުންނާ ރައްޓެހި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކުރުން.
  17. ޗުއްޓީ ނެންގެވުމުގެ ކުރިން ކުރަމުން އަންނަމަސައްކަތްތަކާއި އަދި ސެކްޝަންގެ މަސައްކަތްތަކަށް ދަތިނުވާނޭގޮތެއްގެ މަތީން ޗުއްޓީ ނެގުމުގެ ކަންތައްތައް ހަމަޖައްސާ ޗުއްޓީ ނެގުން.
  18. މީގެ އިތުރުންވެސް ކުރަންޖެހޭ  އޮފީހުގެމަސައްކަތްތައް ސްޕަވައިޒަރ އަންގާގޮތެއްމަތީން ކުރުން.

 

 

މަޤާމުގެ ޝަރުތުތައް:

1-      ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީން.
  • މަސައްކަތުގެ ތަޖުރިބާ.
  • އިންޓަވިއު.
  • ޤާނޫނުތަކާއި ޤަވާއިދުތަކަށް އަޙުލުވެރިވެފައިވާ މިންވަރު.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ

 ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި، މި އިދާރާގެ www.youth.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 އޭޕްރީލް 18 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް (ވެލާނާގެ 3 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، hr@youth.gov.mv  އެވެ. ފެކްސް ނަންބަރަކީ، 3327162 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.  

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ، 19 އޭޕްރީލް 2018 އާއި 15 މެއި 2018 އާއި  ދެމެދު، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 

 

%30 (އިންސައްތަ).

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3347316 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3327162 އެވެ. އީ-މެއިލް ކުރާނީ hr@youth.gov.mv އަށެވެ.

22 ޝަޢުބާން 1439

08 އޭޕްރިލް 2018
ހޯދާ