ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ސެންޓަރ މެނޭޖަރ (ކޮންޓްރެކްޓް – 1 އަހަރު)

މަޤާމް :ސެންޓަރ މެނޭޖަރ (ކޮންޓްރެކްޓް – 1 އަހަރު)
ބޭނުންވާ އަދަދު :1

މަގާމު

ސެންޓަރ މެނޭޖަރ (ކޮންޓްރެކްޓް – 1 އަހަރު)  

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ރޭންކް

މެނޭޖަރ ކޮންޓްރެކްޓް

މަޤާމުގެ ކްލެސިފިކޭޝަން

ސެންޓަރ މެނޭޖަރ (ސުޕްރިންޓެންޑެންޓް)

މަޤާމް އޮތް އޮފީސް

ނޭޝަނަލް ޑްރަގް އޭޖެންސީ، ކ. މާލެ

ވަޒީފާ އަދާކުރަން ޖެހޭ ތަން

ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ (ކ. ހިންމަފުށި)

މުސާރަ

މަހަކު -/18,000ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބްތައް:

1-   ރިހިބިލިޓޭޝަން ފަރުވާދޭ މަރުކަޒުތައް ހިންގުމުގެ ޤަވާޢިދު ނަމްބަރ: 387-R/2014 ގައި ބަޔާންވެފައިވާ ގޮތުގެ މަތީން ސެންޓަރުގެ އެންމެހާ މަސްއޫލިއްޔަތެއް ސުޕްރިންޓެންޑެންޓެއްގެ ހައިޝިއްޔަތުން އަދާކުރުން.

2-  ސެންޓަރުގެ ކްލިނިކަލް އަދި އިދާރީ މަސައްކަތްތައް ރާވާ ހިންގުމާ، މެއިންޓެނަންސްގެ ކަންތަކާ އަދި ހޯދާންޖެހޭ ތަކެތި ހޯދާ ބެލެހެއްޓުން.

3-  ނެޝަނަލް ޑްރަގް އެޖެންސީގެ ލަފަޔާއެއްގޮތަށް ސެންޓަރުގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުމާއި ކުރިޔަށް އޮތް އަހަރަށް ކަޑައަޅާ ސެންޓަރުގެ އެކްޝަން ޕްލޭން އެކުލަވާލުމާ، އެކްޝަން ޕްލޭނާއި އެއްގޮތްވާގޮތުގެ އަހަރީ ބަޖެޓް ހަދާ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޑިވިޝަނަށް ހަވާލުކުރުން.

4-  އަހަރީ ބަޖެޓް ހަދާ ހެޑް އޮފީހަށް ފޮނުވުމާއި އެއަހަރަށް ހިންގުމަށް ބޭނުންވާ ޕްރޮގްރާމްތައް ތަނުގެ މެންޑޭޓާއި ގުޅޭގޮތުން ރާވާ ހިންގުން.

5-  ޕްރޮޖެކްޓްތަކާއި، ޕްރޮގްރާމުގެ ތެރެއިން ކޮންމެހެން ރިވިއުކުރަންޖެހޭ ކަންކަން ދެނެގަނެ ގެންނަންޖެހޭ ބަދަލުތައް ވެރިންގެ މަޝްވަރާގެ މަތިން ގެނައުން.

6-  ސެންޓަރުގެ މުދަލާއި ފައިސާ އަދި އެނޫން ވަސީލަތްތައް ބޭނުންކުރެވެނީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް އަދި ހެޔޮގޮތުގައިތޯ ބަލާ އެގޮތަށް ހިގާކަން ކަށަވަރުކުރުން.

7-  ހެދިފައިވާ އޮނިގަނޑާއި އެއްގޮތްވާގޮތުގެ މަތިން ތަނުގެ މަސައްކަތްތައް ރާވާ އެމަސައްކަތް މުވައްޒަފުންނާއި ހަވާލުކޮށް އެމަސައްކަތް ހިންގާ ބެލެހެއްޓުން.

8-  ސެންޓަރުގައި މުވައްޒަފުން ޢަމަލު ކުރަމުން ގެންދަނީ ހެދިފައިވާ ޤަވާޢިދު ތަކާއި އުޞޫލުތަކަށް ތޯ ކަށަވަރުކުރުމާއި، ކަމާއިގުޅޭ ގޮތުން އިސްލާޙި ފިޔަވަޅެއް އަޅަން ޖެހިއްޖެނަމަ ނޭޝަނަލް ޑްރަގް އޭޖެންސީގެ ލަފާގެ މަތިން އިސްލާޙީ ފިޔަވަޅު އެޅުން.

9-  ފަރުވާގައި ތިބޭ ފަރާތްތަކަށް ތަފާތުކުރުމެއްނެތި ޚިދުމަތް ލިބޭކަން ކަށަވަރުކުރުން.

 

މަޤާމުގެ ޝަރުތުތައް

  1. ލޯ އެންފޯސްމަންޓް ދާއިރާއެއްގައި 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން އަދި ގިނަ މީހުން ގޮވައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  2.  މީހުން ބަންދުކޮށްގެން ބަލަހައްޓާ މަރުކަޒެއްގައި، އެފަދަ މީހުން ބެލެހެއްޓުމުގައި މަސައްކަތްކޮށް މަދުވެގެން 5 އަހަރު ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

1. ތަޢުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަވިއު.

4. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

5. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ

 ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

5. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދި ސިޓީއާއި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 އެޕްރީލް 2018 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން، ނޭޝަނަލް ޑްރަގް އޭޖެންސީގެ ހެޑް އޮފީސް (ގ. ގްރީންގެ، ކ. މާލެ) އަށެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 3328184އެވެ. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.   

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ، 2018 އެޕްރީލް މަހުގެ ތެރޭގައި ނޭޝަނަލް ޑްރަގް އޭޖެންސީގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3343061 / 3334568 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3328184 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

  22 ރަޖަބު 1439

                                                08 އޭޕްރީލް 2018

08 އޭޕްރިލް 2018
ހޯދާ