ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މެސެންޖަރ

މަޤާމް :މެސެންޖަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު                         

މަޤާމް

މެސެންޖަރ

އަސާސީ މުސާރަ

-/ 4200ރ

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

މަޤާމުގެ ރޭންކް

SS2

ބޭނުންވާ ޢަދަދު

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

އެޑްމިން އެންޑް ކޯޕަރޭޓް އެފެއާޒް

އިތުރު ޢިނާޔަތްތައް

ސަރވިސް އެލަވަންސް: ވަޒީފާ އަށް ނިކުންނަ ކޮންމެ ދުވަހަކަށް -/66.66 ރުފިޔާ

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • ގްރޭޑް 7 (ހަތެއް) ގެ ފެންވަރު ހުރުން ނުވަތަ ދާއިރާއިން 4 (ހަތަރެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުން، ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކަށް ރައްދުކުރަންޖެހޭ ރަސްމީ އަދި ނުރަސްމީ ސިޓީތަކާއި އެކިކަލަހަ ލިޔުންތަކާއި ތަކެތި އެ ތަންތަނަށް ގޮސް ރައްދުކުރުން.
  • ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ކުންފުންޏަށް ގެންނަންޖެހޭ ރަސްމީ އަދި ނުރަސްމީ ސިޓީތަކާއި އެކިކަލަހަ ލިޔުންތަކާއި ތަކެތި އެ ތަންތަނަށް ގޮސް ގެންނަންޖެހޭ ޙާލަތުގައި އެ ތަކެތި ގެނެސް ކުންފުނީގެ ކަމާބެހޭ ޑިޕާޓްމަންޓްތަކާ ޙަވާލުކުރުން.
  • ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކާއި ޗެނަލްތަކުގެ ތެރެއިން ވަކި ބިލްޑިންގ ނުވަތަ ޢިމާރާތްތަކުގައި ހިންގާ ޑިޕާޓްމަންޓްތަކުން އަނެއް ޢިމާރާތުގައި ހިނގާ ޑިޕާޓްމަންޓް/ ޗެނަލްތަކަށް ގެންގޮސް ގެންނަންޖެހޭ ތަކެތި ގެންދިއުމާއި ގެނައުން.
  • ކުންފުނިން އިންތިޒާމްކުރާ ޖަލްސާ/ ޙަފުލާ/ ޕާޓީތަކުގެ ދައުވަތު ކާޑް، އެ ކާރޑެއް ރައްދުވާ މީހާގެ އެޑްރެހަށް ނުވަތަ ހުންނަ ތަނަކަށް ގޮސް ރައްދުކުރުން.
  • ކުންފުނީގެ މަޖައްލާ ބެހުމުގެ އިންތިޒާމް ރޭވުމާއި ބެހުމުގައި އަމަލީގޮތުން ހަރަކާތްތެރިވުން.
  • ވަޒީފާއާ ގުޅޭ ކަމަކަށް ވަޒީފާގެ ރަސްމީ މަސައްކަތު ގަޑި ނުވަތަ ޑިއުޓީގަޑި ނޫން ވަގުތެއްގައި ނެރެންޖެހިގެން އެކަމަށް އަންގައިފިނަމަ، ޙާޟިރުވެ، އެކަމެއް ކޮށްނިންމުން.
  • ކުންފުނީގެ ފަރާތުން ކުރާ އެހެން މަސައްކަތުގައި ކުންފުނިން ބޭނުންވެއްޖެނަމަ ބައިވެރިވުމާއި އެހީތެރިވުން.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
  • މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
  • ޕޮލިސް ރިޕޯޓް
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު  އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2018 އޭޕްރީލް 14 ވަނަ ދުވަހުގެ 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210،3000286 އާއި ގުޅުއްވުން އެދެމެވެ.

 

                        21 ރަޖަބް 1439

07 އޭޕްރިލް 2018
ހޯދާ