މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނަށް ބޭއްވޭ ޚާއްސަ ޖަލްސާގެ ދަޢްވަތު

ރައްޔިތުންނަށް ބޭއްވޭ ޚާއްސަ ޖަލްސާގެ ދަޢްވަތު

އަނގޮޅިތީމު ކައުންސިލްގެ 2018 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި ހިމެނޭ ބައިތަކުގެ ތެރެއިން ރައްޔިތުންނާއި ބައްދަލުކޮށް މި ރަށުގެ ތަރައްޤީގެ ޕްލޭން ތަންފީޒު ވަމުން އަންނަ ގޮތް ހިއްސާ ކުރުމާއި، އ.ތ.މ. ކޮމިޓީގެ ބައި އިލެކްޝަން ކާމިޔާބުކުރި ފަރާތްތައް އެ މަޤާމަށް އިފްތިތާޙު ކުރުމަށާއި، ކައުންސިލުން 2018 ވަނަ އަހަރުގެ ފުރަތަމ ކުއާޓާގައި ކުރެވުނު ކަންކަމުގެ ތަފްސީލީ މަޢްލޫމާތު ދިނުމާއި ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަ ކުރުމުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދަން ޖެހޭ ބައެއް ކަންކަމާއި ބެހޭ ގޮތުން ބޭއްވޭ ވަރަށް ޚާއްސަ ޖަލްސާއެއް 11 އޭޕްރީލް 2018 ވާ ބުދަ ދުވަހުގެ ރޭ ކައުންސިލް އިދާރާގެ ގޯތިތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި އަންނަނިވި އައިޓަމްތައް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ.

  • ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަ ކުރުމުގެ ގޮތުން މަޢްލޫމާތު ދިނުން
  • އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އަލަށް އިންތިޚާބުވި މެންބަރުން އިޤްރާރުގައި ސޮއި ކުރުމާއި އިފްތިތާޙް ކުރުން
  • އ.ތ.މ. ކޮމިޓީއިން ހިންގި ބައެއް ޕްރޮގްރާމްތަކުގެ ނިމުން ފާހަގަކޮށް ސެޓްފިކެޓް ދިނުން
  • ކައުންސިލުން ފިޝަރީޒް މިނިސްޓްރީއާއި ގުޅގެން ހިންގި ދަނޑުވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމް ފުރިހަމަ ކުރި ފަރާތްތަކަށް ސެޓްފިކެޓް ދިނުން

  ވީމާ މި ޖަލްސާއަށް މިރަށުގެ އެންމެހާ ރައްޔިތުންނަށް ދަޢްވަތު އަރުވަމުން މިކަން އަންގާ އިޢްލާން ކުރީމެވެ.

                         19 ރަޖަބް  1439

05 އޭޕްރިލް 2018
ހޯދާ