މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ،

    މ. ވޭވަށް،

    ދިވެހިރާއްޖެ.

 

 

އިޢުލާން

ރުއްގަހުގެ ނަމްބަރު ޖެހުމާއިބެހޭ

     މ. ވޭވަށު އައްވާބި މިސްކިތުގެ އިރުން ހިތައްފިނިވާމަގުގެ އުތުރުން ސޯސަންމަގުގެ ދެކުނުން ހިމެނޭ ބްލޮކްގައި

ހުރި އެންމެހާ ރުއްގަހުގައި ނަމްބަރު ޖެހުމަށް ބޭނުންވެއެވެ. އެގޮތުން މަތީގައި ދެންނެވިފައިވާ ބްލޮކްގައި ހުރި އެންމެހާ

ރުއްގަހުގެ ވެރިން އެބޭފުޅެއްގެ ރުއްގަސް ރަޖިސްޓްރީ ކުރަންބޭނުންވާ ގޭގެ ނަމްބަރ ޖަހާ ނިންމުމަށްފަހު 22 އެޕްރީލް

2018 ވަނަ ދުވަހުގެ 13:45 ގެ ކުރިން ވޭވަށު ކައުންސިލް އިދާރާއަށް ތަފްޞީލް ގެނެސްދެއްވުން އެދެމެވެ. ދެންނެވިފައިވާ

ތާރިޚަށް ނަމްބަރުނުޖަހާހުރި ރުއްގަސް ހުރިނަމަ އެރުއްގަހަކީ ރައްޔިތުންގެ މާލިއްޔަތުގެ ތެރޭގައި ހިމެނޭ މުދަލުގެ ގޮތުގައިބަލާ

އެރުއްގަހާމެދު މަލުކުރަމުން ގެންދާނެކަމުގައި ދަންނަވަމެވެ.

     ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

     05 އެޕްރީލް 2018

 

 

ނަދީމު ޢަބުދުލްމަޖީދު

ވޭވަށު ކައުންސިލްގެ ރައީސް

 

05 އޭޕްރިލް 2018
ހޯދާ