މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް:

މަސައްކަތު

ބޭނުންވާ ޢަދަދު:   

03 (ތިނެއް)

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމްގެ ރޭންކް:

އެސް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

އޮފީސް / އިދާރާ

މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ

ޑިޕާޓްމަންޓް/ސެކްޝަން/ ޔުނިޓު:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް

ވަޒީފާ އޮތް އޮފީސް/އިދާރާ:  

މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކުނިކޮށި

މުސާރަ:

މަހަކު -/3100 (ތިންހާސް އެއްސަތޭކަ) ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 (އެއްހާސް) ރުފިޔާ

އިތުރު އިނާޔަތްތައް:

  1. ބަންދު ދުވަސްތަކުގައި މަސައްކަތްކުރާނަމަ މުސާރައިގެ އިތުރުން ބަންދު ދުވަސްތަކަށް ދުވާލަކަށް 40.00 ރުފިޔާ ބަންދު ދުވަހުގެ އެލަވަންސްގެ ގޮތުގައި ހަމަޖައްސައިދެވޭނެއެވެ.
  2. ރިސްކް އެލަވަންސްގެ ގޮތުގައި މަސައްކަތްކުރާ ދުވަސްތަކަށް މަހަކު 400.00 ރުފިޔާގެ ރޭޓުން ލިބިލައްވާނެއެވެ.

މަޤާމުގެ ޝަރުތުތައް:

  1. ލިޔަންކިޔަން އެނގުމާއިއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.
  2. އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހެއްކަމުގައިވުން.

މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރ.ހުޅުދުއްފާރު ކައުންސިލުން ހަމަޖައްސަވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ރ.ހުޅުދުއްފާރުގެ ގޭބީސީތަކުންނާއި ފަޅުގޯތިތަކުންނާއި އާންމުތަންތަނާއި މުއައްސަސާތަކުގައި އުފެދޭކުނި ނަގައި ކުނިކޮށްޓަށް ގެންދިއުމުގެ މަސައްކަތް ކުރުން.
  2. ކުނިކޮށްޓަށް ގެނެވޭ ކުނި ވަކިކުރުން.
  3. ރީސައިކަލް ކުރެވިދާނެ ކުނިވަކިކޮށް ޖަމާކުރުން.
  4. ރިސައިކަލް ކުރެވިދާނެ ކުނި ކޮންޕެކްޓް ކުރުމުގެ މަސައްކަތް ކުރުން.
  5. ކުނިކޮށްޓަށް ކުނިއުފުލުމަށް ގެންގުޅޭތަކެތި ދޮވެ ސާފުކުރުން.
  6. ކާދު ހެދުމުގެ މަސައްކަތް ކުރުން.
  7. ކުނިކޮށިން ބަނދަރަށް ނެރެންޖެހޭ ތަކެތި ބަނދަރަށް ގެންދިއުމުގެ މަސައްކަތް ކުރުން.
  8. ކުނިކޮއްޓާއި ކުނިކޮއްޓާއި ގުޅިފައިވާ މަގުތައް ސާފުކޮށް ބެލެހެއްޓުން.
  9. ކައުންސިލުން އަންގާ ގޮތެއްގެ މަތިން ރަށުގެ މަގުތަކާއި، ހުސްބިންތަކާއި، އިޖުތިމާޢީ ސަރަޙައްދުތަކާއި، އަދި ބަނދަރުގައި ނުނަގާ ގިނަދުވަސްވެފައި ހުންނަ ތަކެތި ނެގުން.
  10. މަސައްކަތާއި ގުޅޭގޮތުން އިދާރާއިން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  • މަސައްކަތުގެ ތަޖުރިބާ: (ކަނޑައެޅިފައިވާ އިންސައްތަ 40%)
  • އިންޓަވިއު / ލިބިފައިވާ ހުނަރު: (ކަނޑައެޅިފައިވާ އިންސައްތަ 60%)

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާ އަށް އެދި ހުށަހަޅާ ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ސީ.ވީ (ގުޅޭނެ ފޯނު ނަންބަރު ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ކޮޕީ.
  4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް،އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ / މަސައްކަތު ތަޖުރިބާގެ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

-       މިމަޤާމަށް އެދެންވާނީ، ވަޒީފާ އަށް އެދި ހުށަހަޅާފައިވާ ސިޓީއަކުންނެވެ. ސިޓީ ހުށަހެޅޭނެ އެންމެ ފަހު ތާރީޙަކީ 15 އޭޕްރިލް 2018 ވާ އާދިއްތަ ދުވަހު މެންދުރު 14:00 އެވެ. ސިޓީ ހުށަހަޅާނީ މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާއަށެވެ. ސިޓީ އާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ، އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

-          މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ދުވަހެއް މިމަޤާމަށް ކުރިމަތިލާ ފަރާތްތަކަށް އިންޓަވިއު ކުރުމުގެ ތިންދުވަސް ކުރިން އަންގާނެއެވެ.

ޝޯޓް ލިސްޓް ކުރުން:

-          މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ އިތުރުވާނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 

-          މިމަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާރކްސްގެ ޖުމްލަ އިންސައްތަ، %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:

-          މި އިޢުލާނާ ގުޅިގެން އިތުރު މަޢޫލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 6580069 ނަންބަރު ފޯނާއި ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ. މެއިލް ކުރައްވާނަމަ، މެއިލް ކުރައްވާނީ  [email protected] އަށެވެ.

 

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

           

05 އޭޕްރިލް 2018
ހޯދާ