ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މާލެ އަދި ވިލިމާލޭގެ މަގުތަކާއި ޕާކުތައް ސާފުތާހިރުކޮށް ބެލެހެއްޓުމަށް މުވައްޒަފުން ހޯދުން

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް

ދިވެހިރާއްޖެ

އިޢުލާން

ނަންބަރު:WAMCO-HR/IUL/2017/009  

މާލެ އަދި ވިލިމާލޭގެ މަގުތަކާއި ޕާކުތައް ސާފުތާހިރުކޮށް ބެލެހެއްޓުމަށް މުވައްޒަފުން ހޯދުން

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު:ވެށިފާރަވެރިޔާ

މަސައްކަތް ކުރަންޖެހޭ ތަން: މާލެ ، ވިލިމާލެ

ޝަރުތު: ލިޔަން ކިޔަން އެނގުން، މަގާމުގެ މައްސޫލިއްޔަތު އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރުން.

މުސާރަ: 7500 - 8500 ރުފިޔާ

ވަޒީފާއަށް ކުރިމަތިލުމާއި އިންޓަރވިއުކުރުން

މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ގަޑިތަކަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންއިންޑަސްޓްރިއަލް ވިލެޖަށް ވަޑައިގެން ވަގުތުން ކުރިއަށްދާ އިންޓަރވިއުގައި ބައިވެރިވެ ވަޑައިގަތްދެއްވުން އެދި ދައުވަތު އަރުވަމެވެ.

ތާރީޚް

ގަޑި

10.04.2018

16:00 – 18:00

20:00 – 22:00

11.04.2018

16:00 – 18:00

20:00 – 22:00

 

އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންޖެހޭ ތަކެތި

1.    ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

2.    ޕޮލިސް ރިޕޯޓު (ދޫކުރިފަހުން 03 މަސްދުވަސް ހަމަނުވާ)

05 އޭޕްރިލް 2018

05 އޭޕްރިލް 2018
ހޯދާ