މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1439 ވަނަ އަހަރުގައި މި ރަށު މިސްކިތްތަކުގައި ޙިފްޒުކޮށް ތަރާވީޙް ކުރާނެ ފަރާތްތައް ހޯދުން

އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް މި ރަށު މިސްކިތްތަކުގައި ޙިފްޒުކޮށް ތަރާވީޙް ނަމާދު ކުރާނެ ފަރާތްތައް ހިލޭސާބަހަށް މިރަށަށް ގެނެސްދީ އެފަރާތްތަކުގެ ކެއުންބުއިމުގެ ޚިދްމަތް ކައުންސިލާއި ގުޅިގެން ދަރުމައަށް ކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ. ޙިފްޒްކޮށް ތަރާވީހް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ބޭފުޅުން ގެންނަނަމަ އިސްލާމިކް މިނިސްޓްރީއަށް ލިޔެ ކުރިން ހުއްދަ ހޯދަން ޖެހޭކަމާއި އެފަދަ ފަރާތްތައް ގެނެސްދިނުމުގެ ޚިދްމަތް ފައިސާ ދެއްކުމުން އިސްލާމިކް މިނިސްޓްރީއާއި ރާއްޖޭގެ އަމިއްލަ ޖަމިއްޔާތަކުން ކޮށްދެމުންދާކަން މި ފުރުސަތުގައި ފާހަގަ ކުރަމެވެ. ޙާފިޒަކު ގެނައުމުގައި އެހީދޭ ފަރާތްތަކުން ދެވެން އޮތް އެހީގެ ބާވަތްތައް ވަކިވަކިންވެސް ނުވަތަ އެ ޙާފިޒްގެ ހުރިހާ ޚަރަދެއް އެއްކޮށްވެސް ކުރެވިދާނެއެވެ. އެގޮތުން އަންނަނިވި ބައިތައް އޭގެތެރޭގައި ވަކިވަކި ޚަރަދުގެ ގޮތުގައި ފައިސާގެ އެހީދިނުމަށް ނުވަތަ ޢަމަލީ ގޮތުން އެކަންކަން (މިސާލަކަށް ގޭގެ ކޮޓަރި ދިނުން) ކޮށްދިނުމަށް އެހީދޭ ފަރާތްތަކަށް ހުށަހެޅިދާނެއެވެ.

  1. ޙާފިޒަކު ރާއްޖެއިން ބޭރުން ގެނައުމަށް ކުރަން ޖެހޭ ޚަރަދު ތަކާއި އެފަރާތަށް ދެވޭ އެލަވަންސް
  2. ޙާފިޒް ރާއްޖެއަށް އައުމުން މާލޭގައި މަޑު ކުރުމުގެ ޚަރަދާއި ރަށަށް އައުމުގެ ދަތުރު ޚަރަދާއި އެނބުރި މާލެ ދިއުމުގެ ޚަރަދު
  3. ޙާފިޒްގެ 01 މަސް ދުވަހުގެ ހުރުން
  4. ޙާފިޒްގެ 01 މަސްދުވަހުގެ ކެއުންބުއިމުގެ ކަންކަން

 ވީމާ މަތީގައި ދެންނެވިފައިވާ ކަންކަމަށް ޚަރަދު ދެއްވުމަށާއި އެހީ ދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަން ބަޔާންކޮށް މި އިދާރާއަށް ލިޔުމުން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މެއިލް ކުރައްވާނަމަ ކުރައްވާނީ [email protected]  އަށެވެ. މި ކަމާއި ބެހޭގޮތުން އިތުރު މަޢްލޫމާތު ބޭނުންވާ ފަރާތްތަކުން ކައުންސިލްގެ ފޯން 6580071 އާއި ގުޅުއްވުން އެދެމެވެ.

                           18 ރަޖަބް     1439 

05 އޭޕްރިލް 2018
ހޯދާ