ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ކާޑެއްދޫ އެއަރޕޯޓުން 03 ފިހާރަ ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމާއި ބެހޭ

އިޢުލާން

 

ކާޑެއްދޫ އެއަރޕޯޓުން 03 ފިހާރަ ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމާއި ބެހޭ

         ކާޑެއްދޫ އެއަރޕޯޓުގެ މަގު ޖެޓީ އާއި ޓާރމިނަލްއާއި ދެމެދުގައިވާ ފިހާރަބަރި (464 އަކަފޫޓްގެ 03 ފިހާރަ) ކުއްޔަށް ހިފާނެފަރާތެއް ހޯދަން ބޭނުންވެއެވެ.

        ވީމާ، މިކަމަށް އެދި ޝަޢުގްވެރިވެލައްވާ ފަރާތްތަކުން 10 އޭޕްރިލް 2018 ވާ އަންގާރަ ދުވަހުގެ 11:00 އަށް ކާޑެއްދޫ އެއަރޕޯޓް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 17 އޭޕްރިލް 2018 ވާ އަންގާރަ ދުވަހުގެ 11:00 އަށް ކާޑެއްދޫ އެއަރޕޯޓް އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

        އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތް ތަކުގެ އަންދާސީ ހިސާބާއި، މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

        18 ރަޖަބް  1439

        04 އޭޕްރިލް 2018 

04 އޭޕްރިލް 2018
ހޯދާ