ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލެކްޗަރަރ

މަޤާމް :ލެކްޗަރަރ
ބޭނުންވާ އަދަދު :1

މަޤާމު:

ލެކްޗަރަރ

ބޭނުންވާ އަދަދު:

1

ދާއިރާ:

ނެވިގޭޝަން

އޮފީސް:

ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް

ގްރޭޑް:

7

ސްޕައިން ޕޮއިންޓް:

40

މުސާރަ:

މަހަކު 12,687.50 ރ

ސަރވިސް އެލަވަންސް:

މަހަކު 5,437.50 ރ

އިނާޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަގާމްގެ ޝަރުތު:

ކެޕްޓަންކަމުގެ ސެޓްފިކެޓް އޮފް ކޮމްޕިޓެންސީ ލިބިފައިވުން.

     - ( ސެޓްފިކެޓް އޮފް ކޮމްޕިޓެންސީ ވާންވާނީ ނޯޓިކަލް ކޮލެޖަކުން ތަޢުލީމު ހާޞިލު ކުރުމަށްފަހު،          ހާޞިލްކޮށްފައިވާ ސަނަދަކަށެވެ.)

މަޤާމުގެ މަސްއޫލިއްޔަތު:

 

  • ފައުންޑޭޝަން ކޯސްތަކާއި، ސެޓްފިކެޓް ފެންވަރުގެ ކޯސްތަކާއި، ޑިޕްލޮމާ ފެންވަރުގެ ކޯސްތަކުގައި ކިޔަވައިދިނުން.
  • ޓިއުޓޯރިއަލްއާއި، ޢަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވާރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތައް ހިންގުމާއި ވިލަރެސް ކުރުން.
  • ދަރިވަރުންގެ އެސެސްމަންޓްތައް ވިލަރެސްކުރުން.
  • ދަރިވަރުންނާއި ލެކްޗަރަރއިންނާ ބައްދަލުކޮށް މަޝްވަރާކުރުން.
  • ކޯސްތަކަށް ބޭނުންވާ ލާރނިންގ އެއިޑްސްއާއި، ޓީޗިންގ އެއިޑްސް ހޯދުމަށް އެދުމާއި ބެލެހެއްޓުމަށް އެހީތެރިވުން.
  • ކޯސް ކޯޑިނޭޓްކުރުން.
  • މަރުކަޒާއި ޑިޕާޓްމަންޓުގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި ކޮމެޓީތަކުގައި ބައިވެރިވުން.
  • މެރިޓައިމް ރިސަރޗް މަސައްކަތްކުރުން.
  • ފަންނީ ހަރަކާތްތަކާއި ވޯރކްޝޮޕްތަކުގައި ބައިވެރިވުން.
  • ކޯސްތައް އިސްތިހާރުކުރުމާއި، މަޢުލޫމާތު ފޯރުކޮށްދިނުމާއި، ފެއަރތަކުގައި ބައިވެރިވުން.
  • މެރިޓައިމް އިންޑަސްޓްރީއަށް ބޭނުންވާ އާ ކޯސްތައް އުފެއްދުމާއި، މުރާޖަޢާކުރުމާއި، ހިންގުން.
  • މަރުކަޒުގެ ޔައުމިއްޔާ ލިޔުމަށް ބޭނުންވާ އެކަޑަމިކް ސެކްޝަނާބެހޭ މަޢުލޫމާތު ޔައުމިއްޔާ ލިޔާ މުވައްޒަފަށް ދުވަހުން ދުވަހަށް ދިނުން.
  • ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް ކުރިއެރުވުމަށްޓަކައި ހިންގާ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިވުން.
  • ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްގެ ލަނޑުދަނޑި ހާސިލުކުރުމަށް އެއްބާރުލުމާއެކު މަސައްކަތްކުރުން.
  • ތަޢުލީމީ ނިޒާމުގެ ތެރެއިން ޖީލްތަކަށް މެރިޓައިމް އިންޑަސްޓްރީ ކޯސްތައް ތަޢާރަފްކުރުން.
  • އައި.އެސް.އޯ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް އާއި އެއްގޮތަށް މަސައްކަތްކުރުން.

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2018 އޭޕްރީލް 11 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://mnu.edu.mv/wp-content/uploads/2016/10/Job-Application.pdf

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް) .މަތީގައި ދެންނެވުނު ލިޔުމަކީ އެ މުވައްޒަފު ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމަކަށްވުން(
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345408 ނަމްބަރު ފޯނަށެވެ.
04 އޭޕްރިލް 2018
ހޯދާ