މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ކޮންފިގަރޭޝަން އެންޑް އިމްޕްލިމެންޓޭޝަން އޮފް އެސް.އޭޕީ ބިޒުނަސް އޮބްޖެކްސް ކޮންސަލްޓަންސީ

 

 

 

ޕްރޮޖެކްޓް ނަންބަރު:

TES/2017/C-04-R01

 

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ކޮންފިގަރޭޝަން އެންޑް އިމްޕްލިމެންޓޭޝަން އޮފް އެސް.އޭޕީ ބިޒުނަސް އޮބްޖެކްސް ކޮންސަލްޓަންސީ

 

1. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން ކުރިއަށް ގެންދާ ދައުލަތުގެ މާލީނިޒާމު ބެލެހެއްޓުން ހަރުދަނާ ކުރުމުގެ މަޝްރޫޢުއަށް އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައި.ޑީ.އޭ) އިން ވަނީ ހިލޭ އެހީއެއް ލިބިފައެވެ. އަދި މިމަޝްރޫގެ ދަށުން ކޮންފިގަރޭޝަން އެންޑް އިމްޕްލިމެންޓޭޝަން އޮފް އެސް.އޭޕީ ބިޒުނަސް އޮބްޖެކްސް ކޮންސަލްޓަންސީގެމަސައްކަތްކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ IUL) 13-K/13/2018/33) އިޢުލާނަށް ޝަޢުޤުވެރިކަން ހުށަހެޅުމުގެ މުއްދަތު 12 އެޕްރީލް 2018ގެ ނިޔަލަށް އިތުރުކޮށް ފީމެއެވެ.

 

2. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ކޮންސަލްޓިންގ ފާމްތަކުން، ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރ) އާއި އެއްގޮތަށް ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.

 

3. މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން  ޖަނަވަރީ 2011ގައި ތައްޔާރުކޮށް ޖުލައި 2014ގައި އިސްލާހުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް އުޞޫލުންނެވެ.

 

4. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  ގައި ޝާޢިއު ކުރެވިފައި ވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

5. ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 އެޕްރީލް 2018 ވާ ބުރާސްފަތި ދުވަހު 13:00ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

އަހުމަދު މުޖުތަބާ

ޑިރެކްޓަރ ޖެނެރަލް

ނެޝަނަލް ޓެންޑަރ

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

މާލެ،  ދިވެހިރާއްޖެ.

   ޓެލެފޯން:3349106 ،3349266,

އީމެއިލް އެޑްރެސް [email protected] :

[email protected]

3 އެޕްރީލް 2018

03 އޭޕްރިލް 2018
ހޯދާ