ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ހއ.މުރައިދޫ އިންޖީނުގޭގެ ކޮންޓްރޯލް ރޫމް ބޮޑު ކުރުމުގެ މަސައްކަތާއި ގުޅޭ

 ނަންބަރު: FNK-I/IUL/2018/043  

 

އިޢުލާން

 

ހއ.މުރައިދޫ އިންޖީނުގޭގެ ކޮންޓްރޯލް ރޫމް ބޮޑު ކުރުމުގެ މަސައްކަތާއި ގުޅޭ:

 

މި ކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތަށް ހއ.މުރައިދޫ އިންޖީނުގޭގެ ކޮންޓްރޯލް ރޫމް ބޮޑު ކުރުމުގެ އެންމެހާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ FNK-I/IUL/2018/037  އިޢުލާނަށް އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް، އަލުން މި ފުރުޞަތު ހުޅުވާލަމެއެވެ.  

 ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2018 އޭޕްރީލް 09 ވާ ހޯމަ ދުވަހުގެ 11:30 ހަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ހއ.މުރައިދޫ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 އޭޕްރީލް 15 ވާ އާދިއްތަ ދުވަހުގެ 11:30 ހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ހއ.މުރައިދޫ ބްރާންޗަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި ބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.

 

                               17 ރަޖަބް 1439           

                          

03 އޭޕްރިލް 2018
ހޯދާ