ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ހއ.މޮޅަދޫ އިންޖީނުގޭގެ ކޮންޓްރޯލް ރޫމް ބޮޑު ކުރުމުގެ މަސައްކަތާއި ގުޅޭ

 ނަންބަރު: FNK-I/IUL/2018/042  

 

އިޢުލާން

ހއ.މޮޅަދޫ އިންޖީނުގޭގެ ކޮންޓްރޯލް ރޫމް ބޮޑު ކުރުމުގެ މަސައްކަތާއި ގުޅޭ:

 

މި ކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތަށް  ހއ.މޮޅަދޫ އިންޖީނުގޭގެ ކޮންޓްރޯލް ރޫމް ބޮޑު ކުރުމުގެ އެންމެހާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ FNK-I/IUL/2018/038  އިޢުލާނަށް އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް، އަލުން މި ފުރުޞަތު ހުޅުވާލަމެއެވެ.  

ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2018 އޭޕްރީލް 09 ވާ ހޯމަ ދުވަހުގެ 11:30 ހަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ހއ.މޮޅަދޫ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 އޭޕްރީލް 15 ވާ އާދިއްތަ ދުވަހުގެ 12:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ހއ.މޮޅަދޫ ބްރާންޗަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި ބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.

                               17 ރަޖަބް 1439

                               03 އޭޕްރީލް 2018

 

 

 

 

            

                          

 

 

03 އޭޕްރިލް 2018
ހޯދާ