މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ހިންމަފުއްޓާއި މާލެއާއި ދެމެދު ދަތުރުކުރާ ދޯންޏެއް ކުއްޔަށް ހިފުމާއި ގުޅޭ

މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ ކ. ހިންމަފުށި (އައްސޭރި ޖަލު)ގައި ހުކުމް ތަންފީޒް ކުރަމުންގެންދާ ޤައިދީންނާއި ބަންދުމީހުން އަދި އެ ޖަލުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުން މާލެ އާއި ހިންމަފުއްޓާއި ދެމެދު ދަތުރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ: (IUL)167-PR/167/2018/08 އިޢުލާންއާއި ގުޅިގެން މައުލޫމާތު ސާފު ކުރުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައި ނުވާތީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާންކުރަމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

10  އޭޕްރިލް 2018

އަންގާރަ

10:00  

އަންދާސީހިސާބު ހުށަހެޅުން

16  އޭޕްރިލް 2018

ހޯމަ

10:00  

 

03 އޭޕްރިލް 2018
ހޯދާ