ދިވެހިރާއްޖެ
ނަންބަރ: IUL)242/242/2018/14)
އިޢުލާން
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް އާއި ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ "ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް" ކޯހުގައި ކިޔަވައި ދެއްވުމަށް ޝައުޤުވެރިވާ ބޭފުޅުން ހޯދަން ބޭނުންވެއްޖެއެވެ.
Duration / No of hrs |
Module Name |
No |
50 hrs |
Public Policy Formation |
1 |
50 hrs |
Role of Civil Service |
2 |
50 hrs |
General Management and Leadership |
3 |
50 hrs |
Conflict Meditation, Negotiation and Resolution |
4 |
Study Break |
||
50 hrs |
Financial Oversight and Measuring Result and Budgeting |
5 |
50 hrs |
Media / Presentation Skills |
6 |
50 hrs |
Entrepreneurship |
7 |
50 hrs |
Managing Reform and Change |
8 |
ޝަރުޠު:
- ކިޔަވާ ދެއްވާ މޮޑިއުލް އަކާ ގުޅޭ ދާއިރާއަކުން ޑިގްރީއެއް ޙާސިލްކޮށްފައިވުން
ޓްރެއިނަރުން ކަނޑައެޅުމުގައި ބަލާނެ ކަންތައްތައް (ޑިގްރީ ފެންވަރު)
- ތަޢުލީމް
- ކިޔަވައިދިނުމުގެ ތަޖުރިބާ
- މަސައްކަތު ތަޖުރިބާ
ހަމަޖެހިފައިވާ އުޖޫރަ
- ނަންގަވާ ދެއްވާ ކޮންމެ ގަޑިއަކަށް -/250ރ
- ޕޭޕަރ ތައްޔާރު ކުރުމަށާއި މާރކު ކުރުމަށް ކޮންމެ ޕޭޕަރަކަށް -/35ރ
"ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް" ކޯހުގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅޭ ހަފްތާތަކެއްގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުގައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 12 އޭޕްރީލް 2018 ވާ ބްރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކަމަށް އެދި ކިޔަވައިދިނުމަށް ޝައުޤުވެރިވާ ދާއިރާ ބަޔާންކޮށް ސިޓީއާއި ވަނަވަރު އަދި ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ މިއިދާރާއަށް ހުށަހެޅުން އެދެމެވެ. ކޯހުގެ ޓްރެއިނަރުންގެ ގޮތުގަ ޝައުޤުވެރި ވެލައްވާ ފަރާތްތަކަށް އައްޔަން ކުރައްވާނީ ސިވިލް ސަވރިސް ޓްރޭނިންގ އިންސްޓިޓިއުޓްއިން ކަމުގައި ދަންނަވަމެވެ.
17 ރަޖަބް 1439
3 އޭޕްރީލް 2018
މުޙައްމަދު ނާސިޙް ރަޝީދު
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ރައީސް