ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯހުގައި ކިޔަވައި ދެއްވުމަށް ޝައުޤުވެރިވާ ބޭފުޅުން ހޯދުމަށް

     ނަންބަރ: IUL)242/242/2018/13)     

އިޢުލާން

 

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް އާއި ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގައި ކިޔަވައި ދެއްވުމަށް ޝައުޤުވެރިވާ ބޭފުޅުން ހޯދަން ބޭނުންވެއްޖެއެވެ.

 

Hours

Module Name

No

30 hrs

Introduction, Fundamentals of Administration and General Officer procedure

1

30 hrs

English Language proficiency

2

30 hrs

Office Dhivehi

3

30 hrs

Computer Proficiency

4

30 hrs

Customer Service, Communication and Telephone Skills

5

30 hrs

Individual excellence: Secrets of Career Success

  • Stress Management
  • Conflict Resolution
  • Time Management Skills
  • Team Building

6

 

ޓްރެއިނަރުން ކަނޑައެޅުމުގައި ބަލާނެ ކަންތައްތައް (ޑިޕްލޮމާ ފެންވަރު)

  • ތަޢުލީމް
  • ކިޔަވައިދިނުމުގެ ތަޖުރިބާ
  • މަސައްކަތު ތަޖުރިބާ

 

ހަމަޖެހިފައިވާ އުޖޫރަ

 

  1. ނަންގަވާ ދެއްވާ ކޮންމެ ގަޑިއަކަށް  -/250ރ
  2. ޕޭޕަރ ތައްޔާރު ކުރުމަށާއި މާރކު ކުރުމަށް ކޮންމެ ޕޭޕަރަކަށް -/25ރ

ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅޭ ހަފްތާތަކެއްގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުގައެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 12 އޭޕްރީލް 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކަމަށް އެދި ކިޔަވައިދިނުމަށް ޝައުޤުވެރިވާ ދާއިރާ ބަޔާންކޮށް ސިޓީއާއި ވަނަވަރު އަދި ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ މިއިދާރާއަށް ހުށަހެޅުން އެދެމެވެ.

 

 ކޯހުގެ ޓްރެއިނަރުންގެ ގޮތުގަ ޝައުޤުވެރި ވެލައްވާ ފަރާތްތަށް އައްޔަން ކުރައްވާނީ ސިވިލް ސަވރިސް ޓްރޭނިންގ އިންސްޓިޓިއުޓްއިން ކަމުގައި ދަންނަވަމެވެ.

 

17 ރަޖަބް 1439

3 އޭޕްރީލް 2018

 

 

 

 

       މުޙައްމަދު ނާސިޙް ރަޝީދު

               ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ރައީސް

03 އޭޕްރިލް 2018
ހޯދާ