ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ އިދާރާގައި ގުދަނެއް ހެދުން؛

މިކައުންސިލް އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، މިކައުންސިލްގެ ގޯތިތެރޭގައި ގުދަނެއް  އަމިއްލަތަކެތީގައި އިމާރާތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ތިރީގައި މިވާ ގަޑިތަކުގައި މިއިދާރާގެ މީޓިންގ ރޫމްގައެވެ.

މަޢުލޫމާތު ދިނުން

އަންދާސީ ހިސާބު ހުށަހެޅުން

2018 އޭޕްރީލް 05 ވަނަ ދުވަހުގެ 10:00 ގައި (ބުރާސްފަތި ދުވަސް)

2018 އެޕްރީލް 10 ވަނަ ދުވަހުގެ 10:00 ގައި (އަންގާރަ ދުވަސް)

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ކައުންސިލް އިދާރާގެ ގޯތިތެރޭގައި ގުދަނެއް އިމާރާތްކުރުމުގެ މަސައްކަތް"، މިހެން ލިޔެފައި އޮންނަން ވާނެއެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 އޭޕްރިލް 2018
ހޯދާ