ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް:              ޑްރައިވަރ

ބޭނުންވާ ޢަދަދު:          01 (އެކެއް)

މުސާރަ:               -/5,570 ރުފިޔާ

ލިވިންގ އެލަވަންސް:       -/3,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:  މާލެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: ވެހިކަލް ދުއްވުން

ފެންވަރު ނުވަތަ ޝަރުޠު: 

  1. އަސާސީ ތަޢްލީމުގެ ފެންވަރު ހުރުން.
  2. ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
  3. ހަތަރު ފުރޮޅުލީ މެނުއަލް އަދި އޮޓޯ އެއްގަމު އުޅަނދު ދުއްވަން އެނގުން.
  4. މަޤާމުގެ ވާޖިބުތައް އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރުމާއި ޤާބިލުކަން ހުރުން.
  5. ޢުމުރުން 55 އަހަރު ވެފައިނުވުން.

އިތުރު އެލަވަންސް: މި މަޤާމަށް ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/50 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

 

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 9 އެޕްރީލް 2018 ވަނަ ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު، މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

 

ނޯޓް: މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ފޯމް ބަލައިގަންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 12:00 އިން 14:00 އަށެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1-      ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ކޮޕީ

2-      ވަނަވަރު

3-      ދރއ. ކާޑުގެ ކޮޕީ

4-      ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

16 ރަޖަބު 1439

02 އޭޕްރިލް 2018
ހޯދާ