މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

މަޤާމް:

މަސައްކަތު

މަޤާމް ނަންބަރު:

J-214507

ރޭންކް:

އެސް.އެސް 1

ކްލެސިފިކޭޝން:

ސަޕޯޓް ސްޓާފް ގުރޭޑް 1

އޮފީސް / އިދާރާ:

 މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާ

ސެކްޝަން:

 ކޯޕަރޭޓިވް އެފެއާޒް ސެކްޝަން

ވަޒީފާ އޮތް އޮފީސް

މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާ

މުސާރަ:

-/3100(ތިންހާސް އެއްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް:

-/1000(އެއްހާސް ރުފިޔާ)

ބޭނުންވާ ޢަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

 

މަގާމުގެ ޝަރުޠުތައް:

  1. ލިޔަން ކިޔަން އެނގުން

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި

ވާޖިބުތައް:

  1. އޮފީހާއި އޮފީހުގެ ގޯތިތެރެ އަދި ވަށައިގެންވާ މަގުތަށް ފޮޅާ ސާފުކޮށް ބެލެހެއްޓުން
  2. އޮފީހުގައި ބޭނުންކުރާ ގޮޑި މޭޒު އަދި އެންމެހައި ތަކެތި ދުވަހުން ދުވަހަށް ފޮޅާ ސާފުކޮށް ބެލެހެއްޓުން
  3. އެކިއެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ތަކެތި ރައްދުކުރުން
  4. އެކި އެކި ކަންކަމުގައި އޮފީހަށް ހާޟިރު ކުރަންޖެހޭ ފަރާތްތަށް ހާޟިރު ކުރުވުން
  5. ރައްތިތުންގެ ރުއްގަހުން ލިބޭ ތަކެތީގެ އެރި ނެގުމާ ބެހޭ އެންމެހައި ކަމެއްކުރުން
  6. ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ޢިމާރާތްތަށް ފޮޅާސާފުކޮށް ބެލެހެއްޓުން
  7. ގޯތި ގެދޮރުގެ އިންވަކިކުރުންފަދަ ކަންކަމުގައި އެހީތެރިވެދިނުން
  8. ރައްޔިތުންނަށަށް އަންގަންޖެހޭ އެންމެހައި އެންގުންތަށް އެންގުން
  9. އިޖްތިމާޢީ ސަރަހައްދު ސާފްކުކޮށް ބަލަހައްޓާ ފަރާތްތަކުގެ ޙާޟިރީ ބެލެހެއްޓުން
  10. ކައުންސިލުން ހިންގާ އެކި އެކި ޙަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިވުން

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ މަސައްކަތު ތަޖުރިބާ:   (ކަނޑައެޅިފައިވާ އިންސައްތަ 40%)
  2. އިންޓަރވިއު / ލިބިފައިވާ ހުނަރު:  (ކަނޑައެޅިފައިވާ އިންސައްތަ 60%)

 

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށްމީހުންހޮވުމަށްބާއްވާއިންޓަރވިއު،ވަޒީފާއަށްއެދުމުގެސުންގަޑިހަމަވުމަށްފަހުޖެހިގެންއަންނަމަސައްކަތު 10 ދުވަހުގެތެރޭގައިމިއިދާރާގައިނުވަތަމިއިދާރާއިންހަމަޖައްސާތަނެއްގައިއޮންނާނެއެވެ.

ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓްކުރެވޭނެ އެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މި މަޤާމަށް އައްޔަނުކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ، 30%(ތިރީސް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެ އެވެ. 

މަގާމަށް އެދެންވީ ގޮތާއި، ސުންގަނޑި:

މި މަގާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާ އަށް އެދޭ ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ، 2018  އޭޕްރީލް  09 ވާ ހޯމަ ދުވަހު މެންދުރު 14:00 އެވެ.ފޯމު ހުށަހަޅާނީ، މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާ އަށެވެ. އެޕްލިކޭޝަންފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ، އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

އުޖޫރަ އާއި އިނާޔަތްތައް:

  • ސިވިލްސަރވިސްގެމުވައްޒަފުންނަށްހަމަޖެހިފައިވާއުސޫލުންބޭސްފަރުވާގެޚިދުމަތް.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް ފުޅަދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެ އެވެ. އަދި ސިވިލް ސާރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.  
  4. ވަޒީފާ އަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ) (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭ)

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 6600057 ނަންބަރު ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ. މެއިލް ކުރައްވާނަމަ، މެއިލް ކުރައްވާނީ، [email protected]ov.mv އަށެވެ.

 

 

 

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

16 ރަޖަބު  1439

02    އޭޕްރީލް   2018

02 އޭޕްރިލް 2018
ހޯދާ