ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. އަތޮޅު ރައްޔިތުންގެ " ގެލެކްސީ " ޢިމާރާތް ކުއްޔަށް ދިނުމާ ބެހޭ


-

 

                                އިޢުލާން

 

ހއ. އަތޮޅު ރައްޔިތުންގެ " ގެލެކްސީ " ޢިމާރާތް ކުއްޔަށް ދިނުމާ ބެހޭ

 

            ހއ. އަތޮޅު ރައްޔިތުންގެ " ގެލެކްސީ " ޢިމާރާތް ކުއްޔަށް ދިނުމަށް ބޭނުން ވެއްޖެއެވެ.

            ވީމާ، މި ޢިމާރާތް ކުއްޔަށް ހިފުމަށް  ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް މިއިދާރާއަށް ޕްރޮޕޯސަލް ހުށައެޅުން އެދެމެވެ. މިކަމަށް އެދި ޕްރޮޕޯސަލް ހުށައަޅާއިރު  ސިޓީ އުރައިގެ ބޭރުގައި " ހއ. އަތޮޅު ރައްޔިތުންގެ " ގެލެކްސީ " ޢިމާރާތް ކުއްޔަށް ހިފުމަށް އެދި " މިގޮތަށް ލިޔަންވާނެއެވެ.

 

މަޢުލޫމާތު ސާފުކުރުން

ޕްރަޕޯސަލް ހުށައެޅުން

09 އެޕްރީލް 2018  ހޯމަ ދުވަހު  11:00

16 އެޕްރީލް 2018  ހޯމަ ދުވަހު   11:00

            

         މަޢުލޫމާތު ސާފުކުރުމަށާއި، ޕްރޮޕޯސަލް ހުށައެޅުމަށް ޙާޟިރުވާއިރު އެފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަންވަނެއެވެ. މީގެއިތުރުން ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށާއި ޕޮރޮޕޯސަލް ހުށައެޅުމަށް މީހަކު ފޮނުވާނަމަ ތަމްސީލް ކުރާފަރާތް އެނގޭގޮތަށް ސިޓީއަކާއެކު މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށައަޅަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށައަޅާ ޕްރޮޕޯސަލާއި، ގަޑިޖެހުމުގެ ފަހުން ހުށައަޅާ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.            

           

15   ރަޖަބު  1439

                 01 އެޕްރީލް 2018

 

01 އޭޕްރިލް 2018
ހޯދާ