ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގެ އިޖުތިމާޢީ ސަރަހައްދު ސާފުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ               

 އިހަވަންދޫ                                                

ދިވެހިރާއްޖެ 

ނަންބަރ: IUL)248-ESMSMS/248/2018/21)                        

 

 

އިޢުލާން

                  

                    ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކުރުމަށް ކުރި މި އިދާރާގެ ނަމްބަރު: (IUL)248-ESMSMS/248/2018/05 (18 ޖަނަވަރީ 2018 ) ގެ އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތަކަށް އެ މަސައްކަތް ކުރެވެން ނެތުމުން، އެ އަންދާސީ ހިސާބު ބާޠިލުކޮށް، އަލުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

                    ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 08 އެޕްރީލު 2018 ވާ އާދީއްތަ ދުވަހު 10:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 15 އެޕްރީލު 2018 ވާ އާދީއްތަ ދުވަހު 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

                    މި މަސައްކަތް ކޮށްދެއްވުމަށް އެދި މައުލޫމާތު ސާފުކޮށް، އަންދާސީ ހިސާބު ހުށަހެޅޭނީ، ކުންފުނި، ކޯޕަރޭޓިވް ސޮސައިޓީ، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް ތަކުންނާއި، ފަރުދީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ. އެފަދަ ފަރާތަކުން މަޢުލޫމާތު ސާފު ކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށެހެޅުއްވުމަށް ވަޑައިގަންނަވާއިރު، އެ ތަނެއްގެ ރަސްމީ ސިޓީއަކާއި، ލިބިފައިވާ ހުއްދަ ތަކުގެ ކޮޕީއަކާއި، އަދި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. އެފަދަ ފަރާތެއްގެ ބަދަލުގައި މީހަކު ފޮނުއްވާނަމަ މީގެއިތުރުން ނުވަތަ އެފަރާތަކުން ފޮނުއްވި މީހެއްކަން އެނގޭ ގޮތަށް އެ ތަނެއްގެ ރަސްމީ ސިޓީއެއް  ގެންނަން ވާނެއެވެ.

                    މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ، ސިޓީއުރައަށްލައި ބަންދުކޮށް " 2018 ވަނަ އަހަރު ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކުރުމުގެ އަންދާސީ ހިސާބު " ކަން އެނގޭގޮތަށް ލިއުއްވައިފައެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށަހެޅުން ބަލައެއް ނުގަނެވޭނެއެވެ.    

 

                   މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                   15 ރަޖަބު  1439  

                   01 އެޕްރީލު 2018

01 އޭޕްރިލް 2018
ހޯދާ