ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސަޕޯޓް އެސިސްޓެންޓް

ވަޒީފާގެ ފުރުޞަތު

މިކުންފުނިން ހިންގާ ތިރީގައި މިދަންނަވާ އިންޖީނުގެތަކަށް ކޮންޓްރެކްޓް އުޞޫލުން 01 އަހަރު ދުވަހުގެ މުއްދަތަށް މަސައްކަތް ކުރާނެ ފަރާތެއް ބޭނުންވެއެވެ.

މަޤާމް:

ސަޕޯޓް އެސިސްޓެންޓް

ދާއިރާ:

  • ކ.ހިންމަފުށި އިންޖީނުގެ
  • ކ.ގާފަރު އިންޖީނުގެ
  • ކ.ގުރައިދޫ އިންޖީނުގެ
  • އއ.އުކުޅަސް އިންޖީނުގެ
  • އއ.ތޮއްޑޫ އިންޖީނުގެ
  • އއ.ހިމަންދޫ އިންޖީނުގެ
  • އދ.ދަނގެތި އިންޖީނުގެ

ބޭނުންވާ ޢަދަދު:

01 ( ކޮންމެ އިންޖީނުގެއަކަށް 01 މުވައްޒަފު )

މުސާރަ:

-/3,500ރ (ތިންހާސް ފަސްސަތޭކަ ރުފިޔާ)

ފިކްސްޑް އެލަވަންސް:

-/1,500ރ (އެއްހާސް ފަސްސަތޭކަ ރުފިޔާ)

ފެންވަރު ނުވަތަ ޝަރުތު:

  • އަސާސީ ތަޢުލީމް ފެންވަރު ހުރުން
  • މިމަޤާމުގެ މަސްޢޫލިއްޔަތު އަދާކުރެވޭނެ ފަދަ ޢުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން

މައިގަޑު މަސައްކަތް:

  • އޮފީސް އިމާރާތް ކުނި ކަހާ ފޮޅާ ސާފުކުރުމާއި ކުނިއުކާލުން.
  • ހެޑް އޮފީހުން އިންޖީނުގެއަށް ފޮނުވާ ލިޔެކިއުންތަކާއި މުދާ ފެރީ އިން ނެގުމާއި އިންޖީނުގެ އިން ހެޑް އޮފީހަށް ފޮނުވާ ލިޔެކިއުންތަކާއި މުދާ ފެރީއަށް ލުން.
  • އިންޖީނުގޭގެ އޮފީސް އިމާރާތުގެ ފާޙާނާތައް ސާފުކޮށް ބެލެހެއްޓުން.

ވަޒީފާއަށް އެދި ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

08 އޭޕްރީލް 2018 ދުވަހުގެ 15:00 ގެ ކުރިން

އިތުރު މަޢުލޫމާތު:

މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ހޮވުމުގައި އަންހެން ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަތީގައިވާ މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 08 އޭޕްރީލް 2018 ކުރިން ވަޒީފާއަށް އެދި ސިޓީއާއިއެކު އައިޑީ ކާޑުގެ ކޮޕީ އަދި އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ އެރަށެއްގެ އިންޖީނުގެ އަށް ހުށަހެޅުއްވުން އެދެމެވެ.

 

                        15  ރަޖަބު 1438

                        01 އޭޕްރީލް  2018      

01 އޭޕްރިލް 2018
ހޯދާ