ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1-ކޕްރީސްކޫލް އިސްޓީޗަރ(ވަގުތީ) 2-ޕްރީސްކޫލް ޓީޗަރ(ވަގުތީ) 3-އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

އިޢުލާން

1- މަޤާމް :    ޕްރީސްކޫލް އިސްޓީޗަރ (ވަގުތީ)

މުއްދަތު:        01 އަހަރު

ބޭނުންވާ ޢަދަދު :   01 (އުމުރުން 18 އަހަރުފުރި  55 އަހަރު ފުރިފައި ނުވުން )

މަޤާމުގެ ގިންތި:     ވަގުތީ   

ރޭންކް :        ޖީ.އެސް.3

ކްލެސިފިކޭޝަން:      ސަޕޯޓް ސްޓާފް .ގްރޭޑް.1

މަޤާމް އޮތް އޮފީސް :   ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާ ކުރަންޖެހޭ ތަން : ދ.ކުޑަހުވަދޫ ޕްރީސްކޫލް

މުސާރަ:          މަހަކު 4465.00 ރުފިޔާ.

ސާރވިސް އެލަވަންސް:     މަހަކު 1500.00 ރުފިޔާ.

 

މަޤާމުގެ ޝަރުޠުތައް:

  1. ޓީޗިންގ ގެ ދާއިރާއިން ނުވަތަ އާރލީޗައިލްޑްހުޑް ޑިވްލޮޕްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ
  2. ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތު ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.  ނުވަތަ
  3. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމައެކު، އޭގެ އިތުރުންސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާމުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާ  ވާޖިބްތަކުގެ ޙުލާޞާ.

1-ނާސަރީ، ބޭބީ ނާސަރީގެ ކުލާސްތަކަށް ކިޔަވައި ދިނުމާއި، ކިޔަވައިދިނުމާއިގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

2-ޓީޗަރުންނާއި ގުޅުންހުރި އެންމެހާ ކަންކަން ބެލެހެއްޓުން.

3-ޓީޗަރުންނަށް ޖަވާބުދާރީވެ، ޓީޗަރުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކައުންސިލާއި ގުޅިގެން މަސައްކަތްކުރުން.

4-ކޮންމެ އަހަރެއްގެ ޕޯޓްފޯލިއޯއާއި ރިޕޯޓް ކާރޑް ޗެކްކުރުން.

5-އިދާރީ ކަންކަން ކުރާނުކުރާ ގޮތް ބަލައި މޮނީޓަރ ކުރުން.

6-ކިޔަވައި ދިނުމުގައާއި ސްކޫލް ޤަވާއިދު ތަންފީޒު ކުރުމުގައި ދިމާވާ ކަންކަމުގައި ބެލެނެވެރިންނަށް ޖަވާބުދާރީވުން.

7-މަސައްކަތު މީހުންގެ މަސައްކަތްތައް ރާވައި، ކުރާ މަސައްކަތްތައް މޮނީޓަރ ކުރުން.

_________________________________________________________________

2- މަޤާމް :      ޕްރީސްކޫލް ޓީޗަރ (ވަގުތީ)

މުއްދަތު:         01 އަހަރު

ބޭނުންވާ ޢަދަދު :    01 (އުމުރުން 18 އަހަރުފުރި  55 އަހަރު ފުރިފައި ނުވުން )

މަޤާމުގެ ގިންތި:     ވަގުތީ   

ރޭންކް :        ޖީ.އެސް 1

ކްލެސިފިކޭޝަން:      ސަޕޯޓް ސްޓާފް .ގްރޭޑް.1

މަޤާމް އޮތް އޮފީސް :   ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާ ކުރަންޖެހޭ ތަން : ދ.ކުޑަހުވަދޫ ޕްރީސްކޫލް

މުސާރަ:          މަހަކު 2200.00 ރުފިޔާ.

ސާރވިސް އެލަވަންސް:     މަހަކު 1000.00 ރުފިޔާ.

 

މަޤާމުގެ ޝަރުޠުތައް:

1.ޓީޗިންގ ގެ ދާއިރާއިން ނުވަތަ އާރލީޗައިލްޑްހުޑް ޑިވްލޮޕްމަންޓްގެ ދާއިރާއިން

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ

2. ސާނަވީ ތަޢުލީމު ފުރިހަމކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާ  ވާޖިބްތަކުގެ ޙުލާޞާ.

  1. ކުލާސްތަކަށް ކިޔަވައި ދިނުމާއި ކިޔަވައިދިނުމާއި ގުޅިގެން ކުރަންޖެހޭ  އެންމެހައި ކަންތައްތައް ކުރުން.
  2. ކިޔަވައިދެއްވާ މާއްދާތަކާއިގުޅޭ  އިމްތިޙާންތައް ހިންގުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް، ލީޑިން ޓީޗަރުގެ މަޝްވަރާގެ މަތިން ކުރުން.
  3. ސްކޫލްގެ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކޮށް، ދަރިވަރުންގެ ނަތީޖާގެ ފެންވަރު މަތިކުރުމަށް މަސައްކަތް ކުރުން.
  4. މުޖުތަމަޢާއި ސްކޫލްއާއި އޮންނަ ގުޅުމަކީ ބަދަހި ގުޅުމަކަށް ހެދުމަށް މަސައްކަތް ކުރުން.

 

______________________________________________________________

3- މަޤާމް :     އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މުއްދަތު:        5 މަސް

ބޭނުންވާ ޢަދަދު :    01 (އުމުރުން 18 އަހަރުފުރި  55 އަހަރު ފުރިފައި ނުވުން )

މަޤާމުގެ ގިންތި:     ވަގުތީ   

ރޭންކް :        ޖީ.އެސް 1

ކްލެސިފިކޭޝަން:     ސަޕޯޓް ސްޓާފް .ގްރޭޑް.1

މަޤާމް އޮތް އޮފީސް : ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާ ކުރަންޖެހޭ ތަން : ދ.ކުޑަހުވަދޫ ޕްރީސްކޫލް

މުސާރަ:  މަހަކު 2100.00 ރުފިޔާ.

ސާރވިސް އެލަވަންސް:  މަހަކު 1000.00 ރުފިޔާ.

 

މަޤާމުގެ ޝަރުޠުތައް:

1.ޓީޗިންގ ގެ ދާއިރާއިން ނުވަތަ އާރލީޗައިލްޑްހުޑް ޑިވްލޮޕްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ

ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ

2. ސާނަވީ ތަޢުލީމު ފުރިހަމކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާ  ވާޖިބްތަކުގެ ޙުލާޞާ.

  • ކުދިންގެ އެޑްމިޝަންއާ ގުޅޭ ހުރިހާ ލިޔެކިއުންތައް ފައިލްކުރުން
  • ކުދިންގެ ވަކިވަކި ތަފްޞީލް އެނގޭނެ ރެކޯރޑްތައް ފައިލްކުރުން
  • ޕްރީސްކޫލަށް ލިބޭ އަދި ޕްރީސްކޫލުން ފޮނުވާ ލިޔެކިއުންތައް ޤަވާއިދުން ބެލެހެއްޓުން (ފޮނުވަންޖެހޭ ސިޓީ، މެސެޖު، ރިޕޯޓް ފަދަ ތަކެތި ތައްޔާރުކޮށް ކަމާބެހޭ ފަރާތަށް ފޮނުވުން)
  • ކުދިންގެ ފީ ބަލައިގަތުމާއި އެހެނިހެން ފައިސާއާބެހޭ މަސައްކަތްތައް ކުރުން
  • މުވައްޒަފުންގެ ވަކިވަކި ތަފްޞީލު އެނގޭގޮތަށް ރިކޯޑްތައް ފައިލްކޮށް ބެލެހެއްޓުން
  • ހުރިހާ މުވައްޒަފުންގެ ޙާޟިރީ ބަލަހައްޓައި ކޮންމެ މަހަކު ހާޟިރީ ރިޕޯޓް ތައްޔާރުކޮށް ކުޑަހުވަދޫ ކައުންސިލްގެ އިދާރާއަށް ފޮނުވުން.
  • ސްކޫލްގެ ދުވަހު ޔައުމިއްޔާ އާއި މުވައްޒަފުންނާއެކު ބޭއްވޭ ބައްދަލުވުންތަކާއި، ސްކޫލް ބޯޑުގެ ބައްދަލުވުންތަކާއި އަދި  ބެލެނިވެރިންނާއެކު ބޭއްވޭ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  • ސްކޫލްގެ އަހަރީ ރިޕޯޓް ތައްޔާރުކުރުކޮށް ކޮންމެ އަހަރަކު އެއްފަހަރު މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ކުޑަހުވަދޫ ކައުންސިލްގެ އިދާރާއަށް ފޮނުވުން.
  • ސްކޫލްގެ އެކްޓިވިޓީ ޕްލޭންހެދުމުގައި އެހީތެރެވުމާއި އެ ޕްލޭން ފެންނާނޭހެން ބެހެއްޓުން.
  • ސްކޫލްގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމާއި ގުޅޭ އެންމެހައި އިދާރީ މަސައްކަތް ކުރުން.
  • ސްކޫލަށް އެކިއެކި ފަރާތްތަކުން ދޭ އެހީއާއި އެހެނިހެންގޮތް ގޮތުންދޭ އެހީގެ ތަފްޞީލް އެންގޭނޭ ގޮތަށް ރެކޯޑްތަށް ފައިލްކުރުން.
  • ސަރުކާރުން ސްކޫލަށް ދެމުންދާ އެހީގެ ތަފްޞީލް އެންގޭނޭ ގޮތަށް ރެކޯޑްތަށް ފައިލްކުރުން.
  • ސްކޫލަށް ލިބޭ އާމްދަނީ އާއި ކުރެވޭ ޚަރަދުގެ ތަފްޞީލް އެނގޭނެ ގޮތަށް ރެކޯޑް ފައިލް ކުރުން
  • ސްކޫލަށް ބޭނުންވާ ތަކެތި ވެރިއަކު އަންގަވާ ގޮތެއްގެ މަތީން ގަނެ ތަނުގައި ބަހައްޓަންޖެހޭ ތަކެތީގެ ސްޓޮކް ބެލެހެއްޓުމާއި އިންވެންޓްރީ ބެލެހެއްޓުން.
  • ހުރިހާ މުވައްޒަފުން ގުޅިގެން ހިންގާ ކަންތައްތަކުގައި ބައިވެރިވުން.
  • ސްކޫލްގެ އަހަރީ ދުވަސް، ގްރެޖުއޭޝަން، ބާއްވާ މުބާރާތްތައް، ފެއަރ، ކޮންސެޓް ފަދަ ކަންތައްތައް އޮންނަ ދުވަސްތަކުގައި އަދި މިނޫންވެސްސްކޫލުން ފާހަގަ ކުރާ މުނާސަބަތު ތަށް ނިމެންދެން ހުރިހާ މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުން.
  • ސްކޫލުގެ ހެވާއި ލާބައަށް މަސައްކަތް ކުރެއްވުމުގައި އަބަދުވެސް ސްކޫލަށް ރީތިނަން ލިބޭ ގޮތަކަށް މަސައްކަތް ކުރުން
  • ދަރިވަރުންގެ ރައްކާތެރިކަމަށާއި އަދި ސްކޫލުގެ ތަކެއްޗަށް ރައްކާތެރިވުން
  • ދިމާވާ މައްސަލަތައް ވަގުތުން ވަގުތަށް ( ވީއެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި ) ކަމާބެހޭ އިސް މުވައްޒަފަކަށް ނުވަތަ އިސްވެރިޔާއަށް ހުށަހަޅުއްވައިގެން ޙައްލުކުރުން.
  • މީގެ އިތުރުންވެސް ތަނުގެ ވެރިން އަންގަވާ ގޮތެއްގެ މަތީން އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
  • ސްކޫލުން އަންގަވާ ގޮތެއްގެ މަތިން އޮފީސްހުޅުވުމާއި ލެއްޕުން

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 ސަޕޯޓް އޮފިސަރސް (ޖީ.އެސް 1 އިން އެމް.އެސް 2 އަށް)

ދާއިރާ

ބެލޭނެ ބައިތައް

ދެވޭނެ އެންމެ މަތީ މާކްސް

އިންސައްތަ (%)

ތަޢުލީމާއި ތަމްރީން

ލިބިފައިވާ އިތުރު ތަޢުލީމު

60

25.5

ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

12.5

އިމްތިޙާން

"ސިވިލްސަރވިސްގެވަޒީފާއަށް ވަނުމަށް

ދެވޭ އިމްތިހާން"

12

5

މަސައްކަތު ތަޖުރިބާ

ވަޒީފާއާ ގުޅޭ ތަޖުރިބާ

23

10

އެހެނިހެން ތަޖުރިބާ

10

4

ލިބިފައިވާ ހުނަރު

އިންޓަރވިއު / ޕްރެކްޓިކަލްސް

100

43

ޖުމްލަ

235

100

 

އިންޓަރވިއު އޮންނާނެ ތަނާއި ،މުއްދަތު:

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2018 އޭޕްރީލް 12 އާއި 2018 މާރޗް 18 އާ ދެމެދު،

މަލްޓިޕާޕަސްގެ ބިލްޑިންގ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރިޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 ވަޒީފާއަށް އެދޭ ފޯމު ކުޑަހުވަދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި

ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018އޭޕްރީލް 11 ވާ ބުދަދުވަހުގެ 14.00 ގެ ކުރިން،

ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. 

އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި

ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް: 

1- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ މެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4- ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލައި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން

ވީއްލުމައި މެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ  ސެޓުފިކެޓުތަކުގެ ކޮޕީ    (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ  

މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ   ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ

ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް

ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6-  ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7-  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8-  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

 (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ   އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް،

އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު  ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މި މަޤާމަށް އެދިފައިވާ މީހާއަށް، ވަޒީފާއަށް ވަނުމަށް އެންމެ ގާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން

ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ، %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން  މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  6760522 / 6760667 ނަންބަރު ފޯނާއެވެ.

އީމެއިލްކުރައްވާނީ  [email protected] އަށެވެ.

 

          01 އޭޕްރީލް 2018

01 އޭޕްރިލް 2018
ހޯދާ