ކުޑަފަރީ މަދަރުސާ
ދިވެހިރާއްޖެ
އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން (ވަގުތީ)

 

      މި ސްކޫލުގެ ނަމްބަރ GS113/2018/88 އިޢުލާން ބާތިލްކޮށް އަލުން އިއުލާންކުރަމެވެ. މި ސްކޫލްގެ ތިރީގައި މިދަންނަވާ މަގާމަށް މީހަކު ބޭނުން ވެއްޖެއެވެ.

މަޤާމް: އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން (ވަގުތީ) 

ބޭނުންވާ ޢަދަދު: 1

ވަޒީފާ އަދާކުރަންޖެހޭތަން: ނ. ކުޑަފަރީ ސްކޫލް

މުއްދަތު: 6 މަސްދުވަސް

 

މަޤާމް

ރޭންކް

ކްލެސިފިކޭޝަން

ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލެވެންސް

އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން (ވަގުތީ) 

GS4

އޮފިސަރ ގްރޭޑް 1

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެރިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން    
  2.      ނުވަތަ
  3. މަތީ ސަނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާންގައި "ދިވެހި" މި މާއްދާއިން ދަށްވެގެން  "ސީ" ގްރޭޑް ލިބިފައިވުން.                    ނުވަތަ
  4. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސުކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

5020.00

1500.00

މަޤާމުގެ މަސްއޫލިއްޔަތު

- ސްކޫލުގެ ޚަބަރުތައް ވެބްސައިޓުގައި އަޕްލޯޑްކުރުމުގައި، މީޑިއާ ސެކްޝަނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

- ސްކޫލުގެ ވެބްސައިޓް ޑިވެލޮޕްކޮށް، މެއިންޓެއިން ކުރުން.

- ޑޭޓާބޭސްއާއި އިންޓްރަރނެޓް ޑިވެލޮޕްކޮށް، މެއިންޓެއިން ކުރުން.

- ކޮމްޕިއުޓަރ ޕްރޮގްރާމްކޮށް، މެއިންޓެއިން ކުރުން.

- ސޮފްޓްވެއަރ މެއިންޓެއިން ކުރުން.

- ސްކޫލުގެ ކޮމްޕިއުޓަރުތަކާއި، އެއާ ގުޅޭ އެންމެހައި ތަކެތި މަރާމާތުކޮށް ބެލެހެއްޓުން. 

- ސްކޫލުގައި ކުރާ މުހިންމު މަސައްކަތްތަކުގައި، އައި.ޓީއާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. 

އުޖޫރަ އާއި އިނާޔަތްތައް

  • އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ ހަމަޖެހިފައިވާ ގަވާއިދުން އިތުރު ގަޑީގެ ފައިސާ
  • ސިވިލްސަރވިސްގެ މުވައްޒަފުންނށް ސިވިލްސަރވިސްއިން ކަނޑައަޅުންވައިފައިވާ އެލަވަންސް، އާއި ޢިނާޔަތްތައް.

އެންމެ ޤާބިލުމީހަކު މީހުންހޮވުމުގައިބަލާނެ ކަންތައްތައް

  • ވަޒީފާގެ މަސައްކަތާއިގުޅޭ ގޮތުން ލިބިފައިވާ ހުނަރާއި ތަޖުރިބާ
  • ކޮމްޕިއުޓަރު ބޭނުންކޮށްގެ މަސައްކަތްކުރަން ދަންނަ މިންވަރު
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން

ހުށަހަޅަންޖެހޭ ލިޔުންތައް

1-      ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ސިވިލްސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް)

2-      ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ(އެކްރިޑެޓްކޮށްފައިވާ(

3-      ސަރުކާރުގެ ނުވަތަ ސިވިލްސަރވިސް އަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން

4-      ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

5-      ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

6-      ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

7-      ސިވިލްސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެމުވައްޒަފުން ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޟިރީ އަދި މަސައްކަތުގެ އަޚްލާގު ހުރިގޮތްބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި، ހާޟިރީ އަދި މަސައްކަތުގެ އުޅުމާއި އަޚްލާޤު ހުރިގޮތް ބަޔާން ކުރާ ފޯމު"ސިވިލްސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކުވެސް ހުށަނާޅައިފިނަމަ "ވަޒީފާއަށް ކުރިމަތިލައިފައިވާ ފަރާތައް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް" ގައިވާ މިކަމާގުޅޭ ބައިތަކަށް ޕޮއިންޓެއް ނުދެވޭނެއެވެ.

ސުންގަޑި

މި ވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ސިޓީ އާއި އެކު ހުށަހަޅަންޖެހޭ ލިޔުންތަކާއިއެކު 05 އޭޕްރިލް 2018 ވާ ބުރާސްފަތި ދުވަހުގެ  ހެނދުނު 10.00 ގެ ކުރިން މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއި އިންޓަވިއުކުރުމާއި ޕްރެކްޓިކަލް ޓެސްޓް  7 އޭޕްރިލް 2018 ވާ ހޮނިހިރު ދުވަހު ކުޑަފަރީ ސްކޫލްގައި އޮންނާނެއެވެ.

 

އިތުރުމަޢުލޫމާތު

މަޢުލޫމާތު ހޯއްދެވުމަށް ގުޅުންވާނީ 6561802 ފޯނާއެވެ.

މި މަޤާމަށް އިންޓަވިއުކުރެވޭނީ ޝަރުތުހަމަވާ ފަރާތްތަކާއެވެ.

01 އޭޕްރިލް 2018
ހޯދާ