ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ޕލކގެ "ރެޑީ މިކްސް ބެޗިންގ ޕްލާންޓް"، މާލެ ސިޓީ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އެސްޓީއޯ ޕލކގެ "ރެޑީ މިކްސް ބެޗިންގ ޕްލާންޓް"،  މާލެ ސިޓީ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިބާވާތުގެ މަސައްކަތް ކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2018 އޭޕްރިލް 03 ވާ އަންގާރަ ދުވަހުގެ 10:00 ގެ  ކުރިން  އެސް.ޓީ.އޯ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2018 އޭޕްރިލް 03 ވާ އަންގާރަ  ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

މައުލޫމާތު ދިނުން/ސައިޓް ދެއްކުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2018 އޭޕްރިލް 04 ވާ ބުދަ ދުވަހުގެ 14:00 ގައި  މަޢުލޫމާތު  ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ 06 ނަންބަރ ކޮށި (އެސް.ޓީ.އޯ ރެޑީ މިކްސް ސައިޓް، ބޮޑުތަކުރުފާނު މަގު) ގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވާ ސުވާލުތައް 2018 އޭޕްރިލް 07 ވާ ހޮނިހިރު ދުވަހުގެ 16:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2018 އޭޕްރިލް 08 ވާ އާދީއްތަ ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2018 އޭޕްރިލް 11 ވާ ބުދަ ދުވަހުގެ 14:00 ގައި  އެސް.ޓީ.އޯ ހެޑް އޮފީހުގައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު: 3344180 / 3344339

ފެކުސް: 3344633

އީމެއިލް: [email protected]

 

29 މާރިޗު 2018

 

 

29 މާރިޗު 2018
ހޯދާ