މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސުޕަވައިޒަރ

މަޤާމް :ސުޕަވައިޒަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުސަތު

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ސުޕަވައިޒަރ

މަޤާމުގެ ނަންބަރު:

J-256254

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ޑިޕާޓްމަންޓް / ސެކްޝަން:

އާންމު ޚިދުމަތްތަކާބެހޭ ބައި ޑިޕާޓްމަންޓް

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މާލެ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މާލެ

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް:

މަހަކު -/700 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

އަސާސީ މުސާރައިގެ %35 (މަހަކު)

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މާލެ އާއި ވިލިނގިލީ ފަޅު ބޭނުންކުރާ ފަރާތްތަކުން ފަޅާބެހޭ ޤަވައިދާއި އެއްގޮތަށް ޢަމަލުކުރޭތޯ ބެލުމާއި، އެ ޤަވައިދާ ޚިލާފްވާ ފަރާތްތައް ބަލާ އެކަންކަން ޙައްލުކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާ އެފަދަ މައްސަލަތައް ހައްލުކުރުން.
  2. މާލެއާއި ވިލިނގިލީ ފަޅުން ދޫކޮށްފައިވާ ފައްތިޔާ އަދި ފަޅުހުއްދަ  ދޫކޮށްފައިވާ އުޅަނދުފަހަރު ޗެކުކުރުމާއި ހުއްދަ ނެތް އުޅަނދުފަހަރުގައި ސްޓިކަރ ޖެހުން.
  3. ބަނދަރުމަތީ އެއްވެސް ސަރަހައްދެއްގައި ގަވައިދާ ޚިލާފަށް މުދާބަހައްޓާތޯ ބެލުމާއި އަދި ހުއްދަނެތި ބަހައްޓާ މުދާ ނެގުމާއި، އެފަދަތަކެތި ނައްތާލުމުގެ ކަންކަން ބަލަހައްޓާ ފަރާތްތަކަށް އެންގުން.
  4. މާލެއާއި ވިނިގިލީ ފަޅުގެ އެކިސަރަހައްދުގައި ހަދާފައިވާ ފާލަން ތަކުގައި  މީހުން އަރުވާ ބާލަން ނޫން ގޮތަށް އަޅައިގެން ތިބޭ އުޅަނދުފަހަރު ނެގުން.
  5. މަސްމާރުކޭޓް ސަރަހައްދުގައި މަހަށް ނުފުރާ 7 ދުވަސްވާ އުޅަނދުފަހަރު ފާހަގަކޮށް އެފަދަ އުޅަނދުފަހަރާއި މެދު ފިޔަވަޅުއެޅުން.
  6. ފަޅުބޭނުންކުރާ އެއްވެސް އުޅަނދަކުން މޫދަށާއި އެއްގަމަށް ކުނި އަޅާތޯ ބެލުމާއި ކުނިއަޅާ އުޅަނދުފަހަރަށް ފިޔަވަޅު އެޅުމަށް " ކުނިމެނޭޖްކުރުމާއި ބެހޭ ޤަވާއިދާ ޚިލާފުވުމުން އެދޭ ސްލިޕް " ހަވާލުކުރުން.
  7. އާންމު ފަރާތްތަކުން ފަޅުތެރެއާއި ބެހޭގޮތުން މައްސަލައެއް ހުށަހަޅައިފިނަމަ އެމައްސަލައެއް ބަލާ ޙައްލުކޮށްދިނުން އަދި އެމައްސަލައެއް ވަގުތުން ހައްލު ނުވެއްޖެނަމަ މަސައްކަތާ ގުޅޭގޮތުން ހުންނަވާ ސުޕަވައިޒަރަށް އެކަން ވަގުތުން އެންގުން  ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ އެހީތެރިކަން ހޯދުން.
  8. އެއްގަމުގައި ދުއްވާ އުޅަނދުފަހަރު އެއްގަމުތޮށި (ދުވާރު) މައްޗަށް އަރުވައިގެން އުޅަނދުފަހަރަށް މުދާ އަރުވާ ބާލާނަމަ އެކަން ހުއްޓުވާ އެއުޅަނދެއް ތޮށިމަތިން ބޭލުން.
  9. ފަޅުގައިވާ އުޅަނދަކަށް ކެރޭން ނުވަތަ ކެރޭން ލޮރީ ބޭނުންކޮށްގެން ހުއްދަނެތި އެއްވެސް އެއްޗެއް އަރުވާ ބާލާނަމަ އެކަމެއް ހުއްޓުވުން.
  10. ފަޅުތެރޭ އެއްވެސް ސަރަހައްދަކަށް އުޅަނދެއް އަޑިއަށް ހިނގައްޖެނަމަ ސެކްޝަނަށް އެއުޅަނދާއި ބެހޭރިޕޯޓް ކުރުން.
  11. މާލެއާއި ވިނިގލީ ބަނދަރާއި ގުޅިގެން ހަރުކޮށްފައިވާ ލައިޓްތަކާއި ނެރުބައްތިއަށް ލިބޭގެންލުމާއި ،ބައްތިތައް ދިއްލޭތޯ ބެލުން.
  12. ޑިއުޓީގަޑީގައިކުރާ ހުރިހާ މަސައްކަތެއްގެ ރިޕޯޓް ތައްޔާރުކުރުމާ، ޔައުމިއްޔާ ނުވަތަ ޗެކްލިސްޓް ލިޔެ ސްޕަވައިޒަރު އަންގަވާ ގޮތެއްގެ މަތިން ސެކްޝަނަށް މަޢުލޫމާތު ހުށަހެޅުން.
  13. ސަރުކާރުގެ އެކިއެކި ރަސްމިއްޔާތުތަކަށް ފަޅުގެ އެކިސަރަހައްދުތަށް ހުސްކުރަން ޖެހޭ ދުވަސްތަކަށް  ހުސްކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.
  14. މީގެ އިތުރުންވެސް މަސައްކަތާ ގުޅޭގޮތުން  ސެކްޝަނުން އަންގާ އެއްގުންތަކާ އެއްގޮތަށް މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން.
  2. މަސައްކަތުގެ ތަޖުރިބާ.
  3. އިންޓަވިއު.
  4. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު.

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް ނުވަތަ ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ www.housing.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 އެޕްރީލް 08 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގެ ކައުންޓަރަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2018 އެޕްރީލް މަހުގެ ތާރީޚެއްގައި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 (ދިހައެއް) އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

%30 (ތިރީސް އިންސައްތަ)

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3004193 ނަންބަރު ފޯނަށް ނުވަތަ 3004342 ނަންބަރު ފޯނާއެވެ.

12 ރަޖަބު 1439

29 މާރިޗު 2018

29 މާރިޗު 2018
ހޯދާ