މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ފޮތް ޗާޕްކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މި މިނިސްޓްރީން ޗާޕްކުރަން ބޭނުންވާ ބައެއް ފޮތްތައް ޗާޕްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކުރަން ބޭނުންވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ހަރަކާތް

ތަން

ތާރީޙް

ގަޑި

މައުލޫމާތު ސާފުކުރުން

މިނިސްޓްރީގެ މީޓިންގ ރޫމް 1

01 އޭޕްރީލް 2018

10:00

އެސްޓިމޭޓް ހުށަހެޅުން

މިނިސްޓްރީގެ މީޓިންގ ރޫމް 1

08 އޭޕްރީލް 2018

10:00

 

މަޢުލޫމާތު ސެޝަނަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މައުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020264 ފޯނަށެވެ.

 

                                    12  ރަޖަބު  1439

29 މާރިޗު 2018
ހޯދާ