މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

                             ނަންބަރު:   IUL321-A/321/2018/44

ވަޒީފާގެ ފުރުޞަތު

                     ތިރީގައި މިދަންނަވާ މަޤާމުގައި މަސައްކަތްކުރާނެ މުވައްޒަފަކު މިއިދާރާއަށް ބޭނުންވެއްޖެއެވެ.  

 މަޤާމް:

 ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ  

މަޤާމް ނަންބަރު:

J-221755

 ރޭންކް:

 އެމް.އެސް 2                         

 ކްލެސިފިކޭޝން:

 ސީނިއަރ އޮފިސަރ ގްރޭޑް 2

 އޮފީސް / އިދާރާ:

 މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ

 ސެކްޝަން:

 ކޯޕަރޭޓިވް އެފެއާޒް ސެކްޝަން

ވަޒީފާ އޮތް އޮފީސް

މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ

 މުސާރަ:

 6,295.00  (ހަހާސް ދުއިސައްތަ ނުވަދިހަ ފަސްރުފިޔާ)

 ސަރވިސް އެލަވަންސް:

 -/2,000 (ދެހާސް ރުފިޔާ)

ސަޕޯޓިންގ ކޯ އެލަވަންސް 2

  900.00 (ނުވަސަތޭކަ ރުފިޔާ)

 ބޭނުންވާ ޢަދަދު:

 01 (އެކެއް)

 މަޤާމުގެ ގިންތި:

 ދާއިމީ

 

 މަގާމުގެ ޝަރުޠުތައް:

  1. އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމެންޓް / އާކިޓެކްޗަރ އެންޑް ޑިޒައިން / ފައިނޭންސް / ހިއުމަން ރިސޯސް މެނޭޖްމެންޓް އެންޑް ޑިވެލޮޕްމެންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / އިންސްޕެކްޝަން،އިންވެސްޓިގޭޝަން އެންޑް އެންފޯސްމެންޓް ސާވިސަސް / މީޑިޔާ އެންޑް ކޮމިޔުނިކޭޝަން / ޕްރޮކިއުމެންޓް އެންޑް ލޮޖިސްޓިކްސް މެނޭޖްމެންޓް / ޕްރޮޕަޓީ މެނޭޖްމެންޓް ސާވިސަސް މިރޮނގުތަކުގެ ތެރެއިން ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 05 ނުވަތަ 06 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 02 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން

 ނުވަތަ

2. އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމެންޓް / އާކިޓެކްޗަރ އެންޑް ޑިޒައިން / ފައިނޭންސް / ހިއުމަން ރިސޯސް މެނޭޖްމެންޓް އެންޑް ޑިވެލޮޕްމެންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / އިންސްޕެކްޝަން،އިންވެސްޓިގޭޝަން އެންޑް އެންފޯސްމެންޓް ސާވިސަސް / މީޑިޔާ އެންޑް ކޮމިޔުނިކޭޝަން / ޕްރޮކިއުމެންޓް އެންޑް ލޮޖިސްޓިކްސް މެނޭޖްމެންޓް / ޕްރޮޕަޓީ މެނޭޖްމެންޓް ސާވިސަސް މިރޮނގުތަކުގެ ތެރެއިން ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 07 ނުވަތަ 08 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

 

 މަޤާމުގެ މަސްއޫލިއްޔަތުތަކާއި

 ވާޖިބުތައް:

  1. އިދާރީ އިސްމުވައްޒަފެއްގެ ދަށުން ސިވިސްސާރވިސްގެ މުވައްޒަފުންގެ ތެރެއިން ކައުންސިލްގެ އިދާރާއިން ބަލަހައްޓަންޖެހޭ މުވައްޒަފުންގެ ސަލާމާއި، ޗުއްޓީ ހަމަޖެހިފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ހަމަޖައްސައި ދިނުމާއި، މިކަމާބެހެ އެންމެހާ ލިޔކިޔުންތައް ލިޔެ ބެލެހެއްޓުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  2. ކައުންސިލް އިދާރާގެ ޙާޟިރީ ޤަވާއިދުން ލިޔެ ބެލެހެއްޓުމާއި، ތައްޔާރުކުރަންޖެހޭ ޙާޟިރީ ރިޕޯޓް ތައްޔާރުކުރުމާއި، ގަޑިޖެހޭ މުވައްޒަފުންގެ ގަޑީލާރި ނެގުމަށް ފޮނުވަންޖެހޭ ރިޕޯޓް ފައިސާއާއިބެހޭ ސެކްޝަނަށް ފޮނުވުން
  3. އިދާރީ އިސްމުވައްޒަފެއްގެ ދަށުން ކައުންސިލް އިދާރާއިން ބަލަހައްޓަންޖެހޭ ސިވިލް ސާރވިސް މުވައްޒަފުންގެ ވަގުތީ ރަޖިސްޓްރީއާއި، ދާއިމީ ރަޖިސްޓްރީ ބެލެހެއްޓުން
  4. ސަރުކާރުގެ އެހެނިހެން ދާއިރާތަކުން، ރަށުކައުންސިލް އިދާރާ މެދުވެރިވެގެން ވަޒީފާދެއްވާ މުވައްޒަފުންނާއި، އެކިދާއިރާތަކަށް ވަގުތީގޮތުން ގެންގުޅޭ މުވައްޒަފުން ލެއްވުމާއި، ވަކިކުރުމުގެ އެންމެހާ ކަންކަމާއި، އެކަންކަމާއި ގުޅިގެން ބަލަހައްޓަންޖެހޭ ރެކޯޑްސްތައް ބެލެހެއްޓުމާއި، ފޮނުވަންޖެހޭ މަޢުލޫމާތު ކަމާގުޅޭ މުއައްސަސާތަކަށް ޒިންމާދާރުވެރިޔާ ނުވަތަ ސެކްޝަންހެޑް އަންގަވާ ގޮތުގެމަތިން ފޮނުވުން
  5. އެޗް.އާރު.އެމް.ޑީގެ ބައްދަލުވުންތައް ޒިންމާދާރުވެރިޔާ ނުވަތަ ސެކްޝަންހެޑް އަންގަވާ ގޮތުގެމަތިން އިންތިޒާމްކޮށް ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން
  6. މުވައްޒަފުންގެ އެޕްރައިޒަލް ފޯމްތައް ޒިންމާދާރުވެރިޔާ ނުވަތަ ސެކްޝަންހެޑް އަންގަވާ ގޮތެއްގެ މަތިން ބަލަހައްޓާ އޭގެ ރިޕޯޓް ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވުން
  7. ބޭރަށްދާ މުވައްޒަފުންގެ ޙާޟިރީ ބެލެހެއްޓުން
  8. ދިވެހިރާއްޖޭގެ އިދާރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެދަށުން، ކައުންސިލުން ނިންމާ ނިންމުންތައް ޝާޢިއުކޮށް އާއްމުކުރުން
  9. ޒިންމާދާރުވެރިޔާ އަންގާ ގޮތެއްގެ މަތިން ކައުންސިލްގެ ޖަލްސާތަކާއި، ބައްދަލުވުމުގެ ލިޔުން ތައްޔާރުކޮށް ޖަލްސާތަކަށާއި ބައްދަލުވުންތަކަށް ކައުންސިލަރުންނަށް ދެންނެވުމާއި، ޖަލްސާތަކާއި ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ޤަވާއިދުން ބެލެހެއްޓުން
  10. ކައުންސިލްގެ ރައީސް ނުވަތަ ކައުންސިލަރަކާއި ބައްދަލުކުރުމަށް، އޮފީހަށް އަންނަ މީހުންގެ އެޕޮއިންޓްމެންޓްތައް ހަމަޖައްސައި ދިނުމާއި، ސެކްޝަންތަކުގެ ވެރިންނާއި، ސެކްޝަންތަކުގެ ހެޑުންނާއި ބައްދަލުކުރުމަށް އަންނަ ފަރާތްތަކަށް ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން
  11. އިދާރީ އިސްމުވައްޒަފެއްގެ ބެލުމުގެ ދަށުން ކައުންސިލްއިދާރާގެ ފުރަތަމަ ހަމަސްދުވަހުގެ ރިޕޯޓާއި ފާއިތުވެދިޔަ އަހަރުގެ އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، އެރިޕޯޓްތައް ތައްޔާރުކުރުން
  12. ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ފިހާރަތަކާއި، ހޮޓާތަކާއި، ރެސްޓޯރެންޓްތަކާއި، ކެފޭތަކާއި، ގެސްޓްހައުސްތައް ސާރވޭކުރުމުން ހައްދަންޖެހޭ ސެޓްފިކެޓްތައް ހެއްދުން
  13. އިންފޮމޭޝަން އޮފިސަރުގެ ހައިސިއްޔަތުންކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން
  14. ސެކްޝަނާއި ޙަވާލުކޮށްފައިހުންނަ އެންމެހައި ތަކެތި ރައްކާތެރިކަމާއެކު ބަލަހައްޓާ، ލިޔެކިޔުންތައް ވަކި އިންތިޒާމެއްގެ ދަށުން ފައިލްކޮށް، ނައްތާލަންޖެހޭ ލިޔެކިޔުންތައް ކަނޑައެޅިފައިވާ އުޞޫލާއެއްގޮތަށް ނައްތާލުން
  15. ރަސްމީގަޑީގައާއި ނުރަސްމީ ގަޑީގައި އޮފީސް ހުޅުވާ ލެއްޕުން
  16. އިދާރީ މަސައްކަތްތަކުގެ އިތުރުން ރައްޔިތުންނާއި ގުޅުންހުރި އަސާސީ ޚިދުމަތްތައް ހަލުވިކަމާއިއެކު ދުވަހުން ދުވަހަށް ނިންމުން
  17. ކައުންސިލުން ހިންގަން ބޭނުންވާ ޕޮރޮޖެކްޓްތައް ރާވާ ހިންގުމުގައި ޒިންމާދާރުވެރިޔާ ނުވަތަ ސެކްޝަންހެޑް އަންގަވާ ގޮތެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުން
  18. ރައްޔިތުންގެ ބައިވެރިވުމާއެކު ރަށުގެ ތަރައްޤީގެ ޕްލޭނާއި، ފައިނޭންޝިއަލް ޕްލޭން ތައްޔާރު ކުރުމާއި އެކަމާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ހިންގާ ބެލެހެއްޓުމުގައި ޒިންމާދާރުވެރިޔާ ނުވަތަ ސެކްޝަންހެޑް އަންގަވާ ގޮތެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުން
  19. ރަށުކައުންސިލްގެ އިދާރާއިން ކުރިޔަށް ގެންދާ ޚާއްސަމަސައްކަތްތަކުގައި ބައިވެރިވުމާއި ކައުންސިލް އިދާރާ ހިންގަންހުންނަވާ ވެރިއަކު، މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރައްވާ މަސައްކަތްތަކާއި، ކަންކަން ވީއެންމެ އަވަހަށް ނިންމުމުގައި އެބޭފުޅަކަށް އެހީތެރިވެ އެއްބާރުލުންދީގެން މަސައްކަތްކުރުން

 

 ވަޒީފާއަށް އެންމެ ގާބިލް    ފަރާތެއް ހޮވުމަށް ބެލޭނެ  ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި، ތަމްރީނު  
  2. ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން
  3. ލިބިފައިވާ މަސައްކަތު ތަޖުރިބާ  
  4. އިންޓަރވިއު / ލިބިފައިވާ ހުނަރު

 

 އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށް ފަހު ޖެހިގެން އަންނަ މަސައްކަތު 15 ދުވަހުގެ ތެރޭގައި މި އިދާރާގައި ނުވަތަ މި އިދާރާއިން ހަމަޖައްސާ ތަނެއްގައި އޮންނާނެ އެވެ.

 ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓްކުރެވޭނެ އެވެ.

 މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މި މަޤާމަށް އައްޔަނުކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ، %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެ އެވެ. 

 މަގާމަށް އެދެންވީ ގޮތާއި،   ސުންގަނޑި:

މި މަގާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާ އަށް އެދޭ ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ، 2018 އޭޕްރީލް 12 ވާ ބުރާސްފަތިދުވަހު މެންދުރު 14:00 އެވެ.ފޯމު ހުށަހަޅުއްވާނީ، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ އަށެވެ. އެޕްލިކޭޝަންފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ، އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

 އުޖޫރަ އާއި އިނާޔަތްތައް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

 ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް ތުޅާދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެ އެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓިން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މި ފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

5. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ

6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފއިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެފަޒީފާއެއް އަދާކުރި މުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަ ކުންފުއްޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާއަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން

  1. ވަޒީފާ އަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ) (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭ)

                      މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 6600006 ނަންބަރު ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ. މެއިލް ކުރައްވާނަމަ، މެއިލް ކުރައްވާނީ، [email protected]  އަށެވެ.

        މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

05   ރަޖަބް   1439

29 މާރިޗު 2018
ހޯދާ