ބިލެތްފަހީ ސްކޫލް
ދިވެހިރާއްޖެ
ވޮޗަރ (ކޮންޓްރެކްޓް)

އިއުލާން

 

   މަޤާމް:                     ވޮޗަރ (ކޮންޓްރެކްޓް އެމްޕްލޯއިމަންޓް)

   ބޭނުންވާ އަދަދު:                03

   މުސާރަ:                    -/4100

   ވަޒީފާއޮތް އޮފީސް:              ބިލެތްފަހީ ސްކޫލް

   ގިންތި:                    ކޮންޓްރެކްޓް

   ވަޒީފާއަދާކުރާ ތަން :             ބިލެތްފަހީ ސްކޫލް

                          

ޝަރުތު:

1- އުމުރުން 18 (އަށާރަ) އަހަރުން މަތީ އަދި 65 (ފަސްދޮޅަސް ފަސް) އަހަރުންދަށުގެ ދިވެހި ރައްޔިތަކު ކަމުގައިވުން.

2- ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓޭފަދަ ސިއްހީގޮތުން އެކަމަށް އެކަށީގެންވާ ފަރާތެއް ކަމުގައިވުން.

3- ލިޔަން ކިޔަން ދަންނަ ފަރާތެއްކަމުގައިވުން.

4- ޒިންމާދާރުކަމާއި އެކީ މަސައްކަތުގެ މަސްޢޫލިއްޔަތުތައް އަދާކުރެވޭނެ ފަރާތެއްކަމުގައިވުން.

 

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

1-  ސްކޫލްގެ އިމާރާތްތަކާއި، ޢިމާރާތްތަކުގައިވާ މުދަލާއި ގޯތިތެރެޔާއި ގޯތިވަށައިގެންވާ މަގުތައް ސްކޫލުން އަންގާ ގޮތުގެމަތިން ބެލެހެއްޓުން.

2-  ސްކޫލްގައި އޯލެވެލް / އޭލެވެލް އިމްތިޙާނު އޮންނަ ދުވަސްވަރު އިތުރު ކުއްޔަކާއި ނުލައި ޑިޕާރޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް އިން ކަނޑައަޅުއްވާ ފެންވަރަކަށް ސްކޫލްގައި އިމްތިޙާން ކަރުދާސް ބަހައްޓާ "ރައްކާތެރި ކޮޓަރި" ގެ ސެކިއުރިޓީ ބަލަހައްޓައިދިނުން.

 

އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚް :

ހ. މިމަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަރވިޔު ކުރުމަށްފަހުގައެވެ. އިންޓަވިއު އޭޕްރީލް 15  އާއި 26 ދެމެދު ބިލެތްފަހީ ސްކޫލްގައި ބޭއްވޭނެއެވެ. އިންޓަރވިއު އޮންނާނެ ތާރީހް އަދި ގަޑި އިންޓަވިއު ބޭއްވުމުގެ ލަސްވެގެން 24 ގަޑީއިރު ކުރިން އެންގޭނެއެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

އެޕްލިކޭޝަން ހުށަހަޅަންވީ ތަނާއި ތާރީޚް : 

 މިމަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ވަޒީފާއަށް އެދޭފޯމް ފުރިހަމަކުރެއްވުމަށްފަހު ފޯމާއިއެކު ހުށަހަޅުއްވަންޖެހޭ ލިޔުންތަކާއެކު، 2018 އޭޕްރީލް 10 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ބިލެތްފަހީ ސްކޫލުގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް، (އެޕްލިކޭޝަންފޯމް ބިލެތްފަހީ ސްކޫލުން ލިބެންހުންނާނެއެވެ.)

2- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ،

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4- ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.

                 

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ބިލެތްފަހީ ސްކޫލްގެ ނަންބަރ 6540580ފޯނަށް ގުޅުއްވުން އެދެމެވެ.

                             ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ.

                                 12  ރަޖަބު  1439

                                 29  މާރިޗް  2018  

29 މާރިޗު 2018
ހޯދާ