ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
އެނިމޭޓެޑް ވީޑިއޯ ހަދަން ބޭނުންވެއްޖެ

އިޢުލާން

 

އެނިމޭޓެޑް ވީޑިއޯ ހަދަން ބޭނުންވެއްޖެ

 

ދިވެހިރާއްޖޭގެ ގޭބިސީގެ އާމްދާނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2016 "ހަޔަސް" ގައި ހޯދިފައިވާ މަޢުލޫމާތާއިމެދު ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މި މަޢުލޫމާތު ދައްކުވައިދޭ 2 އެނިމޭޓެޑް (އިންފޯގްރެފިކް) ވީޑިއޯއެއް ތައްޔާރު ކުރުމަށް ބޭނުން ވެއެވެ.  މި ދެންނެވި 2 ވީޑިއޯގެ ސްޕެސިފިކޭޝަން، ވީޑިއޯތަކުގެ ތީމް، ޕޮއިންޓް ދޭނެ އުސޫލު، ހުށަހަޅަންޖެހޭ ތަކެތި އަދި ބިޑާއިބެހޭ އިތުރު މަޢުލޫމާތު (އާރ.އެފް.ޕީ) މިބިއުރޯގެ ވެބްސައިޓްގެ ތިރީގައި މިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

http://www.statisticsmaldives.gov.mv/iulaan

 

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 އޭޕްރިލް 4 ވާ ބުދަ ދުވަހުގެ 10:30 އަށް މި ބިއުރޯ ހިނގަމުންދާ އިމާރާތް،ދާރުލް އީމާން (މާފަންނު މަދަރުސާގެ ހުޅަނގަށް) 8 ވަނަ ފަންގިފިލާއަށް ވަޑައިގެން އަގުހުށައެޅުއްވުން އެދެމެވެ.

 

މިކަމާއިގުޅޭގޮތުން އިތުރުމައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ނަންބަރު. 3008488 ފޯނާއި ގުޅުއްވުން އެދެމެވެ.

29 މާރިޗު 2018
ހޯދާ