މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކޮންޓްރޯލް ޑްރަގްސް އަދި ހޮސްޕިޓަލްތަކުގައި ބޭނުންކުރާ ބޭސް ރާއްޖެ އެތެރެކުރުމުގެ ފުރުސަތު އިތުރު ފަރާތަކަށް ދޫކުރުމަށް

 

އިޢުލާން

 ކޮންޓްރޯލް ޑްރަގްސް އަދި ހޮސްޕިޓަލްތަކުގައި ބޭނުންކުރާ ބޭސް ރާއްޖެ އެތެރެކުރުމުގެ ފުރުސަތު އިތުރު ފަރާތަކަށް ދޫކުރުމަށް ހުޅުވާލުމުގެ ގޮތުން، 20 ފެބުރުވަރީ 2018 ގައި ކުރެވުނު ދެވަނަ ނަމްބަރ:(IUL)23-AP/23/2018/52 އިއުލާން އާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅަން އެއްވެސް ފަރާތެއް ވަޑައިގެންފައިނުވާތީ ވާދަކުރާނެ ތިންފަރާތެއް ނެތުމުން އެ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 04 އޭޕްރިލް 2018 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 އޭޕްރިލް 2018 ވާ ބުދަ ދުވަހުގެ ހެނދުނު 09:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

12 ރަޖަބު 1439

29 މާރިޗު 2018
ހޯދާ