މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ޕްރޮޖެކްޓް އޮފިސަރ

މަގާމު

ޕްރޮޖެކްޓް އޮފިސަރ

މަގާމުގެ ނަންބަރު

J-113701

މަގާމުގެ ގިންތި

ދާއިމީ

މަގާމުގެ ރޭންކް

އެމް.އެސް -1

މަގާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން/ޔުނިޓް

ޕްރޮކިއުމަންޓް އެންޑް އެކުއިޒިޝަން ސެކްޝަން

އޮފީސް

މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ

މުސާރަ

5,610.00 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް 2

700.00 ރުފިޔާ

ސަރވިސް އެލަވަންސް

2,000.00 ރުފިޔާ

އިތުރު ޢިނާޔަތްތައް

1-       އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ  ގޮތުގައި މުސާރައިގެ %35.

2-       ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

3-       ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

4-       ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަގާމުގެ ޝަރުތުތައް.

  1. އެކައުންޓިންގ އެންޑް ފައިނޭސް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

  1. މިނިސްޓްރީގެ ފަރާތުން އިޢުލާންކޮށްގެން ކުރަންޖެހޭ މަސައްކަތްތަކަށް އިޢުލާން ކުރުމާއި، ހާޒިވާ ފަރާތްތަކަށް މަޢުލާމާތު ދިނުމަށް ބާއްވާ ސެޝަންތައް ކުރިއަށް ގެންދިއުމާއި، ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިގަނެ ޓެކްނިކަލް އިވެލުއޭޝަން ހެދުމަށް ފޮނުވުމާއި، ހުށަހަޅާފައިވާ އަގުތައް ބިޑް ކޮމިޓީއަށް ހުށަހެޅުމަށް ތައްޔާރުކުރުން.
  2. މިނިސްޓްރީގެ ފަރާތުން އެކި ފަރާތްތަކުން ޚިދުމަތް ހޯދުމަށާއި، އެކި ފަރާތްތަކާއި ހަވާލުކޮށްގެން ކުރާ މަސައްކަތްތަކަށް ތައްޔާރުކުރަންޖެހޭ އެއްބަސްވުން އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ތައްޔާރުކުރުމާއި، މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބާއްވާ ރަސްމިއްޔާތުތައް ތައްޔާރުކުރުން.
  3. މިނިސްޓްރީން ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތް ހޯދުމަށް ބޭނުންވާ ކޯޓޭޝަންތައް ހޯދުމާއި، މިކަމަށް ބޭނުންވާ އެންމެހާ ފޯމުތައް ފުރިހަމަކޮށް ޕާޗޭސް އޯޑަރ ތައްޔާރުކޮށް ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކޮށް، މުދަލާއި ޚިދުމަތް ބަލައިގަނެ ހަވާލުކުރަންޖެހޭ ސެކްޝަންތަކަށް ހަވާލުކުރުމާއި، މިކަމާގުޅޭ ބިލްތައް ހޯދައި ޗެކްކުރުމާއި، މިކަންކަމާގުޅޭ ރަޖިސްޓްރީތައް ހަދައި ބަލަހައްޓާ އަދާ ހަމަކުރުން.
  4. މިނިސްޓްރީގެ ބިޑް ކޮމިޓީތައް ބޭއްވުމާއި، ކޮމިޓީގެ ޔައުމިއްޔާ ލިޔެ ތައްޔާރުކުރުމާއި، ނޭޝަނަލް ޓެންޑަރ ބޯޑަށް އިއުލާން ކުރުމަށް ފޮނުވާ  މައްސަލަތަކުގެ ލިޔެކިއުންތައް ތައްޔާރުކޮށް ފޮނުވުމާއި، ރަޖިސްޓްރީހަދާ ބެލެހެއްޓުން. އަދި މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދާ މަޝްރޫޢުތަކާއި، ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ މަޢުލޫމާތު ރަޖިސްޓްރީއެއްހަދާ ބެލެހެއްޓުން.
  5. މިނިސްޓްރީއަށް ހުށަހެޅޭ ބިލްތައް ޗެކްކުރުމާއި، ބިލްތައް ބަޖެޓް ބާކީކުރުމާއި، ޕޭމަންޓް ވައުޗަރ ހެދުމާއި، ޗެކުރުމުގެ އިތުރުން ސެކްޝަނުން އެކިފަރާތްތަކަށް ފޮނުވާ ލިޔުންތައް އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ލިޔުމާއި، ޖެމްސް މެދުވެރިކޮށް ފޮނުވުމާއި، ސިފައިންގެ މުސާރައަށް ބޭނުންވާ ލިޔެކިއުންތައް ޗެކްކޮށް އެ މަޢުލޫމާތު ހިމެނޭ ލިޔުންތައް ތައްޔާރުކުރުން.

 

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

(ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް އިދާރާއިން މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް)

1-ތަޢްލީމާއި ތަމްރީނު (ކަނޑައަޅާފައިވާ އިންސައްތަ ތިރީސް އަށެއް ޕަސެންޓް)

2-އިމްތިހާން(ސިވިލް ސަވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން (ކަނޑައަޅާފައިވާ އިންސައްތަ ފަހެއް ޕަސެންޓް)

3-މަސައްކަތުގެ ތަޖްރިބާއަށް (ކަނޑައަޅާފައިވާ ސާދަ ޕަސެންޓް)

3-ލިބިފައިވާ ހުނަރު (އިންޓަވިއު/ޕްރެކްޓިކަލްސް) (ކަނޑައަޅާފައިވާ އިންސައްތަ ސާޅީސްތިން ޕަސެންޓް)

 

މަސައްކަތުގެ ތަޖުރިބާ އާއި މަގާމުގެ މަސައްކަތަށް ބޭނުންވާ އެހެނިހެން ސިފަތައް:

1-       ދިވެހި ބަހުންނާއި އިނގިރޭސި ބަހުން، ފަރިތަކަމާއިއެކު މީހުންނާއި މުޢާމަލާއް ކުރަން.

2-       ދިވެހި ބަހުންނާއި އިނގިރޭސި ބަހުން، ލިޔެކިޔުންތައް، ބަހުގެ ހަމަތަކާއި އެއްގޮތަށް ތައްޔާރުކުރަން އެގުން..

3-       ގިނަ ވަގުތު މަސައްކަތުގައި ވަގުތު ހޭދަކުރުމާއި ކަންކަން ފަސޭހައިން ނަގައިގަނެ ދަސް ކުރުން.

4-       ކަންކަމަށް އިސްނެގުމާއި، މީހުން ގިނަ ޖަމާތަކަށް ކުރިމަތިލާ މުޢާމަލާތްކުރުމަށް ކެރުމާއި ޕްރެސެންޓް ކުރަން ކެރުން.

5-       ޕްރެޝަރާއި ޓެންޝަން ޓޮލަރޭޓްކުރަން އެގުން.

6-       މަސައްކަތްކުރުމުގެ ޖިސްމާނީ އަދި ނަފްސާނީ ޤާބިލްކަން ހުރުން.

7-       މީހުންނާއި އަދަބުވެރިކަމާއެކު ވާހަކަ ދައްކަން އެނގުން.

8-       އެހެން މުވައްޒަފުންނާއެކު އެއްބާރުލުމުގެ ރޫޙެއްގައި މަސައްކަތް ކުރަން އެނގުން.

9-       އަމިއްލަ މަސައްކަތް ކުރުމުގެ ފެންވަރު ހިފަހައްޓަން އެނގުން.

10-   ހިސާބުތައް ހަދަންޖެހޭ އާއްމު އުޞޫލުތައް އިނގުމާއި، ހިސާބުތަކުގައި ޖެހޭ ކުށްތައް ދެނެގަންނަން އެނގުން.

11-   ކުރާ މަސައްކަތް ތަކުގައި ޖެހޭ އިދާރީ މައްސަލަތައް އަމިއްލައަށް ހައްލުކުރަން އެނގުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިންބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ގަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

        (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި

        ވަޒީފާއަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ

        ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަގާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.defence.gov.mvވެބްސައިޓުން މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަގާމަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 އެޕްރީލް 2018 ވާ ހޯމަ ދުވަހު 12.00 ގެ ކުރިން، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ 3325525 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2018 އެޕްރީލް  12 އިން 17 އާ ދެމެދު، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓްލިސްޓް ކުރުން:

މި ވަޒީފާއަށްއެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަގާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މި މަގާމުތަކަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ޖުމްލަ %30 އިން ސައްތައަށްވުރެ މަތިވާންވާނެއެވެ.

 

 

 

 

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިއުލާނާގުޅިގެން މަޢްލޫމާތު ސާފުކުރުމަށް ގުޅާނެ ފޯނު ނަންބަރަކީ 3313724، 3342967 އެވެ. ފެކްސް ނަންބަރަކީ، 3325525 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

29 މާރިޗު 2018
ހޯދާ