މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިޢުލާން

                                                                          ނަންބަރ: IUL)MMPRC/1/2018/12)

                      އިޢުލާން

2019 ވަނަ އަހަރު މި ކޯޕަރޭޝަންގެ ފަރާތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބައިވެރިވާ ފެއަރ އަދި އެހެނިހެން ޓޫރިޒަމް ޕްރޮމޯޝަނަލް އިވެންޓްތަކުގައި ދިވެހިރާއްޖެ ޕްރޮމޯޓްކުރުމަށް ބޭނުންކުރާނެ " މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް 2019 އަދި ސެގްމަންޓް ބްރޯޝާސް" ތައްޔާރުކޮށް މި ކޯޕަރޭޝަނަށް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2018 އޭޕްރިލް 4 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް ވެލާނާގެ، 04 ވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 އޭޕްރިލް 11 ވާ ބުދަ ދުވަހުގެ ހެނދުނު 10:00އަށް މި ކޯޕަރޭޝަނަށް ވަޑައިގެން ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

                   11 ރަޖަބު 1439ހ.

                   28 މާރޗް 2018މ.            

28 މާރިޗު 2018
ހޯދާ