މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ފޯލްސިފައިޑް ހެޕަޓައިޓިސް ބީ ވައިރަސް ވެކްސިން

ސާރކިއުލަރ

 

(Hepatitis B virus (HBV ވެކްސިންގެ ތިރީގައިވާ ބެޗު ނަންބަރު ތަކުގެ ކައުންޓަރފީޓް ޕްރޮޑަކްޓް، ޔުގަންޑާގެ މާރކެޓްގައި ދައުރުވަމުންދާ ކަމަށް WHO ގެ އެލާރޓް ނަންބަރ: RHT/SAV/Alert_n3.2018 އިންވަނީ އަންގަވާފައެވެ.

 

Multi dose ( 10ml) Hepatitis B vaccines (rDNA)

Product Name

 

Serum Institute of  India

Stated Manufacturer

Expiry Date

Manufacturing Date   

Batch number

APR 2019

MAY 2016

035L6010

SEP 2019

None indicated

035L5010

FEB 2020

MAR 2016

035L006

SEP 2018

MAY 2015

035L3004

OCT 2018

None indicated

035L5012

09/2020

10/2017

035L7037

09/2019

None indicated

035L6005

01/2020

11/2017

035L5013

OCT 2019

None indicated

035L5017

07/2018

None indicated

035L5007  

ރާއްޖެ އިމްޕޯރޓް ކޮށްފައިވާ މިވެކްސިންގެ ޕޯރޓް އިންސްޕެކްޝަން އާއި ޕޯސްޓް މާރކެޓް ސާރވޭލަންސްގެ މަޢުލޫމާތަށް ބަލައި މިވެކްސިންގެ ދެންނެވިފައިވާ ބެޗް ނަންބަރުގެ މިހާތަނަށް ރާއްޖެއަށް އިމްޕޯރޓްވެފައި ނުވާ ކަމުގައި ދެންނެވީމެވެ. ނަމަވެސް ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން  ރާއްޖެ  އިމްޕޯރޓުކުރާ B virus (HBV) Hepatitis ވެކްސިންއަށް ޙާއްސަ ސަމާލު ކަމެއްދީގެން ބޯޑަރުގައި ބަލާ ފާސް ކުރަމުން ގެންދާނެކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. ވީމާ މިވެކްސިންގެ މަތީގައިވާ ބެޗް ނަންބަރުތައް ރާއްޖެ އެތެރެ ނުކުރެއްވުމަށާއި ނުވިއްކުމަށް އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

އަދި މިވެކްސިން އާއި ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ 3014316 އަށް ގުޅުއްވާ މަޢުލޫމާތު ޙިއްސާ ކޮށްދެއްވުން އެދެމެވެ.

11 ރަޖަބު 1439

28 މާރިޗު 2018
ހޯދާ