އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުން

މިކައުންސިލްގެ އިދާރާގެ ނަންބަރު (IUL)355-ESMS/INDIV/2018/16 އިއުލާނާގުޅިގެން މިކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދިނުމަށް އެދި އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާތީ އެ އިއުލާން ބާތިލްކޮށްފީމެވެ.

މިކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން މީލާދީ 2 އަހަރުދުވަހުގެ މުއްދަތަށް ކޮށްދެއްވުމަށް ޝައުގުވެރިވެލަށްވާ ފަރާތްތަކުން މިމަސައްކަތްކޮށްދިނުމަށްއެދި ބިޑްހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.  

ޑިއުޓީކުރުމަށް ހަމަޖެހިފައިވަނީ ކޮންމެދުވަހަކު 22:00 އިން އަނެއްދުވަހު ހެދުނު 08:00 އާއި ދެމެދުއެވެ. ރަމަޞާންމަހު ޑިއުޓީ ކުރަންޖެހޭނީ ކޮންމެދުވަހަކު 22:00 އިން އަނެއްދުވަހު ހެނދުނު 10:00 އާދެމެދުއެވެ.

ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލަށްވާ ފަރާތްތަކަށް މައުލޫމާތުދިނުމަށް ބޭއްވޭ ޕްރީބިޑް ބައްދަލުވުން 02 އޭޕްރީލް 2018 ވާ ދުވަހު 13:00 ގައި ފެންފުށީ ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމަށް އެދި ބިޑްހުށަހެޅުއްވޭނީ ހަމައެކަނި ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ދައުލަތުގެ މުއައްސަސާއެއްގައި ވިޔަފާރި ކުރުމަށް އަދި އާމްދަނީ ހޯދުމަށް މަސައްކަތެއްކުރުމަށް ނުވަތަ ހިދުމަތެއް ދިނުމަށް ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މައުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި އަދި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަންބަޔާންކޮށް ސިޓީއާއި އައިޑީކާޑު ކޮޕީއަކާއެކު ފޮނުއްވުމަށް ދަންނަވަމެވެ.

ކޮންޓްރެކްޓްއުސޫލުން ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތްކޮށްދެއްވުމަށް ޝައުގުވެރިވެލަށްވާ ފަރާތްތަކުން 05 އޭޕްރީލް 2018 ދުވަހުގެ 13:00 އަށް މިމަސައްކަތްކޮށްދެއްވޭނެއަގުބަޔާންކޮށް ސިޓީ ހިއްޕަވައިގެން އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ އަށް ވަޑައިގެންދެއްވުންއެދެމެވެ. ސިޓީގައި ބިޑްހުށަހަޅުއްވާފަރާތުގެ ތިރީގައިވާ މައުލޫމާތު ހިމަނުއްވަންވާނެއެވެ.

1-      ފުރިހަމަނަން

2-      އަތޮޅާއިރަށް

3-      ރަށުގެ އެޑްރެސް

4-      އައިޑެންޓިޓީ ކާޑް ނަންބަރު

5-      ހޭންޑް ފޯން ނަންބަރު

6-      ވިޔަފާރި ރަޖިސްޓަރީ ނަންބަރު

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.

27 މާރިޗު 2018
ހޯދާ