ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.އިހަވަންދޫ ބަދަރު ސަރަޙައްދުގައި ބަހައްޓާފައިވާ ތަކެތި ނެގުން

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ                 `

ހއ. އިހަވަންދޫ

ދިވެހިރާއްޖެ                                                 

                                    (IUL)248-ESMSMS/248/2018/19 ނަންބަރ

                                           

އިޢުލާން

 

އިހަވަންދޫ ބަނދަރު ސަރަޙައްދުގައި، ރަށުގެ ވާޓަރު ކައިރީގައި ޤަވާޢިދާއި، ޚިލާފަށް އެކި ފަރާތްތަކުން ތަފާތު ތަކެތި ބަހައްޓާފައި އެބަހުއްޓެވެ. އަދި ރަށުގެ ވާޓަރު ކައިރީގައި ސިމެންތި، ހިލަ، ހިލަވެލި، ފުނިޖަހައި، ސަތަރި އަޅައި ނިވާކޮށް ބަހައްޓައިގެން ބައެއް ފަރާތްތަކުން ވިއްކަމުން ގެންދާ ޝަކުވާ ލިބެމުންވެސް އެބަދެއެވެ. މި ކަންކަމަކީ މަނާކަމެކެވެ. އެ ގޮތަށް އެކަންކަން މަނާކޮށްފައި ވަނީ ރަށުގެ ސާފު ތާހިރު ކަމާއި، އަދި އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށްޓަކައެވެ.

 

އިހަވަންދޫ ބަނދަރު ސަރަޙައްދުގައި، ރަށުގެ ވާޓަރު ކައިރީގައި ޤަވާޢިދާއި، ޚިލާފަށް އެކި ފަރާތްތަކުން ތަފާތު ތަކެތި ބަހައްޓާފައި ހުރުމުން ހިނގާ މީހުންނަށާއި، ދުއްވާ ތަކެއްޗަށާއި، އަދި ދަތުރު ވެރިންނަށްވެސް ތަފާތު އުނދަގޫތަކާއި، ދަތިތައް ދަނީ ކުރިމަތި ވަމުންނެވެ. ހަމަ އެހެންމެ އެކަމުގެ ޝަކުވާވެސް އެފަދަ ފަރާތްތަކުން ގެންދަނީ ކުރަމުންނެވެ.  

 

ސިމެންތި، ހިލަ، ހިލަވެލި، އަދި އެނޫންވެސް ތަކެތި ބަނދަރު ސަރަޙައްދުގައި ބަހައްޓަންޖެހެނީ ބިމުގައި ސަތަރި، ނުވަތަ ތަރަފާލު އެޅުމަށްފަހު އެއިގެ މަތީގައެވެ. ސިމެންތި، ހިލަ، ހިލަވެލި، އަދި އެނޫންވެސް ތަކެތި ރަށުގެ ބަނދަރުގައި އޮންނަ އުޅަނދަށް އެރުވުމަށް، ނުވަތަ އުޅަނދުން ބޭލުމަށްފަހު ބަނދަރު ސަރަޙައްދުގައި ބެހެއްޓޭނީ އެންމެ ގިނަވެގެން 24 ( ސައުވީސް ) ގަޑިއިރަށެވެ. އެ ގޮތުން އުޅަނދަށް މުދާ އަރުވައި ބޭލުމުގެ ސަބަބުން، ނުވަތަ އެނޫންވެސް ސަބަބަކާއި ހެދި ރަށުގެ ބަނދަރު ސަރަޙައްދަށް އެޅޭ ތެލާއި ކުނި ފަދަތަކެތި އެ މަސައްކަތް ނިމިގެން އެންމެ ލަސްވެގެން 5 ( ފަހެއް ) ގަޑިއިރުތެރޭގައި ސަތަރި ނަގައި އެ ސަރަޙައްދު ސާފުކުރަންޖެހެއެވެ.

 

ވީމާ އިހަވަންދޫ ބަނދަރު ސަރަޙައްދުގައި، ރަށުގެ ވާޓަރު ކައިރީގައި ޤަވާޢިދާއި ޚިލާފަށް އެއްވެސް އެއްޗެއް ބަހައްޓައި ނުހެދުމަށާއި، އަދި ރަށުގެ ވާޓަރު ކައިރީގައި ސިމެންތި، ހިލަ، ހިލަވެލި، ފުނިޖަހައި، ސަތަރި އަޅައި ނިވާކޮށް ބަހައްޓައިގެން ވިއްކައި ނުހެދުމަށް ދެންނެވީމެވެ.

 

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

04 ރަޖަބު 1439  

21 މާރިޗު 2018

21 މާރިޗު 2018
ހޯދާ