މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ގްރެފިކްސް ޑިޒައިނަރ

ޢިއުލާން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ސެކްޝަންއަށް ކޮށްފައިވާ އިޢުލާން ނަންބަރު 52/(IUL)101-EP/1/2018 ގައިވާ މަގާމަށް އެކަށީގެންވާ ވަރަށް ކުރިމަތިލައްވާފައި ނުވާތީ، މި މަގާމަށް ކުރިމަތިލައްވަން ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު  އަލުން ހުޅުވާލަމެވެ.

 

1.      01 ގްރެފިކްސް ޑިޒައިނަރ

 

މިވަޒީފާތަކަށް އެދި ސިޓީ ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަން ޖެހޭނެއެވެ.

·         ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

·         ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

·         މަޤާމާއި ގުޅުންހުރި ތަޖުރިބާގެ ކުރު ޚުލާސާއެއްސިޓީ ގައި ހިމެނިފައިވާންވާނެއެވެ.

·         ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އެޓެސްޓްކުރެވިފައި)

މި މަޤާމްމަށް ޝައުގުވެރިވާ ފަރާތްތަކުން މި ޢިޢުލާނާއި ގުޅިގެން މިނިސްޓްރީގެ ވެބްސައިޓް ގައި ޝާއިރު ކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް ގައިވާ ގޮތުގެ މަތިން،5 އޭޕްރީލް  2018 ގެ 14:00 ގެކުރިން، ސިޓީ ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުންއެދެމެވެ. މަޤާމުގެ ޓާރމްސް އޮފް ރިފަރެންސް މިމިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mvއިން ލިބިލައްވާނެއެވެ.

 ސިޓީއުރައިގައި 'އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ސެކްޝަން ގެ ވަޒީފާއަށް އެދި' މިހެން ލިޔެވިފައި ވާންވާނެއެވެ.

ވަޒީފާއާއި ބެހޭ އިތުރު މަޢުލޫމާތު އަދި ސިޓީ ހުށަޅާނީ:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.

ފޯނު: 3333160 (960)+

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

 

9 ރަޖަބު 1439

26 މާރިޗު 2018
ހޯދާ