ދިވެހިރާއްޖެ
މިކޯޓުގެ ފެންޑާގައިހުރި ދެދޮރެއް ނަގައި މިދޮރުތައްހުރި ތަންތަން ރާނާއި ސިމެންތިޖެހުމާއި، ބޮޑުދޮރެއް ޖަހައި ހަރުކުރުމުގެ މަސައްކަތް ކޯޓުންދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަތަކެތީގައި ކޮށްދިނުމަށްއެދޭ ފަރާތްތަކުން، 2018 އޭޕްރިލް 02 ވާ ހޯމަ ދުވަހުގެ ހެދުނު 10:00 އަށް މިކޯޓަށް، (ގދ. ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 އޭޕްރިލް 12 ވާ ބުރާސްފަތި ދުވަހުގެ ހެދުނު، 10:00 އަށް މިކޯޓަށް (ގދ. ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓަށް) އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފްކުރެއްވުމަށާއި، އަދި އެސްޓިމޭޓް ހުށަހެޅުއްވުމަށް ވަޑައިގަންނަވަނީ، ކުންފުންޏަކުން ކަމަށްވާނަމަ އެކަން އެގޭނެ ރަސްމީލިޔުމަކާއި، އަދި އެކުންފުނީގެ ފަރާތުން މަޢުލޫމާތު ސާފްކުރެއްވުމަށް ނުވަތަ އެސްޓިމޭޓް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތުގެ މައުލޫމާތު އެނގޭނެ ކުންފުނީގެ ރަސްމީ ލިޔުމެއް ހުށަހަޅަން ވާނެއެވެ. އަދި މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފްކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
09 ރަޖަބް 1439