އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
2 ޕަވަރއެޖް (R740 (GPU ސާވަރ ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުން

ނަންބަރ:A)AB-2018/29)

އިޢުލާނު

2 ޕަވަރއެޖް (R740 (GPU ސާވަރ ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުން

  1. މި ކޮމިޝަނުންދޭ މަޢުލޫމާތާއި އެއްގޮތަށް 2 ސާވަރ، 2018 މެއި 31 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ޕްރޮޖެކްޓް ނަންބަރު

ޕްރޮޖެކްޓް ނަން

ބިޑް ސެކިޔުރިޓީ ޢަދަދު

38/2018/G-004

2 ޕަވަރއެޖް (R740 (GPU  ސާރވާ ސަޕްލައިކޮށް އިންސްޓޯލްކުރުން

-/19,000 ރުފިޔާ

  1. ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީ މި އިޢުލާނުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޢަދަދަށް ހުށަހަޅަން ޖެހޭނެއެވެ. ބިޑު ސެކިޔުރިޓީ ވާންޖެހޭނީ ސަރުކާރަށް ޤަބޫލުކުރެވޭ ބޭންކަކުން ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓް (ދިވެހިރާއްޖޭގައި ޤާއިމްކުރެވިފައިވާ) އަކުން އެ ޕްރޮޖެކްޓަކަށް ދޫކޮށްފައިވާ ސެކިޔުރިޓީއަކަށެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 120 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ލިބޭނީ، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުންނެވެ.
  2. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ  2018 މާރިޗު 28 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.
  3. ބީލަން ހުޅުވުން އޮންނާނީ 2018 އެޕްރީލް 01 ވާ އާދީއްތަ ދުވަހުގެ 14:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

08 ރަޖަބު 1439

25 މާރިޗު 2018
ހޯދާ