ހައުސިންގ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން ޕލކ
ދިވެހިރާއްޖެ
ބައެއް ތަކެތި ނީލަން ކިޔުން

ހައުސިންގ ޑިވެލޮޕްމަންޓް  ފައިނޭންސް ކޯޕަރޭޝަން ޕލކ

މާލެ، ދިވެހިރާއްޖެ.

ބައެއް ތަކެތި ނީލަން ކިޔުން

މިކުންފުނީގެ ބައެއް ތަކެތި، ނީލަމުގައި ވިއްކާލުމަށްވަނީ ހަމަޖެހިފައެވެ. ވީމާ މިތަކެތި ބައްލަވައި ގަތުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އޮފީސް ބަންދުނޫން ކޮންމެ ދުވަހަކު ކައުންޓަރުން މިތަކެތީގެ ތަފްސީލް ލިސްޓު ލިބިވަޑައިގަންނަވާނެއެވެ. އަގު ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ކުރިން ބަންދު ސިޓީއުރައެއްގެ ބޭރުގައި "ނީލަމުންތަކެތި ގަތުމަށް އެދި" މިހެން ޖައްސަވާ  ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި ތަކެތި ބައްލަވާލައްވަން ބޭނުންފުޅު ވާނަމަ އެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ. އަގު ހުށަހަޅުއްވާއިރު މިކުންފުނިން ދޭ ތަފްސީލް ކަރުދާހުގައި ވާ ފޯމެޓައް އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅާތާ 3 ދުވަހުގެ ތެރޭގައި ކުންފުނީގެ ނޯޓިސް ބޯޑުގައި އެންމެ މަތީ އަގު ހުށަހަޅާފައިވާ އަގުތަކުގެ ލިސްޓު އިޢުލާން ކުރެވޭނެއެވެ. އަދި  7 ދުވަހުގެ ތެރޭގައި އެފަރާތަކުން ހުށަހަޅާފައިވާ އަގަށްވާ ފައިސާ މިކުންފުންޏަށް ނުދައްކައިފިނަމަ އެހުށަހެޅުން ބާތިލްކޮށް ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން އަލުން ފެށުމުގެ ޙައްޤު މިކުންފުންޏަށް ލިބިގެންވެއެވެ.

ވަކި ފަރާތަކަށް ނީލަން ނިންމުމަށް މިކުންފުނިން ކަނޑައަޅައިފިކަން ރަސްމީކޮށް އެފާރާތަކަށް މިކުންފުނިން އެންގުމުގެ ކުރިން ނީލަން ބާތިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވާކަމުގައި ދެންނެވީމެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. ގައި މަސައްކަތް ކުރައްވާ އެއްވެސް މުވައްޒަފަކަށް ނުވަތަ ބޯޑް ޑައިރެކްޓަރަކަށް ނުވަތަ އެފަދަ އެއްވެސް ފަރާތެއްގެ އާއިލާގެ (މަންމަ ނުވަތަ ބައްޕަ، ދަރިން، އެއްބަޑު ނުވަތަ އެއްބަފާ ބޭޅުން އަދި ފިރިމީހާ ނުވަތަ އަނބިމީހާ) އެއްވެސް ބޭފުޅަކަށް ބައިވެރިއެއް ނުވެވޭނެއެވެ.

އަގު ހުށަހަޅަންޖެހޭ ސުންގަޑި:

29 މާރޗް 2018 ގެ 14:00 ކުރިން

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގު ހުށަހަޅަންޖެހޭ ތަން:

ހައުސިންގ ޑިވެލޮޕްމަންޓް  ފައިނޭންސް ކޯޕަރޭޝަން ޕލކ.

ހ. މިއަލަނި، 4 ވަނަ ފަންގިފިލާ، ސޯސަން މަގު، މާލެ

25 މާރޗް       2018

08 ރަޖަބު       1439

ހ. މިއަލަނި، 4 ވަނަ ފަންގިފިލާ، ސޯސަން މަގު، މާލެ، ދިވެހިރާއްޖެ.

ޓެލެފޯނު:  3338810 ފެކްސް: 3315138، އީމެއިލް: [email protected]

25 މާރިޗު 2018
ހޯދާ