މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ގދ.ތިނަދޫ ޔުނިޓަށް އެޑްމިނިސްޓްރޭޓިވް އޮފިސަރގެ 02 މަޤާމަށް މީހުން ހޯދުމަށް

އިޢުލާނު 

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-294673 / J-294674

ބޭނުންވާ އަދަދު:

02 (ދޭއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 4

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ސެކްޝަން/ޔުނިޓް:

މޮސްކް މެނޭޖްމަންޓް ސެކްޝަން / ތިނަދޫ ޔުނިޓު

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ތިނަދޫ ޔުނިޓު / ގދ.ތިނަދޫ

މުސާރަ:

މަހަކު 5020.00  ރުފިޔާ،   

ސަރވިސް އެލެވަންސް:

މަހަކު 1500.00  ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް2:

މަހަކު 700.00   ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް::

1.  އޮފީހަށް ލިބޭ ސިޓީ މެސެޖް އަދި އެހެނިހެން ލިއުންތައް ދުވަހުން ދުވަހަށް އެންޓްރީ ކުރުން.

2. މިސްކިތްތަކުގައި ހުކުރު ނަމާދުކުރުމުގެ ކަންތައް ހަމަޖެއްސުން.

3. ހުކުރު ތާވަލު ކޮންމެ ހަފްތާކު ބުދަ ދުވަހު ސްޕަވައިޒަރގެ ލަފަޔާއެކު ތައްޔާރުކުރުން

4. ހުކުރު ޚުތުބާ ޕްރިންޓް ކުރުމަށް ފަހު ބުރާސްފަތި ދުވަހު ހަވާލުކުރުން.

5. މިސްކިތްތަކުގައި ދަރުސް ދިނުމުގެ އިންތިޒާމް ހަމަޖެއްސުން.

6. ހުކުރު އެލަވަންސް ތައްޔާރުކޮށް ކޮންމެ މަހެއްގެ 20 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީ އަށް ފޮނުވުން

7. މިސްކިތްތަކުގެ ފޮޅާސާފުކުރުމުގެ ތަކެތީގެ ސްޓޮކް ބެލެހެއްޓުން

8. މިސްކިތްތަކަށް ބޭނުންވާ ފޮޅާސާފުކުރުމުގެ ތަކެތި ސްޓޮކްއިން ހުސްވުމުގެ ކުރިން ޗެކްކޮށް، ތަކެތި ގަތުމުގެ އިންތިޒާމް މާލިޔަތު ޤާނޫނުގައިވާ ގޮތުގެ މަތިން ހަމަޖެއްސުން

9. އޮފީހަށް ލިބޭ ބިލްތަކަށް ފައިސާ ހޯދުމަށް މެމޯތައްޔާރުކުރުމަށް ފަހު ހުރިހާ ލިޔެކިއުންތަކާއި އެކު މިނިސްޓްރީ އަށް ފޮނުވުން

10. އޮފީހަށް ލިބޭ ސިޓީ، މެސެޖްތަކަށް ޖަވާބު ދިނުމުގެ މަސައްކަތް ކުރުން

11. ގދ.ތިނަދޫ ގައި ނިޔާވާމީހުންގެ ޖަނާޒާގެ ކަންކަން ކުރާ މީހުންނަށް އެލަވަންސް ރިޕޯޓް ތައްޔާރުކުރުމަށް ފަހު މިނިސްޓްރީ އަށް ފޮނުވުން

12. ރަމަޟާން މަހުގައި ތަރާވީޙު އަދި ދަރުސްގެ އެންމެހައި މަސައްކަތްތައް ކުރުން.

13. ރަމަޟާން މަހުގެ ދަރުސް އަދި ތަރާވީޚް ގެ އެލެވެންސް ރިޕޯޓް ތައްޔާރުކުރުމަށް ފަހު މިނިސްޓްރީ އަށް ފޮނުވުން

14. މިސްކިތްތަކުގެ ދަފްތަރެއް އެކުލަވައި އެ ދަފްތަރު ބެލެހެއްޓުން

15. މިސްކިތްތަކާއި ގުޅުން ހުރި ހުރިހާ މަސައްކަތްތައް ސްޕަވައިޒަރުގެ އިރުޝާދާއެކު ކުރުން

16. މިސްކިތްތައް މަރާމާތުކުރުމުގެ ކަންތައް މާލިޔަތު ޤަވައިދުގައިވާގޮތުގެ މަތިން ސްޕަވައިޒަރގެ އިރުޝާދާއެކު ކުރުން.

17. އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން

18. ޔުނިޓަށް ލިބޭ އެންމެހައި ލިޔުންތައް ދުވަހުން ދަވަހަށް ފައިލުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

19. ސަހަރާ ތަކަށް ބޭނުންވާ ފޮޅާސާފުކުރުމުގެ ތަކެތި ސްޓޮކްއިން ހުސްވުމުގެ ކުރިން ޗެކްކޮށް، ތަކެތި ގަތުމުގެ އިންތިޒާމް މާލިޔަތު ޤާނޫނުގައިވާ ގޮތުގެ މަތިން ހަމަޖެއްސުން.

20. ސަހަރާތައް ފޮޅާސާފުކުރުމުގެ ތަކެތީގެ ސްޓޮކް ބެލެހެއްޓުން.

21. ސަހަރާ ތަކުގެ ދަފްތަރެއް އެކުލަވައި އެ ދަފްތަރު ބެލެހެއްޓުން

22. ސަހަރާތައް މަރާމާތުކުރުމުގެ ކަންތައް މާލިޔަތު ޤަވައިދުގައިވާގޮތުގެ މަތިން ސްޕަވައިޒަރގެ އިރުޝާދާއެކު ކުރުން.

23.  ސަހަރާތައް ފޮޅާސާފުކޮށް  ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

  1. 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. 'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  3. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން (އެޑްމިނިސްޓްރޭޝަން، ހިއުމަންރިސޯސް، މެނޭޖްމަންޓް، އައިޓީ، ބިޒްނަސް، ފައިނޭންސް) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ތަޢުލީމާއި ތަމްރީން (ލިބިފައިވާ އިތުރު ތަޢުލީމާއި ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ތަމްރީން)  %38
  2. އިމްތިހާން (ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާން) %5
  3. ވަޒީފާއާ ގުޅޭ މަސައްކަތުގެ ތަޖުރިބާ
  4. އެހެނިހެން މަސައްކަތުގެ ތަޖުރިބާ %4
  5. ލިބިފައިވާ މަސައްކަތުގެ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް)  %43

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް އިސްލާމިކްއެފެއާޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.islamicaffairs.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 މާރިޗު 29 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކްއެފެއާޒަށް ނުވަތަ ގދ.ތިނަދޫގައި ޤާއިމްކޮށްފައިވާ ފެނަކަ ކޯޕަރޭޝަންގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އޮންނާނީ،  2018 މާރޗް 29 އާއި  2018 އެޕްރީލް 14 އާ ދެމެދު، ގދ.ތިނަދޫގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއާއި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 

30% (ތިރީސް ޕަސެންޓް )

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020200,3020287 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

 

03  ރަޖަބު 1439

20 މާރިޗު 2018
ހޯދާ