މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އަނގޮޅިތީމު ގައި ވޮލީ ކޯޓެއް އެޅުމަށް ބޭނުންވެއްޖެ.

ރ.އަނގޮޅިތީމު ގައި ވޮލީ ކޯޓެއް އެޅުމަށް ބޭނުންވެއްޖެ.

 

ސްޕޯޓްސް އެރީނާގެ މަޝްރޫޢުގެ ދަށުން މިރަށުގައި ވޮލީ ކޯޓެއް އެޅުމަށް ބޭނުންވެއްޖެއެވެ. މި ކޯޓް އަޅާނީ ސްޕޯޓްސް އެރީނާގެ ސަރަޙައްދު ތެރޭގައެވެ. ކޯޓް އެޅުމަށް ބޭނުންވާ ބިން ދެއްކުމުން އެބިމުގައި ހުރި ރުއްގަސްތައް ބުޑުން ނަގައި ސާފުކޮށް ބިންގަނޑު ހަރުކޮށް ލެވެލްކުރަންވާނެއެވެ. ވޮލީ ކޯޓް އަޅާނީ މިއިދާރާއިން ދޭ ކުރެހުމާއި މަޢްލޫމާތާއި އެއްގޮތަށެވެ. ވީމާ، ކޮންޓެކްޓް އުޞޫލުން އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް އެދޭ ފަރާތްތަކުން މަޢްލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަސައްކަތުގެ މަޢްލޫމާތު ދިނުން އޮންނާނީ 28 މާރިޗު 2018 ވާ ބުދަ ދުވަހުގެ 11:30 ގައެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ  04 އޭޕްރީލް  2018 ވާ ބުދަ ދުވަހުގެ 11:30 ގައެވެ. މަޢްލޫމާތު ސާފުކޮށްދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ރ.އަނގޮޅިތީމު ކައުންސިލް އިދާރާ ގައެވެ. މިމަސައްކަތަށް ކުރިމަތި ލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނާޝިޕް، ކުންފުނި ނުވަތަ ކޯޕަރޭޓް ސޮސައިޓީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

މިމަސައްކަތުގެ މަޢްލޫމާތު ސާފުކުރުމަށާއި، ބިޑް ހުށަހެޅުމަށް އަންނަ ފަރާތްތަކުގެ އައި.ޑީ.ކާރޑްގެ އަޞްލު ގެންނަންވާނެއެވެ.  އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢްލޫމާތު ސާފުކުރެއްވި ފަރާތްތަކަށެވެ. އެކަކަށް ދެ ފަރާތެއްގެ ނަމުގައި އަންދާސީ ހިސާބު ހުށައެއް ނޭޅޭނެއެވެ.

މަސައްކަތް ޙަވާލުކުރުމުގައި ބަލާނެ މިންގަނޑު:

މަސައްކަތުގެ އަގު: % 85

މަސައްކަތުގެ ތަޖްރިބާ : % 5

މަސައްކަތުގެ މުއްދަތު: % 10

ވީމާ، މިމަސައްކަތް ކުރުމަށް ޝަޢްޤްވެރިވާ ފަރާތްތަކުން މަޢްލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

01 ރަޖަބު            1439   

18 މާރިޗު 2018
ހޯދާ