މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. އަތޮޅު ކައުންސިލުން ދެމުންގެންދާ ޓްރާންސްޕޯޓް އޮތޯރިޓީގެ ޚިދުމަތްތަކުން ފީނެގުމާއިބެހޭ:

އަތޮޅު ކައުންސިލްގެ އިދާރާއިން ފޯރުކޮށްދެމުންގެންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުންނާއި، ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، ދިވެހިރާއްޖޭގެ

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 78 ވަނަ މާއްދާއިން އަތޮޅު ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން، މިކައުންސިލުން ފޯރުކޮށްދެމުންގެންދާ އެއްގަމާއި ކަނޑުގެ ލައިސަންސް

ޚިދުމަތްތަކުން 01 އޭޕްރީލް 2018 ވާ އާދީއްތަ ދުވަހުން ފެށިގެން، ތިރީގައިވާ ތަފްޞީލާއި އެއްގޮތަށް ޚިދުމަތުގެ ފީއެއް ނެގުމަށް ކައުންސިލުންވަނީ ނިންމާފައެވެ.

 

#

ތަފްސީލް

ލައިސަންސް ފޯމާއެކު ދައްކަންޖެހޭ

ޚިދުމަތުގެ ފީ

ޖުމްލަ

1

އެއްގަމު ލައިސަންސް އަށް އެދި އަލަށް ހުށަހަޅާ ފަރާތްތައް

100.00

100.00

200.00

2

އެއްގަމު ލައިސަންސް ތިއަރީ އިމްތިހާން ހަދާ ފަރާތްތައް  (ފުރަތަމަ ފަހަރު ފިޔަވައި އިމްތިހާން ހަދާ ކޮންމެ ފަހަރަކު)

100.00

-

100.00

2

އެއްގަމު ލައިސަންސް އައުކުރުމަށް ހުށަހަޅާ ފަރާތްތައް

250.00

100.00

350.00

3

އެއްގަމު ލައިސަންސް މުއްދަތު ހަމަވެގެން ނުވަތަ ގެއްލިގެން އައުކުރުމަށް ހުށަހަޅާ ފަރާތްތައް

250.00

100.00

350.00

4

އެއްގަމު ލައިސަންސްއަށް އެދި އަލަށް ޕްރެކްޓިކަލް އިމްތިހާނު ހެދުމަށާއި ކެޓަގަރީ އިތުރުކުރުމަށް ހުށަހަޅާ ފަރާތްތައް (ހުށަހަޅާ ކޮންމެ ކެޓަގަރީއަކަށް)

100.00

100.00

200.00

5

އެއްގަމު ލައިސަންސް ޕްރެކްޓިކަލް އިމްތިހާންގެ ޚިދުމަތުގެ ފީ (ފުރަތަމަ ފަހަރު ފިޔަވައި އިމްތިހާން ހަދާ ކޮންމެ ފަހަރަކު)

100.00

50.00

150.00

6

ކަނޑުގެ ލައިސަންސް އަށް އެދި އަލަށް ހުށަހަޅާ ފަރާތްތައް

25.00

100.00

125.00

7

ކަނޑުގެ ލައިސަންސް އައުކުރުމަށް އެދި ހުށަހަޅާ ފަރާތްތައް

25.00

100.00

125.00

8

ކަނޑުގެ ލައިސަންސް މުއްދަތު ހަމަވެގެން ނުވަތަ ގެއްލިގެން އައުކުރުމަށް ހުށަހަޅާ ފަރާތްތައް

40.00

100.00

140.00

9

ކަނޑުގެ ލައިސަންސް ކެޓަގަރީ އިތުރުކުރުމަށް ޕްރެކްޓިކަލް އިމްތިހާނު ހަދާ ފަރާތްތަކުން (ހުށަހަޅާ ކޮންމެ ކެޓަގަރީއަކަށް)

-

50.00

50.00

 

ވީމާ، 01 އޭޕްރީލް 2018 ވާ އާދީއްތަ ދުވަހުން ފެށިގެން މަތީގައި ބަޔާންކޮށްފައިވާ ތަފްސީލާއި އެއްގޮތަށް، މިކައުންސިލުން ފޯރުކޮށްދެމުންގެންދާ ޓްރާންސްޕޯޓް އޮތޯރިޓީގެ ޚިދްމަތްތަކުން، ޚިދްމަތުގެ

ފީއެއް ނެގޭނެވާހަކަ އާއްމުކޮށް އަންގާ އިއްލާންކުރީމެވެ. އަދި 01 އޭޕްރީލް 2018 ގެ ކުރިން މިއިދާރާއަށް ހުށަހަޅާފައިވާ ފޯމަކަށް، އެތާރީޚްގެ ފަހުން ޚިދުމަތެއް ހޯއްދެވި ނަމަވެސް

ޚިދުމަތުގެ ފީ ދައްކަވަންޖެހޭނެ ވާހަކަވެސް ދެންނެވީމެވެ.

                              25 ރަބީޢުލްއާޚިރާ  1439

                               13     މާރިޗު   2018  

                                                                                                                                                                                                                                              

                                          

                                                                   ފާތިމަތު ޝިފާނާ

                                                                  ބ. އަތޮޅު ކައުންސިލަރ

18 މާރިޗު 2018
ހޯދާ