މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
އެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރ

                                    އިޢުލާން

މަގާމު:

އެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރ 

މަޤާމުގެ ނަންބަރު:

J-246668

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 4

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން:

ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް ސެކްޝަން، ހިއުމަން ރިސޯސް މެނޭޖްމެންޓް އެންޑް ޑިވެލޮޕްމެންޓް   

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް، ކ.މާލެ.

މުސާރަ:

މަހަކު 5020.00 ރުފިޔާ

ސަރވިސް އެލަވަންސް:

ސަޕޯޓިންގ ކޯ އެލަވަސްން 1    

މަހަކު 1500.00ރުފިޔާ

މަހަކު 700.00

 

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބްތައް:

  1. ސިވިލް ސާރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ޓްރޭނިންގ ޕްރޮގްރާމްތަކާއި ރާއްޖެއިން ބޭރުން ލިބޭ ސެމިނަރ ވޯރކްޝޮޕް ފަދަ ޕްރޮގްރާމްތަކުގައި މުވައްޒަފުން ބައިވެރިވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުން.
  • ވިސާ ނަގަންޖެހޭ ޕްރޮގްރާމްތަކުގައި ވިސާގެ ކަންތައްތައް ހަމަޖެއްސުން
  • ދަތުރުގެ ބައިވެރިންނަށް ހަމަޖައްސަންޖެހޭ ޓިކެޓް، އެލަވަންސް ފަދަ ތަކެތި ހަމަޖައްސައިދިނުން.
  1. ޕާރފޯމަންސް އެޕްރައިޒަލްގައި މުވައްޒަފުންނާއި ސުޕަވައިޒަރުން ފަހާގަކޮށްފައި ހުންނަ ތަމްރީން ޕްރޮގްރާމްތައް ފާހަގަކޮށް އޮފީހުގައި ހިންގިދާނެ އިންހައުސް ޓްރޭނިންގތައް ރާވައި ހިންގުން.
  2. މިނިސްޓްރީގެ ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓަށް ފޮނުވާ މުވައްޒަފުންގެ ތަފާސް ހިސާބު ބެލެހެއްޓުމާއި މުވައްޒަފުންގެ މަތީތައުލީމީ ފެންވަރުގެ ރެކޯޑްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  3. ކޮންމެ އަހަރެއްގެ ފެބުރުވަރީމަސް ފެށުމުން ސެކްޝަންގެ ވެރިޔާގެ ލަފާގެމަތިން ޓްރޭނިންގ ރިކުއަރމެންޓް ތައްޔާރުކުރުން.
  4. ސިވިލް ސާރވިސް ކޮމިޝަނުން ނެރެފައިވާ އިންޑަކްޝަން ޕްރޮގްރާމާއެއްގޮތައް، އިންޑަކްޝަން ޕްރޮގްރާމް ހިންގުން.
  5. އޮފީހުން ހިންގާ އިންހައުސް ތަމްރީނުތައް ފުރިހަމަކުރާ ފަރާތްތަކަށް ލިޔުމެއް ތައްޔާރުކޮށް އެމުވައްޒަފުންގެ ފައިލްގައި ގަވާޢިދުން ފައިލްކުރަމުން ގެންދިއުން.
  6. ކޮންމެ މަހެއްގެ 20 ގެ ކުރިން މިނިސްޓްރީގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ބޭނުންވާ ގަޑީލާރިއާއި ފެރީ އެލަވަންސް ހެދުން.
  7. މުސާރަ ހަދަންޖެހޭ މަސްމަހު މުސާރަ ޝީޓް ތައްޔާރުކޮށް އެ މަހެއްގެ މުސާރަ ހަދަންޖެހޭ ދުވަހުގެ ކުރިން SAP އަށް އެންޓަރކޮށް މުސާރަ ހަދާ އަނެއް މުވައްޒަފު މުސާރަ ހަދާ މަހުގައި މުސާރަ ޝީޓް ޗެކްކޮށް ބެކަޕެއްގެ ގޮތުގައި މަސައްކަތް ކުރުން.
  8. މުސާރަ ތައްޔާރުކުރާ އަނެއް މުވައްޒަފު މުސާރަ ހަދަންޖެހޭ މަސްމަހުގައި އެ މަހެއްގެ 20 ގެ ކުރިން މިނިސްޓްރީގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ބޭނުންވާ ގަޑީލާރިއާއި ފެރީ އެލަވްސް ހެދުން.
  9. މުވައްޒަފުންގެ ސަލާމާއި އާއިލީ ޒިންމާ ކޮންމެ ދުވަހަކު ބަލައިގަނެ ފޮތުގަ ނޯޓްކުރުމަށްފަހު އެޗް.އާރު  ސެކްޝަންގެ ހެޑް ލައްވާ ސޮއިކުރުވުން. ސަލާމާއި އާއިލީޒިންމާގެ ފޯރމް ހުށާހަޅާތޯ ޗެކްކުރުމާއި ސަލާމް އެޗް.އާރް ސިސްޓަމަށް އަޕްޓޭޓް ކުރުމާއި ފޯރމްތައް ޕާރސަނަލްފައިލްގައި ފައިލްކުރުން.
  10. މިނިސްޓްރީގެ މުވައްޒަފުންގެ ހާޒިރީ އަޕްޓޭޑްކޮށް އެޗް.އާރް ސިސްޓަމަށް އަޕްޓޭޓް ކުރުން.
  11. ސިވިލް ސާރވިސް ޤަވާއިދާއި މިނިސްޓްރީން ހަދާ އުޞޫލުތައް ހުރިހާ މުވައްޒަފުންނަށް އެންގުން.
  12. މުވައްޒަފުންގެ ތަރައްޤީއަށާއި ގުޅުން ބަދަހި ކުރުންމަށްޓަކައި އެކުވެރިކަމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.

 

މަޤާމުގެ ޝަރުތުތައް:

  1. މެނޭޖްމެންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

ނުވަތަ

  1. މަތީ ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

  1. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މެނޭޖްމެންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީން.
  • މަސައްކަތުގެ ތަޖުރިބާ.
  • އިންޓަވިއު.
  • ޤާނޫނުތަކާއި ޤަވާއިދުތަކަށް އަޙުލުވެރިވެފައިވާ މިންވަރު.

 

ނޯޓް: އެޗް.އާރް ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  1. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި، މި އިދާރާގެ www.youth.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 މާރިޗު 27 ވާ އަންގާރަދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް (ވެލާނާގެ 3 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. ފެކްސް ނަންބަރަކީ، 3327162 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ، 28 މާރިޗު 2018  އާއި 15 އޭޕްރީލް 2018  އާ ދެމެދު، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

%30 (އިންސައްތަ).

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3347316 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3327162 އެވެ. އީ-މެއިލް ކުރާނީ hr@youth.gov.mv އަށެވެ.

                     26 ޖުމާދަލްއާޚިރާ 1439

14 މާރިޗު 2018
ހޯދާ