ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސޭލްސް އެސިސްޓަންޓެއް ބޭނުންވެއްޖެ

މަޤާމް :ސޭލްސް އެސިސްޓަންޓް (ކޮންޓްރެކްޓް 3 މަސްދުވަސް)
ބޭނުންވާ އަދަދު :2

އިޢުލާން

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް: ސޭލްސް އެސިސްޓަންޓް (ކޮންޓްރެކްޓް 3 މަސްދުވަސް)

ބޭނުންވާ އަދަދު: 2 (ދޭއް)

އަސާސީ މުސާރަ: -/3240 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް  

އެހެނިހެން އިނާޔަތްތައް

  • އިތުރު އެލަވަންސްގެ ގޮތުގައި މަހަކު -/1500 ރުފިޔާ އާއި -/2000  ރުފިޔާ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ލިބޭނެއެވެ.
  • މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
  • އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު

  • ހޯމް އިމްޕްރޫވްމެންޓް އެތެރެޔާއި ބޭރު ސާފުކުރުން
  • ޑެލިވަރީ ކުރުމުގައި އެހީތެރިވުން
  • ފިހާރައިގެ އެހެން މުވައްޒަފުންނަށް އެހީތެރިވުން

ފެންވަރު ނުވަތަ ޝަރުތު

  • އަސާސީ ތައުލީމުގެ ފެންވަރު ހުރުން ނުވަތަ އިގިރޭސި އަދި ދިވެހި ބަހުން ލިޔަން ކިޔަން އެގުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ އަދި ޝިފްޓު ޑިއުޓީ އަދާ ކުރެވޭ މީހެއް ކަމުގައިވުން

އެހެނިހެން ހުނަރު

  • މަޤާމާއި ގުޅުންހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 މާރޗް 21 ވާ ބުދަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި އެސްޓީއޯ ވެބްސައިޓުން (http://sto.mv/Downloads.aspx) ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.

ނޯޓް

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުތަޖުރިބާ އަދި އިންޓަވިއުއަށްބަލައި އެންމެމަތިން މާކްސްލިބޭ ފަރާތްތަަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
  • ގުޅޭނެ ނަންބަރު: 3344264 / އީމެއިލް އެޑްރެސް:[email protected]

 

14 މާރޗް 2018

 

14 މާރިޗު 2018
ހޯދާ