މަކުނުދޫ މަަދަރުސާ، ހދ. މަކުނުދޫ
ދިވެހިރާއްޖެ
ސްކޫލް ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

އިޢުލާން

                              

2018 ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ގުޅޭ

            މި ސްކޫލުން ކުރި އިއުލާން ނަމްބަރGS97/IUL/2018/011 އާއި ގުޅިގެން ތިންފަރާތަށްވުރެ މަދުން ބިޑް ހުށައަޅާފައިވާތީ މި އިއުލާން ބާތިލްކޮށް 2018  ވަނަ އަހަރު ގެ އޭޕްރިލް 18 އިން ފެށިގެން 2018 ޑިސެމްބަރ 31ވަނަ ދުވަހުގެ ނިޔަލަށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން އިޢުލާނު ކުރަމެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  2018 މާޗް 21 ވާ ބުދަ ދުވަހުގެ 1.00 އަށް މަކުނުދޫ ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ، 2018 މާޗް 27 ވާ އަންގާރަ ދުވަހުގެ 1:00ގައި އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.

ކުންފުންޏެއްގެ ފަރާތުން ނުވަތަ އެހެން މީހެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރައްވަން ނުވަތަ ބީލަން ހުށަހަޅުއްވަން  ޙާޟިރުވެލައްވާ ފަރާތްތަކުން އެބޭފުޅަކު ތަމްސީލު ކުރައްވަނީ ކޮން ފަރާތެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތެއްވެސް ތަމްސީލުކުރެވޭނީ އެއްފަރާތެވެ.  މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ޙާޟިރުވެނުލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަދި ވިޔަފާރި އުޞޫލުން ރަޖިސްޓްރީ ކޮށްފައިނުވާ، އެއްވެސް ފަރުދަކަށްވެސް، ކުންފުންޏަކަށްވެސް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރ 6520529 އަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

15 މާރިޗު 2018
ހޯދާ