ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދު

 

 

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެއިދާރާ

ފިއްލަދޫ / ދިވެހިރާއްޖެ

 

ޢާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދު

 

ތަޢާރުފާއި ނަން              1.      (ހ)      މިއީ  ޤާނޫނު  ނަންބަރު  2010/7  ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ

އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާއާއެކު އެ މާއްދާގެ (ދ) ގެ ދަށުން ކައުންސިލުން އެކުލަވައިލާފައިވާ، ޢާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ  އުސޫލުތައް ބަޔާންކުރުމަށް ހެދިފައިވާ ގަވާއިދެވެ.

 

(ށ)      މިގަވާއިދަށް ކިޔާނީ "ޢާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ           ތަކެތި ނެގުމާބެހޭ ގަވާއިދު" އެވެ.

 

ޢަމަލު ކުރަން ފަށާ ތާރީޚް 2.     (ހ)      މިގަވާއިދަށް ޢަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ                         ދުވަހުން ފެށިގެންނެވެ.

                               

                                 

 

ދޫކޮށްލާފައިވާ ތަކެތިކަމުގައި       3.      (ހ)      މިގަވާއިދަށް ޢަމަލުކުރަން ފެށުމާއެކު މި ގަވާއިދަށް ޢަމަލުކުރުމުގެކުރީން ރަށުގެ ކަނޑައެޅުން                              މަގުތަކަށާއި ޢާންމުތަންތަނަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ކައުންސިލުން މި                                           ގަވާއިދަށް ޢަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެތެރޭގައި ކަނޑައަޅައި ޢާންމުކޮށް                                   އަންގައި އިޢުލާންކުރަންވާނެއެވެ.      

 

(ށ)      މިމާއްދާގެ (ހ) ގެ ދަށުން ދޫކޮށްލާފައިވާ ތަކެތި ކަމުގައި ކަނޑައަޅާ ތަކެތި ބަޔާންކޮށް އިޢުލާންކުރާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެތެރޭގައި އެ ތަކެތި އޭގެ ވެރިފަރާތުން ނުނަގައިފިނަމަ މި ގަވާއިދުގެ ބޭނުމަށް ޓަކައި އެއީ ދޫކޮށްލާފައިވާ ތަކެތިކަމުގައި ބަލައި އެމުއްދަތުގެ ފަހުން އިތުރު އެންގުމަކާނުލައި އެތަކެތި ނެގުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

(ނ)     މިމާއްދާގެ (ށ)ގެ ބޭނުމަށް މަގުތަކަށާއި ޢާންމުތަންތަނަށް އަދި ފަޅުތެރެއަށް ދޫކޮށްފައިވާ ތަކެތި ކަނޑައެޅުމުގައި ކައުންސިލުން އަންނަނިވި ކަންކަމަށް ރިޢާޔަތް ކުރަންވާނެއެވެ.

  1. އެ އެއްޗެއް ބާވަތުން އެއެއްޗެއް ހުރި ނުވަތަ އޮތްގޮތް.
  2. އެ އެއްޗެއް ހުރީ ޢާންމުކޮށް މީހުން ބޭނުންކުރާ ތަނެއްގައި ބޭނުމެއް ނެތް ގޮތެއްގައިކަން.
  3. އެ އެއްޗެއްގެ ސަބަބުން އެ ސަރަޙައްދު ބޭނުންކުރާ މީހުންނަށް އުނދަގޫވުން.
  4. އެ އެއްޗެއް އެތަނުގައި ހުރުމުގެ ސަބަބުން ނުވަތަ އޮތުމުގެ ސަބަބުން މުޖުތަމަޢުގެ މަސްލަހަތު ގެއްލިގެން ހިނގައިދާނެ ކަމަށް ކައުންސިލަށް ފެނުން.
  5. އެ އެއްޗަކީ ފަޅުތެރޭގައި ނުވަތަ ގޮނޑުދޮށުގައި އޮތް ނުވަތަ ހުރި އެއްޗެއްނަމަ އެކަމުގެ ސަބަބުން ޢާންމުންނަށާއި ތިމާވެށްޓަށް ގެއްލުން ލިބެމުންދިއުން.

ދޫކޮށްލާފައިވާ އެއްޗަކަށް         4.      ކައުންސިލުން އެއީ ދޫކޮށްލާފައިވާ އެއްޗެއްކަމަށް ކަނޑައެޅުމަށް ފަހުވެސް އެތަނަކީ އެފަދަ އެއްޗެއް ހުއްދަހޯދުން                         ބޭއްވުމަށް އެކަށީގެންވާ ތަނެއްކަމަށް ކައުންސިލަށް ފެންނަނަމަ، ކައުންސިލްގެ ހުއްދައާއިއެކު                                     ކައުންސިލުން ކަނޑައަޅާ މުއްދަތަކަށް އެއެއްޗެއް އެތަނެއްގައި ބޭއްވިދާނެއެވެ.

ދޫކޮށްލާފައިވާ ތަކެތި           5.      (ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޫކޮށްލާފައިވާ ތަކެތިކަމުގައި ކަނޑައަޅާ ތަކެތި           ނެގުމަށް އެންގުން                     ފިޔަވައި އެހެން އެއްވެސް އެއްޗެއް އެއީ ދޫކޮށްލާފައިވާ އެއްޗެއްކަމުގައި ކަނޑައަޅަންވާނީ،                                       އެ އެއްޗެއްގެ ވެރިފަރާތް އެނގޭނަމަ ވެރިފަރާތަށް އެ އެއްޗެއް ނެގުމަށް އެންގުމަށްފަހުގައެވެ.                                  ވެރިފަރާތް ހޯދުމަށް އިޢުލާނުކުރުމަށް ފަހު 30 (ތިރީސް) ދުވަހުގެ ތެރޭގައި ވެރިފަރާތުން     އެ                                  އެއްޗަކާ ހަވާލުނުވެއްޖެނަމަ، އެއީ ދޫކޮށްލާފައިވާ އެއްޗެއްކަމުގައި ކަނޑައެޅިދާނެއެވެ.

                                (ށ) ވެރިފަރާތް އެނގޭ ތަކެތި ނެގުމަށް އެ ތަކެތީގެ ވެރިފަރާތަށް އެންގުމަށްފަހު 15 (ފަނަރަ)                                ދުވަހުގެތެރޭގައި ނުނަގައިފިނަމަ އެ ތަކެއްޗަކީ ދޫކޮށްލާފައިވާ ތަކެތި ކަމުގައި ކަނޑައަޅަން                                   ވާނެއެވެ. 

ދޫކޮށްލާފައިވާ ތަކެތި ނެގުން      6.      (ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދޫކޮށްލާފައިވާ އެއްޗެއްކަމުގައި ކަނޑައެޅުމަށްފަހު                                    އެ އެއްޗެއް ނެގުމުގެ ބާރު މި ކައުންސިލަށް ލިބިގެންވެއެވެ.                                                                                                                                                      (ށ) މި ގޮތުން ދޫކޮށްލާފައިވާ ތަކެތި ނަގައިގެން ގެންދިއުމުގައި އެ އެއްޗަކަށް ލިބޭ ގެއްލުމަކަށް                                   ކައުންސިލުން ޒިންމާވާކަށް ނުޖެހޭނެއެވެ.                                                                                                                                                                  (ނ) ދޫކޮށްފައިވާ ތަކެތި ނެގުމުގެ ކުރިން، ނެގީ ކޮން އެއްޗެއްކަމާއި، އެ ތަކެތި ނެގީ ކޮންތަނަކުން                                ކަމާއި އަދި އެ ތަކެތި ނެގިއިރު ހުރި ހާލަތު ބަޔާންކުރާ ރިޕޯޓެއް ކައުންސިލުން ތައްޔާރުކުރަން                                    ވާނެއެވެ. އެ ރިޕޯޓްގައި އެ ތަކެތި އޭރު ހުރިގޮތް އެނގޭނެ ފޮޓޯ ހިމަނަންވާނެއެވެ.

ދޫކޮށްލާފައިވާ އެއްޗެއް          7.      މި ގޮތުގެމަތިން ނަގާ ތަކެތި، އަނބުރާ އޭގެ ވެރިފަރާތަށް ލިބޭނީ، މި ގަވާއިދުގެ ދަށުން ޖޫރިމަނާ  އަނބުރާ ގެންދިއުން                   ކުރުމަށްފަހު، އޭގެ ވެރިފަރާތުން ތިރީގައިމިވާ ކަންކަމަށް ކުރި ޚަރަދު ކައުންސިލަށް ދެއްކުމުންނެވެ.                                                                                                                         (ހ) ވެރިފަރާތް ނޭނގޭ އެއްޗެއްނަމަ ހޯދުމަށް އިޢުލާން ކުރުމަށް ދިޔަ ޚަރަދު.                                                                                                                                                (ށ) ދޫކޮށްލާފައިވާ އެއްޗެއްކަން ކަނޑައެޅުމަށްޓަކައި އެ އެއްޗެއް ނެގުމަށް އެންގުމަށް އިޢުލާނެއް                              ކުރަން ޖެހުނުނަމަ އެކަމަށް ދިޔަ ޚަރަދު                                                                                                                                                                    (ނ) ދޫކޮށްލާފައިވާ އެއެއްޗެއް، އެ އޮތްތަންނޫން އެނޫން އެހެން ތަނަކަށް ގެންދިއުމަށް ކައުންސިލުން                                    އެއްވެސް ޚަރަދެއް ކޮށްފައިވާނަމަ އެކަމަށް ދިޔަ އެންމެހައި ޚަރަދު.

ދޫކޮށްލާފައިވާ ތަކެތި           8.      (ހ) މި ގަވާއިދުގެ ދަށުން ދޫކޮށްލާފައިވާ އެއްޗެއް ކަމުގައި ކަނޑައަޅާ ތަކެތީގެ ތެރެއިން ބޭނުން ނައްތާލުން                               ކުޑަކަމަށް ފާހަގަކުރެވޭ ތަކެތި އެގޮތަށް ކަނޑައެޅުމަށްފަހު އެ ތަކެތި ނެގުމަށް ދީފައިވާ މުއްދަތު                                    ހަމަވާ ހިނދުން ފެށިގެން 1 (އެކެއް) މަސްދުވަސް ފަހުން އެ އެއްޗެއް ނައްތާލުމުގެ އިޚްތިޔާރު                                މި ގަވާއިދު ތަންފީޒު ކުރާ ފަރާތައް ލިބިގެންވެއެވެ.                                                                                                                                                    (ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، ދޫކޮށްލާފައިވާ އެއްޗެއް ބޭނުންކުޑަކަމަށް ކަނޑައެޅުމުގައި                                   ބަލާނެ މިންގަނޑު އެކުލަވާލާނި ކައުންސިލުންނެވެ.                                                                                                                                                            (ނ) މި މާއްދާގެ (ހ) އަށް ނުފެތޭ ތަކެތި، ނެގުމަށް އަންގާ މުއްދަތުގެ ތެރޭގައި ނުނަގައިފިނަމަ                                   އެ ތަކެތި ބެހެއްޓުމަށް ޚާއްޞަ ކުރެވިފައިވާ ތަނަކަށް ގެންދިއުމުގެ އިޚްތިޔާރު ކައުންސިލަށް                              ލިބިގެންވެއެވެ.

ދޫކޮށްލާފައި ހުންނަ ތަކެތި       9.      (ހ) މި ގަވާއިދުގެ ދަށުން ދޫކޮށްލާފައިވާ އެއްޗެއް ނެގުމަށް ދީފައިވާ މުއްދަތު ހަމަވުމަށްފަހު އެ  ވިއްކާލުން                                އެއްޗެއްގެ ވެރިފަރާތުން އެ އެއްޗެއް ބޭނުންނޫންކަމަށް އަންގާ ތަކެއްޗާއި، ވެރިފަރާތުން                                ނުނެގުމުގެ ސަބަބުން ކައުންސިލްގެ ފަރާތުން ނަގައިގެން ގެންދާ ތަކެތި، ކައުންސިލުން                                    ނެގުމަށްފަހު 1 (އެކެއް) މަސްދުވަސްވުމުން އެ ތަކެތި ނީލަމުގައި ވިއްކާލުމުގެ އިޚްތިޔާރު                                     ކައުންސިލަށް ލިބިގެންވެއެވެ.

                                (ށ) މި މާއްދާގެ (ހ) އާއި، މި ގަވާއިދުގެ 8 ވަނަ މާއްދާގައި އެހެން އޮތްނަމަވެސް ދޫކޮށްލާފައިވާ                                     އެއްޗެއްގެ ބާވަތުން އޭގެ ސަބަބުން ޢާންމު ޞިއްޙަތަށް ގެއްލުން ލިބޭ ބާވާތުގެ ތަކެއްޗާއި،                              ތިމާވެއްޓަށް ނުރައްކަލެއް ފޯރާފާނޭ ތަކެތި، އެއީ ދޫކޮށްލާފައިވާ އެއްޗެއްކަމުގައި ކަނޑައަޅާ                                 ހިނދުން ފެށިގެން އެ އެއްޗެއް ނައްތައިލުމުގެ ބާރު މި ގަވާއިދު ތަންފީޒުކުރާ ފަރާތައް                                        ފަރާތަށް ލިބިގެންވެއެވެ.

ފަޅުތެރެއަށް ދޫކޮށްލަފައި 10.     ފަޅުތެރެއަށް ދޫކޮށްލާފައި ހުންނަ ތަކެތި ކަމުގައި ބެލެވޭނީ އެ އެއްޗެއް ހުންނަންޖެހޭ ގޮތް ނުވަތަ ހުންނަ ތަކެތި                 ބާއްވަންޖެހޭ ގޮތް ނޫން އެހެން ގޮތަކަށް ފަޅުތެރޭގައި ދޫވެފައިހުރި ތަކެއްޗަށެވެ.

 

ފަޅުތެރެއަށް ދޫކޮށްލަފައި         11.     (ހ) އެއްވެސް އުޅަނދެއް ފަޅުތެރެއަށް ފެތިއްޖެނަމަ އެ އުޅަނދެއްގެ ވެރިފަރާތުން 7 (ހަތެއް)        ހުންނަ އުޅަނދު                      ދުވަސް ތެރޭގައި އެ އުޅަނދެއް ނަގަންވާނެއެވެ. ފަޅުތެރެއަށް ފެތިފައި އޮންނަ އުޅަނދުފަހަރުގެ                                    ކަނޑައެޅިފައިވާ މުހުލަތުގައި ނުނަގައިފިނަމަ މި ގަވާއިދުގެ ބޭނުމަށްޓަކައި، އެހެން ގޮތަކަށް                                     ކައުންސިލުން ކަނޑައަޅާނަމަ، އެއީ ފަޅުތެރެއަށް ދޫކަށްލާފައި ހުންނަ ތަކެތި ކަމުގައި                                      ބެލެވިދާނެއެވެ.                                                                                                                                                                                   (ށ) އެއްވެސް އުޅަނދެއް ފަޅުތެރެއަށް ފެތިފައިއޮވެ 10 (ދިހައެއް) ދުވަހަށްވުރެ އިތުރުވެ އަދި އެ                                 އުޅަނދު އޮތް ތަނުގެ ގޮތުން ފަޅުގެ ބޭނުންކުރާ އެހެން ފަރާތްތަކަށް އުނދަގޫ ވާނަމަ އެ                                   އުޅަނދެއްގެ ވެރިފަރާތަށް އެ އުޅަނދެއް ނެގުމަށް ކައުންސިލުން އަންގަންވާނެއެވެ. ވެރިފަރާތް                                       ޔަގީން ނުވާނަމަ ވެރިފަރާތް ހޯދުމަށްޓަކައި އިޢުލާން ކުރަންވާނެވެ.                                                                                                                                          (ނ) މިގޮތުން އިޢުލާން ކުރާ ހިނދުން ފެށިގެން ނުވަތަ ވެރިފަރާތަށް އަންގާ ދުވަހުން ފެށިގެން 10                                      (ދިހައެއް) ދުވަހުގެ ތެރޭގައި އެ އުޅަނދެއްގެ ވެރިފަރާތުން އެ އުޅަނދެއް ނުނަގައިފިނަމަ،                                  މި ގަވާއިދުގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އެ އުޅަނދެއް ނަގައިގެން އެފަދަ                                   އުޅަނދުތައް ބެހެއްޓުމަށް ކައުންސިލުން ކަނޑައަޅާ ތަނަކަށް އެ އުޅަނދެއް ގެންދިއުމުގެ ބާރު                                     ކައުންސިލަށް ލިބިގެންވެއެވެ. މި ގޮތަށް ގެންދާ ގެންދިއުމުގައި އެ އުޅަނދަކަށް ލިބޭ                                        ގެއްލުމަށާއި، އެ އުޅަނދެއް އެތަނުގައި ބޭއްވުމުގެ ސަބަބުން ލިބޭ ގެއްލުމަކަށް ކައުންސިލުން                                ޒިންމާ ވާކަށް ނުޖެހޭނެއެވެ.                                                                                                                                                                           (ރ) މި ގޮތައް ގެންދާ އުޅަނދެއް ގެންދާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ އުޅަނދެއްގެ                                    ވެރިން އެ އުޅަނދަކާއި ހަވާލުވުމަށްޓަކައި އެ އުޅަނދެއްގެ ލިޔެކިޔުންތައް ހުށައަޅައިފިނަމަ،                                       މި ގަވާއިދުގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޢަމަލުކުރެވޭނެއެވެ. އަދި އެ މުއްދަތުގެ                                        ތެރޭގައި ހުށަނާޅައިފިނަމަ، މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން އެ އުޅަނދެއް އޭގެ                                ވެރިފަރާތާ ހަވާލުކުރެވޭނީ، މި ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރުމަށްފަހުއެވެ.                                                                                                                                        (ބ) މި މާއްދާގެ (ނ) ގެދަށުން ގެންދާ އުޅަނދުތަކުގެ މައްޗަށް، މި ގަވާއިދުގެ 8 ވަނަ                                            މާއްދާއާއި 9 ވަނަ މާއްދާގެ ދަށުން ޢަމަލުކޮށްގެން ނުވާނެއެވެ. އަދި މި ފަދަ އުޅަނދެއްގެ                                       ވެރިފަރާތް އެނގޭނަމަ އެފަދަ އުޅަނދެއް ނައްތާލަންވާނީ ނުވަތަ ވިއްކާލަންވާނީ އެ އުޅަނދެއް                                     ނަގައިގެން ގެންދިޔަ ތާރީޙުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތެއް ފާއިތުވީއިރުވެސް                                      އޭގެ ވެރިފަރާތުން އެ އުޅަނދު ހަވާލުނުވިނަމަ، ވެރިފަރާތަށް އެ ތަކެތި ނައްތާލެވޭނެ ކަމަށް                                   ޝަރުޢީ ކޯޓަކުން އަމުރު ހޯދުމަށް ފަހުއެވެ. އަދި އެފަދަ އުޅަނދެއްގެ ވެރިފަރާތް ނޭނގޭނަމަ                                      ލިޔުމަކުން އެންގުމަކާއި ނުލައިވެސް މި މާއްދާގައިވާ ގޮތުގެ މަތިން ޢަމަލުކުރެވިދާނެއެވެ.                                                                                                                                    (ޅ) އެ އުޅަނދެއް ފަޅުތެރެއަށް ފެތިފައި ނުވަތަ ދޫކޮށްލާފައި އޮތުމުގެ ސަބަބުން ފަޅު ބޭނުންކުރާ                                 އެހެން ފަރާތްތަކަށް އެއްވެސް އުނދަގުލެއް ނުފޯރިނަމަވެސް، އެފަދަ އުޅަނދެއްގެ ވެރިފަރާތަށް                                     އެ އުޅަނދެއް ނެގުމަށް ކައުންސިލުން އަންގަންވާނެއެވެ. އަދި މިފަދަ އުޅަނދުތަކާމެދުވެސް                                       މި ގަވާއިދުގެ 6، 7 އަދި 11 ވަނަ މާއްދާގެ (ހ)، (ނ)، (ރ) އަދި (ބ) ގައިވާ ގޮތުގެ                                      މަތިން ޢަމަލުކުރެވޭނެއެވެ.

ފަޅުތެރެއަށް ދޫކޮށްފައިހުންނަ      12.     ފަޅުތެރެއަށް ދޫކުރެވިފައިވާ އެއްޗަކީ އޭގެ ސަބަބުން ނުރައްކާތެރި ހާދިސައެއް ހިނގައިފާނެ        ތަކެތި ވަގުތުން ނެގުން                        އެއްޗެއްކަމުގައިވާނަމަ، ނުވަތަ އޭގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރެއް ފޯރައިފާނެ އެއްޗެއް                                  ކަމަށްވާނަމަ އެފަދަ އެއްޗެއް ވަގުތުން ނެގުން ނުވަތަ އޭގެ ސަބަބުން ކުރިމަތިވާނެ ނުރައްކަލުން                                ސަލާމަތްވުމަށްޓަކައި އެފަދަ އެއްޗެއް އެއަށްވުރެ ނުރައްކާތެރިކަން ކުޑަ ސަރަހައްދަކަށް ގެންދިއުމުގެ                               ބާރު ކައުންސިލަށް ލިބިގެންވެއެވެ.

މި ގާވާއިދުގެ ދަށުން           13.     މި ގަވާއިދު ނަގަހަށްޓައި ހިންގުމަށްޓަކައި، މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 3 (ތިނެއް)     ކަނޑައަޅާ އުސޫލުތައް                    މަސްދުވަހުގެ ތެރޭގައި ކައުންސިލްގެ އިޚްތިޞާސްތެރޭގައި ހިމެނޭ ސަރަޙައްދުތަކާ ގުޅޭ ގޮތުން                            ހަދަންޖެހޭ އުސޫލްތައް ހަދައި އެ އުސޫލުތައް ޢާންމުކޮށް ޝާއިޢުކުރަންވާނެއެވެ.

ގަވާއިދާއި ޚިލާފުވުން           14.     (ހ) މި ގަވާއިދުގެ ދަށުން ހިމެނިފައިވާ ކަންކަމާ ޚިލާފުވާ ފަރާތްތަކާމެދު، އެހެން ޤާނޫނަކުން ނުވަތަ                                    ގަވާއިދަކުން ވަކިގޮތަކަށް ޢަމަލުކުރުމަށް ކަނޑައެޅިފައިނުވާ ކަންކަމުގައި، ފުރަތަމަ ފަހަރަށް                                      ނަސޭހަތް ދިނުމަށްފަހު ދެވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފި ނަމަ -/500 (ފަސް ސަތޭކަ)                                 ރުފިޔާއާއި -/1000 (އެއް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން، ތިންވަނަ                                    ފަހަރަށް ތަކުރާރުކޮށްފިނަމަ -/1000 (އެއް ހާސް ) ރުފިޔާއާއި -/3000 (ތިން ހާސް )                                      ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން، ހަތަރުވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ                                          -/3000 (ތިން ހާސް) ރުފިޔާއާއި -/5000 (ފަސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން                                   ޖޫރިމަނާކުރުން އަދި ހަތަރު ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުވާ ކޮންމެ ފަހަރަކު                                        -/5000 (ފަސް ހާސް) ރުފިޔާ އިން ޖޫރިމަނާކުރުމުގެ އިޙްތިޔާރު މި ގަވާއިދުގެ ދަށުން                               ކައުންސިލަށް ލިބިގެންވެއެވެ.                                                                                                                                                                          (ށ) މި ގަވާއިދުގައި ހިމެނޭ އެންމެހައި ޖޫރިމަނާތަކާއި ފީތައް ދައްކާންވާނީ، ކައުންސިލަށް ނުވަތަ                               ކައުންސިލުން ކަނޑައަޅާ ތަނަކަށެވެ.

މާނަކުރުން                 15.     (ހ) "ކައުންސިލް" މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ކައުންސިލްކަމަށް                                       ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ                                   ޤާނޫނު (2010/7) ގެ ދަށުން އިންތިޚާބްކޮށްފައިވާ ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ                                   ކައުންސިލަށެވެ.                                                                                                                                                                                  (ށ) "ފަޅު" މި ގަވާއިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ފަޅު ކަމަށް                                       ބުނެފައި އެވަނީ، ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިޚްތިޞާޞް ހިނގާ                                   ސަރަހައްދުގެ ތެރޭގައި ހިމެނޭ ކަނޑާ ގުޅިފައިވާ ކަނޑުކަމުގައި ނުބެލެވޭ ސަރަޙައްދެވެ. މީގެ                                  ތެރޭގައި އެ ފަޅުގައި ހިމެނޭ ވިލު، ގިރި ވެސް ހިމެނޭނެއެވެ.

                                    

       

                                       

 

         

                                                                                                       

 

 

 

 

 

 

 

 

 

 

 

14 މާރިޗު 2018
ހޯދާ