މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ނަންބަރ:  MTCC-HRAD/IU/2018/0038

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

 ޑްރެޖިންގ އެންޑް ސްޕެޝަލް ޕްރޮޖެކްޓްސް ޑިޕާރޓްމަންޓް

މަޤާމް:

ޑިސިގްނޭޓެޑް ޕާރސަން އެޝޯރ (ޑީޕީއޭ)

ބޭނުންވާ އަދަދު:           

01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު.

މުސާރަ:        

ދެ ފަރާތް އެއްބަސްވާގޮތުގެ މަތިން

އިނާޔަތް : 

ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

ޝަރުޠު                 

  • އައި.އެސް.އެމް ކޯޑްގެ ދަށުން ޑިސިގްނޭޓެޑް ޕާރސަން އެޝޯރ ކޯސް ފުރިހަމަކޮށްފައިވުން.
  • މި ދާއިރާގައި މަދުވެގެން 05 އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ފަރާތެއްކަމުގައިވުން.
  • އައިއެސްއެމް ކޯޑަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން.
  • ޑްރެޖަރެއްގެ މިފަދަ މަޤާމެއްގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
  • ލީޑަރޝިޕާއި މެނެޖީރިއަލް ހުނަރު އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
  • އޮޕަރޭޝަނަށް އެންމެ ފައިދާ ހުރި ގޮތެއްގައި ވަސީލަތްތަައް ބޭނުން ކުރުމުގެ ޤާބިލުކަންހުރުން.
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ސިއްހަތު ރަގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • އޮޕަރޭޝަން ހިންގުމުގެ ކަންކަން ޑެވެލޮޕްކޮށް އިމްޕްލިމެންޓް ކުރުން އަދި އޮޕަރޭޝަން ކަންކަމުގެ ޕްރޮޖެކްޓްތައް މެނޭޖްކުރުމާއި މިކަމާއި ގުޅުންހުރި ޕްރޮގްރާމްސްތަކާއި އެކިއެކި ހަރަކާތްތައް ރާވާ ހިންގުން.

މަޤާމް:

ކޮންޕެނީ ސެކިއުރިޓީ އޮފިސަރ  

ބޭނުންވާ އަދަދު:           

01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު

މުސާރަ:        

ދެ ފަރާތް އެއްބަސްވާގޮތުގެ މަތިން

އިނާޔަތް : 

ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

ޝަރުޠު                 

  • އައި.އެސް.ޕީ.އެސް ކޯޑްގެ ދަށުން ކޮމްޕެނީ ސެކިއުރިޓީ އޮފިސަރ ކޯސް ފުރިހަމަކޮށްފައިވުން.
  • މި ދާއިރާގައި މަދުވެގެން 05 އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ފަރާތެއްކަމުގައިވުން.
  • އައިއެސްއެމް ކޯޑަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން.
  • އަދި ޝިޕް ސެކިއުރީޓް ޕްލޭން ހެދުމާއި ޝިޕް ސެކިއުރިޓީ އެސެސްމަންޓް ހެދުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.
  • މެރިޓައިމް ސެކިއުރިޓީ ރޯލެއްގެ ލޯ އެންފޯރސްކުރުމުގެ މަސައްކަތްކުރުމުގެ ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
  • ލީޑަރޝިޕާއި މެނެޖީރިއަލް ހުނަރު އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
  • އޮޕަރޭޝަނަށް އެންމެ ފައިދާ ހުރި ގޮތެއްގައި ވަސީލަތްތަައް ބޭނުން ކުރުމުގެ ޤާބިލުކަންހުރުން.
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ސިއްހަތު ރަގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

ޝިޕް ސެކިއުރިޓީ ޕްލޭން ހެދުމާއި މި ކަންކަން ޑެވެލޮޕްކޮށް އިމްޕްލިމެންޓް ކުރުން އަދި އޮޕަރޭޝަން ކަންކަމުގެ ޕްރޮޖެކްޓްތައް މެނޭޖްކުރުމާއި މިކަމާއި ގުޅުންހުރި ޕްރޮގްރާމްސްތަކާއި އެކިއެކި ހަރަކާތްތައް ރާވާ ހިންގުން.

           ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 މާރޗް 2018 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށައެޅުއްވުން އެދެމެވެ. މިތަކެތި އީމެއިލް އިންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްއިން މި ފޯރމް ޑައުންލޯޑް ކުރެވޭނެއެވެ.

ވެބްސައިޓް:  http://mtcc.com.mv/job-opening

ފޯން: 3001118 / 3001141 

އީމެއިލް: [email protected]         

ނޯޓް:ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.) މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި މައުލޫމާތު ފުރިހަމަ ނުވާ ފޯމުތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

 

13 މާރިޗު 2018

25 ޖުމާދަލް އާޚިރާ 1439

13 މާރިޗު 2018
ހޯދާ