ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ކ. ގުރައިދޫ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މިވަޒީފާތަކަށް

ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލު މީހުންނެވެ.

 މަޤާމު:

 ބަލިމީހުން ބަލަހައްޓާ

މަޤާމް ނަމްބަރު:

J-295008

J-295009

J-295010

J-295011

މަޤާމުގެ ގިންތި:

 ވަގުތީ

ކޮންޓްރެކްޓުގެ މުއްދަތު:

 1 އަހަރު  (އެއް އަހަރު ދުވަސް)

 ސެކްޝަން:

 އެޑްމިނިސްޓްރޭޝަން

މަޤާމް އޮތް އޮފީސް:

 ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު / ކ.ގުރައިދޫ

 ބޭނުންވާ އަދަދު:

 04 (ހަތަރެއް)

 މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓްސްޓާފް ގްރޭޑް 2

 މަޤާމުގެ ރޭންކް: SS2

 މުސާރަ:

 މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް:

 މަހަކު -/1000 ރުފިޔާ 

އިތުރު ޢިނާޔަތްތައް:

1- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް         

2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.         

3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑިގެ ފައިސާއާއި         އެހެނިހެން ޢިނާޔަތްތައް.                                         

 

 މާޤާމުގެ މަސްޢޫލިއްޔަތާއި ވާޖިބުތައް:

  • އޯގާތެރިކަމާއި މަޑުމައިތިރިކަމާއެކު މަރުކަޒުން ބަލަހައްޓަމުންދާ މީހުންނާއި މުޚާޠަބު ކުރުމާއި ފަރުވާތެރިކަމާއެކު އެމީހުން ފެންވަރުވައި ބެލެހެއްޓުން.
  • މަރުކަޒުން ބަލަހައްޓަމުންދާ މީހުން ނިދާ އެނދުތަކުގައި ތަންމަތި އަޅައި ސާފުތާހިރުކޮށް ބެލެހެއްޓުން.
  • މަރުކަޒުން ބަލަހައްޓަމުންދާ މީހުން ތިބޭ ގޭގޭގެ ފަންކާތަކާއި ފަރުނީޗަރާއި ކެއުމަށް ބޭނުންކުރާ ތަށިފަދަ ތަކެތި ސާފުތާހިރުކޮށް ބެލެހެއްޓުން.
  • ހަވާލުކުރެވޭ ޑިޔުޓީތައް ފަރުވާތެރިކަމާއެކު އަދާކުރުން.
  • މަރުކަޒުން ބަލަހައްޓަމުންދާ މީހުންނަށް ބޭނުންވާ އަންނައުނާއި ދަތްއުނގުޅާބޭހާއި ރީތިވާސާމާނު ފަދަ ތަކެތި މަރުކަޒުގައި އެކަމާ ހަވާލުވެ ހުންނަވާ ބޭފުޅަކަށް ދަންނަވައިގެން ހޯދައިދިނުމާއި އަމާނާތްތެރިކަމާއެކު އެ ތަކެތި ބެލެހެއްޓުން.
  • މަރުކަޒުން ބަލަހައްޓާ މީހުންނާ ގުޅޭ އެންމެހާ ކަންތައްތައް އެކަމާ ހަވާލުވެހުންނަވާ ބޭފުޅެއް އަންގަވާ ގޮތެއްގެ މަތިން ކުރަމުން ދިޔުން.
  • އެއްވެސް ޙާލެއްގައި އެއްވެސް ބާވަތެއްގެ އަނިޔާއެއް މަރުކަޒުން ބަލަހައްޓާ މީހުންނަށް ނުކުރުމާއި އެމީހުން އެކަކު އަނެކަކަށްދޭ ނަފްސާނީ އަދި ޖިސްމާނީ ގެއްލުމާއި އެމީހުން އަމިއްލައަށް ލިބޭ ގެއްލުންތައް ލިބުނަނުދީ އެފަދަ ޢަމަލުތައް ހުއްޓުވުން.
  • މަރުކަޒުން ބަލަހައްޓާ ތިބޭ މީހުންގެ ހާލު މަދުވެގެން ކޮންމެ 15 މިނެޓަކުން ބަލައި ޗެކްކުރުން.
  • މަރުކަޒުން ބަލަހައްޓާމީހުންގެ ތެރެއިން މަސައްކަތްކޮށް އުޅެވޭ މީހުން ލައްވައި މަސައްކަތް ކުރުވުމާއި ތަފާތު ކުޅިވަރުތައް ކުޅުވުމުގައި އެހީތެރިވުން.
  • މަރުކަޒުގެ ޚިދުމަތްތަކާ ގުޅުންހުރި މަރުކަޒުން އަންގާ އެންމެހާ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

 މަޤާމުގެ ޝަރުތުތައް:

1- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން  . ނުވަތަ،

2- މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލްކޮށްފައިވުން.  ނުވަތަ،

3- ލިޔަންކިޔަން ދަތުމާއިއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެމަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.                                 

 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

 

ހުށައަޅަންޖެހޭ ލިޔުންތައް:

 

 

 

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް)
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓު ތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6- ފުރިހަމަކޮށްފައިވާ، ކުރުމުއްދަތުގެ ކޮށްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7- ސިވިލްސަރ ވިސްގެ ވަޒިފާއަށް ވަނުމަށްދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޝަނުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރުގެ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރިމަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮސްފައިވާ ލިޔުން.

 މަޤާމަށް އެދެންވިގޮތާއި ސުންގަޑި:

 ވަޒީފާއަށް އެދޭ ފޯމު މިމަރުކަޒުގެ އޮފީހުން ލިބެންހުންނާނެއެވެ. އަދި ހެލްތް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ. މަޤާމަށް އެދި ހުށައަޅަން ޖެހޭ ތަކެތި ހުށައަޅާނީ 21 މާރިޗު 2018 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ އޮފީހަށެވެ.

 

އެޕްލިކެޝަން ފޯމާއިއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައިނުވާނަމަ އެޕްލިކެޝަން ބަޠިލްކުރެވޭނެއެވެ.

 އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2018 މާރިޗު 25 އިން ފެށިގެން 2018 އޭޕްރިލް 15 އާއި ދެމެދުއެވެ. ވުމާއިއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުގައި އިންޓަވިއުއަށް ޚާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. އިންޓަރވިއު އޮންނާނީ ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައެވެ.

 ޝޯޓްލިސްޓުކުރުން:

 މިމަޤާމަށް އެދި ހުށައަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 މަޤާމަށް މީހުން ހޮވުމަށް ކަންޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދައްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 

 

 25% (25 އިންސައްތަ)

 އިތުރު މަޢުލޫމާތު:

 މަޢުލޫމާތު ސާފުކުރައްވަން ގުޅާނީ، 6644232 ނަންބަރު ފޯނަށެވެ.

 

 

13 މާރިޗު 2018
ހޯދާ