މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސްޕަރވައިޒަރ

ވަޒީފާގެ ފުރުޞަތު

  

 

މަޤާމު:

 ސްޕަރވައިޒަރ

ބޭނުންވާ ޢަދަދު

 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އޮޕަރޭޝަން ޑިޕާޓްރމަންޓް / ކަނޑުއޮތްގިރި ފިޝިންގ ވިލެޖް

އަސާސީ މުސާރަ:

5050.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ސާރވިސް އެލަވަންސް: އަސާސީ މުސާރައިގެ %60

އިތުރު ގަޑީގައި ނުވަތަ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން ފައިސާ ލިބޭނެއެވެ.

ޝަރުޠު:

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން  ސާބިތު  ކޮށްދިނުމާއިއެކު  އޭ.ލެވެލް އިމްތިޙާނުން ތިންމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު، ސެކަންޑަރީ ސްކޫލް  ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި'  މިމާއްދާއިން އިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުން އަދި ގުޅުންހުރި ދާއިރާއެއްގައި ވަޒީފާގައިއުޅެ 1 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.
  2. ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއް ކަމުގައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

 

  1. މަސްގަތުމުގެ އޮޕަރޭޝަން ހިގާ ވަގުތުގައި އެމަސައްކަތްތައް ސުޕަވައިޒްކުރުން.
  2. އޮޕަރޭޝަންސް އާއި ގުޅުން ހުރި ރިޕޯރޓްސްތައް ތައްޔާރުކުރުން.
  3. ޑިޕާރޓްމަންޓްގެ ހެޑްގެ އިރުޝާދުގެ ދަށުން އޮޕަރޭޝަންސްގެ މަސައްކަތްތައް ދުވަހުން ދުވަހަށް މޮނިޓަރކޮށް ބެލެހެއްޓުން.

 

ނޯޓް: - މަތީގައިވާ މަޤާމުގެެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތުހަމަވާ ފަރާތްތަކަށެވެ.   

މަތީގައި ދެންނެވިފައިވާ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 މާރޗް 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފް ކޮޕީ(އަސްލާއެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީން ތައްގަނޑު ޖަހާފައިވާ އަސްލު) އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު) އާއި ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭގޮތުގެ ލިޔުމެއް. އަދި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ތަކުގެ ކޮޕީ ( އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލާއެކު)  ވަޒީފާއަށް އެދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް އަށް ސިޓީއަކުން ހުށަހެޅުއްވުމަށް ދެންނެވީމެވެ. އީމެއިލް ކުރައްވާނަމަ [email protected] އަށް އީމެއިލް ކުރެވުމަށް ދެންނެވީމެވެ. ފެކްސް ކުރައްވާނަމަ 3323955 ނަމްބަރަށް ފޮނުއްވުން އެދެމެވެ.  އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3323932އެކްސްޓެންޝަން 247 އަށް ގުޅުއްވުން އެދެމެވެ.

                            13 މާރޗް 2018 

13 މާރިޗު 2018
ހޯދާ